Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޔާޒުގެ ޝަރީއަތް

ފިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކޯޓުން ހުކުމް ކޮށްފި

27 އޯގަސްޓު 2017 | އާދީއްތަ 11:23

ދައުލަތުގެ ފަރާތުން އެދައުވާ ސާބިތު ކުރުމަށް އެކަށީގެން ހެއްކެއް ހުށަހަޅާފައެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 އޯގަސްޓު 2017 | އާދީއްތަ 11:23
ފިޔާޒު އަދި ފިޔާޒުގެ ދަރިފުޅު--

ފިޔާޒު އަދި ފިޔާޒުގެ ދަރިފުޅު--

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިޝަރ (ސީއޯއޯ) ހުސައިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން ކޮށްފައިވާ އަތްލުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދައުލަތުން ފިޔާޒުގެ މައްޗަށް އެ ދައުވާ ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ސްޓޭޑިއަމް ސަރަހައްދުގައި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި އޭނާ ޖަހާފައިވާ ކަމަށް ބުނެއެވެ.

Advertisement - newsAdvertisement

އެ ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ތިން ވަނަ ނަމްބަރުގެ ދަށުންނެވެ. އެއީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. ކުށް ސާބިތުވި ނަމަ ފިޔާޒުގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ ހެކީންގެ ގޮތުގައި ތިން ފުލުހުންނެވެ. ދިފާއުގައި ފިޔާޒުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކި ބަސް ނަގާފައިވަނީ ފިޔާޒުއާއެކު ނޮވެމްބަރު ދެވަނަ ދުވަހު އެ ސަރަހައްދުގައި ހަރަކާތްތެރި ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ އިތުރުން، ރާއްޖެޓީވީ ލައިވް ކޮމެންޓްރީގައި ހުރި މުރުޝިދު އަބްދުލްހަކީމް އެވެ. މީގެ އިތުރުން އެ ދުވަހުގެ ރާއްޖެޓީވީގެ ލައިވް ކޮމެންޓްރީ އާއި ލައިވްގެ ވީޑީއޯ ފޫޓޭޖް ހުށަހަޅާފައިވެއެވެ.

އެ މައްސަލާގައި ފިޔާޒާ ދެކޮޅަށް ހެކިބަސްދިނީ ޝާހީން އާއި އިތުރު ދެ ފުލުހެކެވެ. ޝާހީންގެ އިތުރުން ހެކިބަސްދިން ދެ ފުލުހުން ބުނެފައި ވަނީ ޝާހީންގެ މޭމަތީގައި ޖަހައި ކޮއްޕާލާ ކަހަލަގޮތަކަށް ފިޔާޒު އަމަލުކުރި ކަމަށެވެ. ނަމަވެސް އެއާ ދެކޮޅަށް ފިޔާޒު އަށް ހެކި ހުށަހެޅިއެވެ.

ހުކުމް އިއްވަމުން މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ މި މައްސަލައިގައި ދައުލަތުންނާއި ދިފާއުން ހުށަހަޅާފައިވާ ހެކިންނަކީ ހާދިސާ އެންމެ ގާތުން ފެނުނު ފަރާތްތައްކަން އެންމެހާ ފަރާތްތަކެއް ހެކިބަހުން އެނގޭ ކަމަށެވެ.

ގާޒީ އާދަމް ވިދާޅުވީ އެއް ހާދިސާއެއް ލޮލަށް ފެނުނު ބަޔަކު ހާދިސާ ކިޔައިދިނުމުގައި އެއް ފަރާތަށް ފެނިފައިނުވާ މަންޒަރެއް އަނެއް ފަރާތަށް ފެނުނީ ކަމަށް ބެލެވިދާނެ އިހުތިމާލެއް މި މައްސަލައިގައި ލިބިފައިވާ އެއްވެސް ހެކިބަހެއްގައި އުފެދިފައިނުވާ ކަމަށެވެ. އަދި ދިފާއުން ހުށަހެޅި ހެކީންގެ ބަހަށް އެއްވެސް ގޮތަކުން ބުރަދަނެއް ނުދެވޭނެ ގާނޫނީ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން ދައުވާ ސާބިތުކޮށްދޭންޖެހެނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމަށްވާއިރު، ދިފާއުން ދައުވާ ސާބިތުކޮށްދޭންޖެހެނީ އެއަށްވުރެ ދަށް މިންގަނޑަކުން ކަން ފާހަގަކޮށް ގާޒީ އާދަމް އާރިފް ވިދާޅުވީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ދައުވާ ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

މީގެ އިތުރުން، ހާދިސާ ހިނގި ވަގުތު ރާއްޖެ ޓީވީން ގެނެސްދިން ލައިވް ކަވަރޭޖްގައި ވާހަކަދައްކަމުން އެ ސަރަހައްދުން ނޫސްވެރިއަކަށް ހަމަލާދިން ކަމަށް ލައިވް ކޮމެންޓްރީގައި މުރުޝިދު ބުނިކަމާއި، ޕޮލިސް ކޯޕްރަލް ޝާހީން، ފިޔާޒުގެ ކަރުގައި ހިފި ކަމަށް ހެކިބަސްދިން ނޫސްވެރިން ކަމަށްވާ ލީވާނާއި ވިސާމް ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ގާޒީ އާދަމް އާރިފް ވިދާޅުވީ ފިޔާޒު އެ ސަރަަހައްދުގައި ހަރަކާތްތެރިވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ކަމަށްވާއިރު، ގާނޫނު އަސާސީޣެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމާއި، 29 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ދައުލަތުގެ އެންމެހާ ފަރާތްތަކަށް ކަށަވަރުކޮށްދިނުން ލާޒިމްވާ ހައްގުތަކެއް ކަމަށެވެ.

ފިޔާޒުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރުމާ ގުޅިގެން ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދައުވާއަކީ ރާއްޖެޓީވީން ތަކުރާރުކޮށް ބުނަމުން އައި ފަދައިން ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ޕްރޮސެކިއުޓަރ ޖެނެރަލްއާއި ފުލުހުންގެ ބަޔަކު ގުޅިގެން ކުރިއަށް ގެންދިޔަ ދައުވާއެއް ކަމަށެވެ. ދައުވާ އުފުލި ފަހުން ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ދައުވާ ސާބިތުކުތުމަށް ޕީޖީއާއި ފުލުހުން ކުރި ކޮންމެ މަސައްކަތަކުން އިތުރަށް ދޭހަވެގެން ދިޔައީ މިއީ އަސްލެއް ނެތް މައްސަލައެއްކަން ކަމަށް ބުނެފައިވެއެވެ.

ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ދައުވާތައް ކުރެއްވުމުން ވެއްޓެނީ ފުލުހުންނާއި ޕީޖީގެ އަގު ކަމަށާއި ރައްޔިތުންގެ ކުރިމަތީގައި ދަށަށް ދަނީ މުއައްސަސާތަކުގެ އިތުބާރު ކަމަށެވެ. އަދި މި މައްސަލައިގައި ސްޓޭޝަނުން ދައްކަމުން އައި ވާހަކަތައް ހަގީގަތަކަށްވެގެން ދިޔަ ކަމަށްޓަކައި އުފާކޮށް ހަމްދުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ދައުވާގެ ސަބަބުން ސްޓޭޝަނަށާއި، މުވައްޒަފުންނާއި، ފިޔާޒަށް ބޮޑެތި ގެއްލުންތައް ލިބުނުކަން ފާހަގަކޮށް ރާއްޖެޓީވީން ބުނީ ނިމިގެން މިދިޔަ މައްސަލައަކީ ބޭއިންސާފުން ލިބޭ އަނިޔާގެ ފުރިހަމަ މިސާލެއް ކަމަށެވެ.

ރާއްޖެޓީވީން ވަނީ ފާއިތުވެ ދިޔަ މުއްދަތުގައި ސްޓޭޝަނަށާއި ފިޔާޒަށް ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކށް ޝުކުރު އަދާކޮށްފަ އެވެ. އަދި މިފަދަ ދައުވާތަކުގެ ސަބަބުން ރާއްޖެޓީވީގެ މުވައްޒަފުން މިނިވަން ނޫސްވެރިކަމަށް ކުރާ މަސައްކަތުގައި ބިރުގަނެ ފަހަތަށް ނުޖެހޭނެ ކަމަށާއި މިނިވަން ނޫސްވެރިކަމުގެ މަސައްކަތަކީ ޑިމޮކްރަސީގެ މުހިންމު ތަނބު ކަމަށާއި އެ ތަނބު ފުނޑުކޮށްލުމަށް މަސައްކަތް ކުރާ ބަޔަކަށް ކާމިޔާބު ނުލިބޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް