Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ. މުޙައްމަދު މުޢިއްޒު

ޙައްޖާޖީންގެ ބޭހާއި ވެކްސިން އަދި މެޑިކަލް ޓެސްޓުތައް ހިލޭ ހެދޭނެ އިންތިޒާމު ހަމަޖައްސައިފި

3 ޖޫން 2025 | އަންގާރަ 04:41

ދިވެހިން ޙައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް ހޯމަ ދުވަހުން ފެށިގެން ހިލޭ ލިބޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 3 ޖޫން 2025 | އަންގާރަ 04:41
ރައީސް ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭން ހައްޖަށް ދިއަ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭން ހައްޖަށް ދިއަ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ

ދިވެހިން ޙައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

މިގޮތަށް ހަމަޖައްސަވައި އެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މައްކާގައި، ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލުގައި ޙައްޖާޖީންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ޙައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި، ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ޙައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމުގައި ވިދާޅުވެފައެވެ.

ދިވެހި ޙައްޖާޖީންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ޙައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި، ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމުގައެވެ.

އަދި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ޙައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން މިއަހަރަކީ ސަޢުދި ޢަރަބިއްޔާއިން ރާއްޖެއަށް ކުރިން ދީފައި ނުވާ އެތައް ލުއިތަކެއް ދެއްވި އަހަރެއްކަމަށާއި، އެކަންކަން ހަމަޖެހިގެން ދިޔައީ ސަޢުދީ ސަރުކާރުގެ ވަރަށް ބޮޑު އެހީއަކާއެކުކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ މިއަހަރު ޙައްޖާޖީންނަށް ދޭ ޚިދުމަތުގެ ފެންވަރުގެ ކެޓަގަރީ މަތިކޮށްފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލުގައި ފުރިހަމަ ކްލިނިކެއް ޤާއިމްކުރުމުގައިވެސް ސަޢުދީ ސަރުކާރުން ދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޙާޖީންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅަން ބޭނުންވާ ކަންކަން ހުށައެޅުމުގެ ފުރުޞަތުވެސް އެމަނިކުފާނު ދެއްވިއެވެ. މިއާއެކީ ބައެއް ޙާޖީންވަނީ މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކޮށްފައެވެ.

އަދި ހޮޓަލުގައި ހުރި ކްލިނިކުން ބޭސް ގަންނަން ޖެހޭ ޖެހުމަށް ބަދަލެއް ގެނެސްދިނުމަށް އެދިފައިވެއެވެ. އަދި ޙައްޖަށް އައުމުގެ ކުރިން އަތޮޅުތަކުގައި ވެކްސިން ފުރިހަމަކޮށް، ހިލޭ ޓެސްޓުތައް ހެދޭނެގޮތް ހަމަޖެހުމަށްވެސް ބައެއް ހާޖީން އެދުނެވެ.

އެ ވާހަކަތައް އަޑުއައްސަވައި ރައީސް ވަނީ، ދިވެހި ޙައްޖާޖީންނަށް މައްކާގައި ހުރި ކްލިނިކުން ހިލޭ ބޭސް ލިބޭނެ އިންތިޒާމު ވަގުތުން ހަމަޖައްސަވައިދެއްވާފައެވެ. މާލީ ވަޒީރުވެސް އިންނެވި އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަދުން ފެށިގެން ހިލޭ ބޭސް ލިބޭނެ އިންތިޒާމު މާލީ ވަޒީރު ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ޙައްޖާޖީން ފުރިހަމަކުރަންޖެހޭ ވެކްސިންތަކާއި، ހަދަންޖެހޭ ޞިއްޙީ އެކި ޓެސްޓުތައްވެސް ހިލޭ ހެދޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޙައްޖާޖީން ގަންނަންޖެހޭ ބޭހާއި ވެކްސިން ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި މެޑިކަލް ޓެސްޓުތައް ހެދުންވެސް އިރާދަކުރެއްވިއްޔާ ހިލޭ ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ.
ރައީސް ޑރ މުޙައްމަދު މުއިއްޒު

މީގެއިތުރުންވެސް ރައީސް ވަނީ ކިއުގައި ޙައްޖަށް ނާދެވިތިބި ޙައްޖާޖީންނަށް އަވަހަށް ޙައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަޢުދީ ސަރުކާރާއެކު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.

މިއަހަރުވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 1000 ޙައްޖު ކޯޓާ ރާއްޖެއަށް ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

22 މާރިޗު 2017

ޑަބްލިޔުއެޗްއޯ އިން 10،000 އިންފްލުއެންޒާ ވެކްސިން ހަދިޔާކޮށްފި

22 މާރިޗު 2017
ޑަބްލިޔުއެޗްއޯ އިން 10،000 އިންފްލުއެންޒާ ވެކްސިން ހަދިޔާކޮށްފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
21 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ދޭ މީހުން އިތުރުކޮށްފި

21 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ދޭ މީހުން އިތުރުކޮށްފި
20 މާރިޗު 2017

މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި

20 މާރިޗު 2017
މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި
19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
15 މާރިޗު 2017

އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި

15 މާރިޗު 2017
އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި
15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް