Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޔާޒުގެ ޝަރީއަތް

ފިޔާޒަށް ހުކުމް ކުރުން ކުއްލި ގޮތަކަށް މިއަދު 3:00 އަށް ތާވަލު ކޮށްފި

27 އޯގަސްޓު 2017 | އާދީއްތަ 06:35

އަތްލުމުގެ ކުށުގެ ދައުވާކޮށް ހިންގާ ޝަރީއަތެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 27 އޯގަސްޓު 2017 | އާދީއްތަ 06:35
ރާއްޖެޓީވީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ ހުސެއިން ފިޔާޒް މޫސާ

ރާއްޖެޓީވީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ ހުސެއިން ފިޔާޒް މޫސާ

ރާއްޖެޓީވީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ ހުސެއިން ފިޔާޒް މޫސާއާ މައްޗަށް ދައުލަތުން ކޮށްފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ ހުކުމް ކުރުން ކުއްލި ގޮތަކަށް މިއަދަށް ތާވަލުކޮށްފި އެވެ.

ފިޔާޒަށް ހުކުމް ކުރުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު ފަހު 3:00 އަށެވެ. މިއަދު ހެނދުނު ނެރުނު ކްރިމިނަލް ކޯޓުގެ ތާވަލުގައި ފިޔާޒުގެ މައްސަލައެއް ނެތެވެ. މި މައްސަލަ ތާވަލުކޮށްފައި މިވަނީ ކުއްލި އަކަށެވެ.

Advertisement - newsAdvertisement

ފިޔާޒަށް ހުކުމް ކުރުން މިމަހުގެ 10 ވަނަ ދުވަހަށް ވެސް ތާވަލުކުރި އެވެ. އެހެން ނަމަވެސް، ކޯޓުން ވަނީ ފިޔާޒަށް ހުކުމް ކުރުން ފަސްކޮށް، އެ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.

ފިޔާޒަށް ހުކުމްކުރުމާ ގުޅޭ ގޮތުން ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރިކަމަށް ތުޙުމަތުކޮށް، ފިޔާޒްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވާފައިވާ ދަޢުވާއެއް ކަމަށް ދެކޭ ކަމަށެވެ.

އެގޮތުން ފާއިތުވެދިޔަ ދޮޅު އަހަރު، އެކި ދުވަސްމަތިން ފިޔާޒް ކޯޓަށް ގެންގޮސް ކުރެވިފައިވާ ތުޙުމަތު ސާބިތުކޮށްދެވޭތޯ ޕްރޮސެކިއުޓަރ ޖެނެރަލް ކުރެއްވި ކޮންމެ މަސައްކަތަކުން މިއީ އަސްލެއް ނެތް މައްސަލައެއްކަން އިތުރަށް ހާމަވެގެން ދިޔަކަން ފާހަގަކޮށް، ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީންނަށް ޝަރީޢަތުގެ މަޖިލީހުގައި، ޝައްކެއް ނެތް މިންވަރަށް އެކަށީގެންވާ ހެކި ހުށަހެޅިފައިވާކަމަށް ދިފާޢީ ވަކީލުންވެސް ނުދެކޭ ކަމަށާ، ހެކިންގެ ހެކިބަހުގައި ވަރަށް ސާފުކޮށް، ފުށުއެރުންތައް ހިމެނޭ ކަމަށެވެ.

ރާއްޖެޓީވީގެ މި ބަޔާނުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ހުރި ބައެއް ފުށުއެރުންތަކާއި، މައްސަލަ ހުށަހެޅުމުގައި ހުރި ސުވާލު އުފެދޭ ބައެއް ކަންކަން ފާހަގަ ކޮށްފައެވެ.

ފިޔާޒްގެ މައްސަލައިގައި ދައުލަތުން ހުށަހެޅި 3 ހެކިންގެ ތެރޭގައި ރުހުމަކާ ނުލައި ފިޔާޒް އަތްލި ކަމަށް ބުނެ މައްސަލަ ހުށަހެޅި ފުލުހުންގެ މީހާވެސް ހިމެނެއެވެ. އަދި އޭނާގެ ހެކިބަސް މި މައްސަލައިގައި ނެގިއިރު އޭނާގެ ގައިގައި ފިޔާޒް އަތްލި ގޮތް ސާފުކޮށް ކިޔައިދެވިފައެއް ވެސް ނުވެއެވެ. އަދި ފިޔާޒް އެ އަމަލު ހިންގި ކަމަށް ބުނެ ހެކިބަސްދިން އިތުރު ހެކިބަހުގައި އެންމެ ކުޑަމިނުން އެމީހުންނާ ފިޔާޒް އާއި ދެމެދު ހުރި ދުރުމިން އެއްގޮތަކަށް ބުނެއެއް ނުދެވުނެވެ. މިކަން މިހެން އޮތްއިރު، ފުރަތަމަ މައްސަލަ ހުށަހެޅީވެސް މީހެއްގެ ގައިގައި ޖެހިކަމަށް ބުނެއެވެ. ފަހުން އެކަން އަތްލިކަމަށް ބަދަލުވެ، ދައުވާ އުފުލުނީ އަތްލިކަމުގެ ތުޙުމަތުގައެވެ.

ނޫސްވެރިކަމުގެ ދާއިރާގައި 17 އަހަރު ހޭދަކޮށް، އެތައް ބަޔަކާއެކު ފިޔާޒު މަސައްކަތް ކޮށްފައިވާއިރު މިފަދަ ކަމެއްގެ ތުޙުމަތު ވެސް ފިޔާޒާ މެދު ކުރެވިފައިނުވާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ޙައްޤަށް ނަޞްރު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށާ، ކޮންމެހެން ވެސް ފިޔާޒަށް އަދަބެއް ދިނުމުގެ ނިޔަތުގައި ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތް ނާކާމިޔާބުވެ، ފިޔާޒަށް އިންސާފު ލިބުމަށް ރާއްޖެޓީވީން އުއްމީދު ކުރާ ކަމަށެވެ.

ފިޔާޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ، މުލިއާގެ ކައިރިން ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދަނިކޮށް، އެ ސަރަހައްދުން ފިޔާޒު ނުގޮސް، ފުލުހެއްގެ މޭ މަތީގައި ޖަހާފައިވާ ކަމަށެވެ. އެ މައްސަލައިގައި ފިޔާޒުގެ މައްޗަށް ފުރަތަމަ ކުރީ ޖެހުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް ފަހުން އެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު، އަތްލުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފަ އެވެ.

ފިޔާޒުގެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް