Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަރ މިލާން

ކުރިމަގާ މެދު ގޮތެއް ނިންމުމަށް، އިންޒާގީ އިންޓަރ މިލާންގެ އިސްވެރިންނާ ބައްދަލު ކުރަނީ

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އިންޒާގީ އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ މި ހަފުތާގެ ތެރޭގައި އިންޓަރ މިލާންގެ ބޯޑު މެމްބަރުން އަދި ކުލަބުގެ އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވައި، އެކަމާ މެދު މަޝްވަރާ ކުރުމަށް ފަހު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ޖޫން 2025 | ހޯމަ 07:09
އިންޓަރ މިލާނަށް އިރުޝާދު ދެމުން އަންނަ ސިމޯން އިންޒާގީ

އިންޓަރ މިލާނަށް އިރުޝާދު ދެމުން އަންނަ ސިމޯން އިންޒާގީ

އިންޓަރ މިލާނަށް އިރުޝާދު ދެމުން އަންނަ ސިމޯން އިންޒާގީ، އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމުމަށް ކުލަބުގެ އިސްވެރިންނާ ބައްދަލު ކުރަން ނިންމައިފި އެވެ.

އުމުރުން 49 އަހަރުގެ އިންޒާގީ އިންޓަރ މިލާންގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އެ ކުލަބާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް، 2023 ވަނަ އަހަރު އޭނާ ވަނީ އިތުރު ދެ އަހަރަށް އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ ނިޔަލަށެވެ.

އިންޒާގީގެ ކުރިމަގާ މެދު މީގެ ކުރިން ވެސް އޮތީ ސުވާލުތަކެއް އުފެދިގަ އެވެ. ޚާއްސަކޮށް ބައެއް އެހެން ކުލަބުތަކެއްގެ ހުށަހެޅުން އޭނާ އަށް ލިބިފައި އޮތުމާ އެކު، އިންޒާގީ ހުރީ ވެސް މުސްތަޤުބަލާ މެދު ވަކި ގޮތެއް ނިންމައިގެން ނޫނެވެ. އިންޒާގީ ހޯދުމަށް ޝައުޤުވެރިކަން ފާޅު ކޮށްފައިވާ ކުލަބުތަކުގެ ތެރޭގައި ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލް ހިމެނެ އެވެ.

މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަރ މިލާން ވަނީ، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވެފަ އެވެ. މިއީ އިންޒާގީގެ އިރުޝާދުގެ ދަށުން ކުޅެ، ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަރ މިލާން ބަލިވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ފައިނަލްގައި ވަނީ މެންޗެސްޓަރ ސިޓީ އަތުން ބަލިވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު މުސްތަޤުބަލާ ގުޅޭ ގޮތުން ނޫސްވެރިން އިންޒާގީއާ ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ، އެ ވަގުތަކީ އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަން އެންމެ އެކަށީގެންވާ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އިންޒާގީ އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ މި ހަފުތާގެ ތެރޭގައި އިންޓަރ މިލާންގެ ބޯޑު މެމްބަރުން އަދި ކުލަބުގެ އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވައި، އެކަމާ މެދު މަޝްވަރާ ކުރުމަށް ފަހު އެވެ. ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އިންޒާގީ އިންޓަރ މިލާން ދޫކޮށްލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އިންޒާގީގެ އިރުޝާދުގެ ދަށުން އިންޓަރ މިލާނުން ވަނީ ހަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ އިޓާލިއަން ލީގު އެއް ފަހަރު، އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ތިން ފަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އިންޓަރ މިލާނުން މި ސީޒަން ނިންމާލީ އެއްވެސް ތައްޓެއް ކާމިޔާބު ނުކުރެވި އެވެ. މި ސީޒަންގެ އިޓާލިއަން ލީގު ނަޕޯލީން ކާމިޔާބު ކުރީ އެންމެ ފަހު މެޗުން މޮޅުވެގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު