Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ބެލެންޑިއޯ ހައްޤީ ޑެމްބެލޭ އަށް: އެންރީކޭ

ޕީއެސްޖީ އާއެކު އޭނާ ވަނީ މި ސީޒަންގައި ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ފްރާންސް ލީގު، ފްރާންސް ކަޕް، ފްރާންސް ސުޕަ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖޫން 2025 | އާދީއްތަ 06:44
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި އެ ޓީމަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި އެ ޓީމަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭ

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ހައްގީ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ އޮސްމާން ޑެމްބެލޭ އަށް ކަމަށް، އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަރ މިލާން ބަލިކޮށް، ޕީއެސްޖީ އިން ވަނީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އޭނާ ބެލެންޑިއޯ އެބޯޑު ދޭނީ ޑެމްބެލޭ އަށް ކަމަށެވެ. ޚާއްސަކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ޑެމްބެލޭގެ ފަރާތުން ފެނުނު ކުޅުމާއި، އޭނާގެ މޮޅު ކަމަށް އެކަނި ވެސް ބެލެންޑިއޯ ހައްގު ކަމަށް އެންރީކޭ ބުންޏެވެ.

އެކަން ފާހަގަކޮށް އެންރީކޭ ބުނީ، އެއީ ކުޅުންތެރިން ޓީމު ލީޑުކޮށް، ޓީމު ގޮވައިގެން ކުރިއަށް ދާން ޖެހޭ ގޮތް ކަމަށެވެ. މެޗުތަކުގައި ލަނޑު ޖެހުމާއި، ޓީމާ އެކު ތަށިތައް ކާމިޔާބު ކުރުމާއި، ލީޑާޝިޕް އަދި ޑިފެންޑިން އަކީ ޚާއްސަވާ ކަންކަން ކަމަށް ވެސް އޭނާ ބުންޏެވެ.

އެންރީކޭ ބުނީ އޭނާ ދެކޭ ގޮތުގައި ބެލެންޑިއޯ އެވޯޑު ހައްޤީ ޑެމްބެލޭ އަށް ކަމަށެވެ. އަދި ޑެމްބެލޭ އަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރާނެ ކުޅުންތެރިޔާ ކަމަށާއި، އެކަމާ މެދު އެއްވެސް ޝައްކެއް މިހާރު ނުކުރެވޭ ކަމަށް ވެސް އެންރީކޭ ބުންޏެވެ.

ޑެމްބެލޭ ވަނީ މި ސީޒަންގައި ޕީއެސްޖީ ގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސީޒަންގައި ޕީއެސްޖީ އަށް ޖުމުލަ ކުޅެދިން 54 މެޗުގައި އޭނާ ވަނީ 35 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން 13 ލަނޑު ޖެހުމަށް އޭނާ ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ފްރާންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ވެސް ހޯދީ ޑެމްބެލޭ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ މި ސީޒަންގައި ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ފްރާންސް ލީގު، ފްރާންސް ކަޕް، ފްރާންސް ސުޕަ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާސާގެ ޑެމްބެލޭއަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް!

ބާސާގެ ޑެމްބެލޭއަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް!

17 ސެޕްޓެމްބަރު 2017
ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޑެމްބެލޭ ދައްކާލައިފި

ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޑެމްބެލޭ ދައްކާލައިފި

29 އޯގަސްޓު 2017
ޑެމްބެލޭ ބާސާއަށް ސޮއިކޮށްފި

ޑެމްބެލޭ ބާސާއަށް ސޮއިކޮށްފި

26 އޯގަސްޓު 2017
ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ

ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ

26 އޯގަސްޓު 2017
މިއަހަރުގެ "ފީފާ އެވޯޑް" ހައްޤީ ރޮނާލްޑޯ އަށް: އެރިކް ކެންޓޯނާ

މިއަހަރުގެ "ފީފާ އެވޯޑް" ހައްޤީ ރޮނާލްޑޯ އަށް: އެރިކް ކެންޓޯނާ

18 އޯގަސްޓު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު