Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

މިއަހަރުގެ "ފީފާ އެވޯޑް" ހައްޤީ ރޮނާލްޑޯ އަށް: އެރިކް ކެންޓޯނާ

ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހޯދާފަ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 18 އޯގަސްޓު 2017 | ހުކުރު 14:19
ރޮނާލްޑޯ: އެންމެ ފަހުން ވެސް ފީފާގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ރޮނާލްޑޯ.

ރޮނާލްޑޯ: އެންމެ ފަހުން ވެސް ފީފާގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ރޮނާލްޑޯ.

2017 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާއަށް ފީފާއިން ދޭ އެވޯޑް މިފަހަރު ވެސް ލިބޭނީ ޕޯޗުގަލްއާ ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމުގައި ފްރާންސްގެ ކުރީގެ ތަރި އެރިކް ކެންޓޯނާ ބުނެފިއެވެ.

މީޑިއާ އާއި ވާހަކަ ދައްކަމުން ކެންޓޯނާ ބުނީ ރޮނާލްޑޯ އަކީ ބަދަލެއް ނުވާ އެއްފެންވަރެއްގައި މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގައި އެފަދައެއް ނެތް ދެވަނަ ކުޅުންތެރިއެއް ކަމަށެވެ. ކެންޓޯނާ ބުނީ މި އަހަރުގެ ފީފާ އެވޯޑަށް ވާދަކުރާ ގިނަ މޮޅެތި ކުޅުންތެރިންތަކެއް އެބަ ތިބި ކަމަށާއި އެހެން ނަމަވެސް ރޮނާލްޑޯ އަކީ އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެއް ކަމަށެވެ.

ގައުމީ ލެވެލްގައާއި ކުލަބު ލެވެލްގައި ރޮނާލްޑޯ ވަނީ މުހިންމު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށާއި އެގޮތުން ފީފާގެ އެވޯޑް އެންމެ ހައްގީ ރޮނާލްޑޯ އަށް ކަމަށް ކެންޓޯނާ ވަނީ ބުނެފައެވެ.

" މިފަހަރުގެ ފީފާ ލިސްޓުގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް ވަނީ ނޮމިނޭޓް ވެފަ. އެހެން ނަމަވެސް ހޯދާފައިވާ ކާމިޔާބީ ތަކަށް ބަލާ އަދި ކުޅޭ ކުޅުމަށް ބަލަންޏާ އެ އެވޯޑް ހައްގީ ހަމަ ރޮނާލްޑޯއަށް." ކެމްޓޯނާ ބުންޏެވެ.

ކެންޓޯނާގެ އިތުރުން ވެސް ދުނިޔޭގެ ގިނަ ބަޔަކު މިހާރު ވެސް ބުނަމުންގެންދާ ގޮތުގައި ފީފާއިން މިއަހަރު ދޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދޭން އެންމެ ހައްގު ފަރާތަކީ ޕޯޗުގަލް އާއި ރެއާލްގެ ތަރި ރޮނާލްޑޯއެވެ. ރެއާލް މެޑްރިޑާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަދި ވެސް ހޯދަމުންގެންދާ ދެގޮތެއް ނުވާ ތަރި ރޮނާލްޑޯ އަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީޑިން ގޯލް ސްކޯރާއެވެ.

ރޮނާލްޑޯ މިހާތަނަށް 8 ސީޒަން ރެއާލްގައި ހޭދަކޮށްފައިވާއިރު އެ 8 ސީޒަންތެރޭގައި އޭނާ ވަނީ 265 މެޗު ރެއާލް އަށް ކުޅެދީ 286 ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި އޭނާ ވަނީ 32 ހެޓްރިކު ވެސް ހަދާފައެވެ. ރޮނާލްޑޯ ވަނީ މިއަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާ ސުޕަކަޕް، ސްޕެނިޝް ސުޕަކަޕް، ސްޕެނިޝް ލީގު ރެއާލްއާ އެކު ކާމިޔާބު ކޮށްފައެވެ.

2017/2016 ގައި ރޮނާލްޑޯ:

ކާމިޔާބީތަށް: ޔޫއެފާ ޗެމްޕިއަންސް ލީގު، ސްޕެނިޝް ލީގު(ލަލީގާ)، ފީފާ ކުލަބު ވޯލްޑްކަޕް. ސްޕެނިޝް ސުޕަކަޕް.

ޑޮމެސްޓިކް ލީގު: ކުޅުނު މެޗުގެ އަދަދު 29 ، ޖެހި ގޯލްގެ އަދަދު 25 ، ހެދި އެސިސްޓްގެ އަދަދު 6.

ޔޫއެފާ ޗެމްޕިއަންސް ލީގު: ކުޅުނު މެޗުގެ އަދަދު 13 ، ޖެހި ގޯލްގެ އަދަދު 12 ، އެސިސްޓް 6.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު