Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

31 މެއި 2025 | ހޮނިހިރު 17:50

ކޮންމެ އަކަަސް މިނިސްޓަރ މުއްތަލިބު މިވީ ވަރަށް ހިތްބަލި، އެހާމެ އަވަހަށް ހިތުގައި ޖެހި، ރޮވޭ ބޭފުޅަކަށް، ރައްޔިތަކު ކަމެއްދަމެއް ގޯސްވެގެން އެ ޚަބަރު އެމަނިކުފާނާއި ހަމައަށް ފޯރާ ހަމަ ކޮންމެ ފަހަރަކު ހިތުގައި ޖެހި ރޯ ބޭފުޅަކަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 31 މެއި 2025 | ހޮނިހިރު 17:50
ހައުސިންގ މިނިސްޓަރ އަބުދުﷲ މުއްތަލިބު

ހައުސިންގ މިނިސްޓަރ އަބުދުﷲ މުއްތަލިބު

"އަޅުގަނޑަށް އެނގޭ އަޅުގަނޑު ވެށިފަހި މާލެ އަޅުގަނޑު މީހުންނާ އެއްކޮށް ހަމަ ރޮއިފައި ހުންނާނެ އެއްކޮށް ކޮޓަރި ތެރޭގައި މީހުންގެ، ކިޔައިދިނީމާ ހާލަތު ކަންތަކާ، އެހެންވީމާ އަޅުގަނޑު ބޭނުންނުވޭ މިހާރު މިހުރި ސިޗުއޭޝަންގައި މީހުންނާ ބައްދަލުކޮށް މީހުންނާ މިހެން ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެ އިމޯޝަން ތެރެއަށް އަޅުގަނޑު ވަދެގެން ނަގާ ޑިޒިޝަނަކަށް އިފެކްޓު ކުރާކަށެއް، އެހެންވީމާ އަޅުގަނޑު އެކަން ނުކުރަނީ"

މިއީ މި ސަރުކާރުގެ ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު އެންމެ ފަހުން ރައީސް އޮފީހުގެ އެނެކްސް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ބަސްފުޅެވެ.

އެމަނިކުފާނު މި ބަސްފުޅު ވިދާޅުވި އިރުވެސް ހުރީ ވަރަށް ބޮޑަށް އިމޯޝަނަލް ވެ ފެންކަޅި ވެފައެވެ. ޕޯޑިއަމް ކައިރީ ހުރެ އަޑުންއަޑުނަގާ ރޮއެނުގަތީ ހަމަ ކިރިޔާއެވެ. މިކަމުގެ އަސަރު އެތަނަށް ގޮސްތިބި ނޫސްވެރިންނަށް ވެސް ކުރިކަމަށް ގިނަ ބަޔަކު ބުންޏެވެ.

ކޮންމެ އަކަސް އިންސާނުންގެ ހިތަކީ ވަރަށް ނާޒުކުރު، އަދި އެހާމެ ބަލިކަށި އެއްޗެކެވެ. އެހެން ކަމުން އެފަދަ ހިތް ބަލިކަށި މީހަކާއި ދިމާއަށް ހިތުގައި ޖެހޭފަދަ ބަހެއް ވެސް އަދި އެފަދަ ވާހަކައެއް އަޑު އިވޭގޮތަށް ވެސް އެއްޗެއް ބުނުމަކީ ރަނގަޅު ކަމަށް ނުވާނެއެވެ. އެހެނީ އެފަދަ ބަހެއް ނުވަތަ އެފަތަ އަޑެއް ކިރިޔާ އިވުނަސް އެފަދަ ހިތްބަލިކަށި މީހުން ކަރުނަ އަޅައި އަޑުންއަޑުނަގާފައި ރޯނެއެވެ. މި ސަރުކާރުގެ ހައުސިން މިނިސްޓަރ އަބްދުالله މުއްތަލިބު ވެސް މިވީ މިފަދަ ބޭފުޅަކަށް ތާއެވެ. އެމަނިކުފާނުގެ ވާހަކައިން، ގައުމުގެ ރައްޔިތުންގެ ހާލަތާއި މެދު ވިސްނާ ފިކުރުކޮށްލެވެން ވެސް މިހާރު ނެތެވެ. އިމޯޝަނަލްވެ، ރޮވޭވަރުންނެވެ.

ކޮންމެ އަކަަސް މިނިސްޓަރ މުއްތަލިބު މިވީ ވަރަށް ހިތްބަލި، އެހާމެ އަވަހަށް ހިތުގައި ޖެހި، ރޮވޭ ބޭފުޅަކަށެވެ. ރައްޔިތަކު ކަމެއްދަމެއް ގޯސްވެގެން އެ ޚަބަރު އެމަނިކުފާނާއި ހަމައަށް ފޯރާ ހަމަ ކޮންމެ ފަހަރަކު ހިތުގައި ޖެހި ރޮވެނީއެވެ. ގިސްލެވެނީ އެވެ. އާއިލާ މީހަކު ނުވަތަ މައިންބަފައިން ދުނިޔޭ ދޫކުރުމުން ލިބޭ ހިތާއަށްވުރެ ވެސް މިފަދަ ކަންކަމުގައި މިނިސްޓަރު މުއްތަލިބަށް ކުރާ އަސަރު ބޮޑުކަމަށް އެމަނިކުފާނުގެ ވާކަހަފުޅުން ދޭހަވެއެވެ.

ކަންމިހެން ހުރިއިރު، އެމަނިކުފާނު ހުންނަވަނީ ރައްޔިތުންގެ ކުޑަވެސް ޝަކުވާއެއް، ނުވަތަ އެފަދަ މެސެޖެއްވެސް ނުލިބޭނޭގޮތް ހަދައިގެން ކަމަށް އެދުވަހު ޕޯޑިއަމްގައި ހުރެ ދެއްކެވި ވާހަކަތަކުން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

މުއްތަލިބު ވިދާޅުވެފައި ވަނީ މާލޭގައި މީހުން ދިރިއުޅޭ ހާލަތު ފެނުމުން، މީގެ ކުރިން އެމީހުންނާއެކު ރޮއިފައި ވެސް ހުންނާނެ ކަމުގައެވެ. އެހެންވެ އެފަދަ މަންޒަރުތަން ފެނުމުން ހިތައްކުރާ އަސަރެއްގެ ބޮޑުކަމުން ގިސްލެވޭތީ އެފަދަ ކަންކަމާއި މިހާރު ހުންނަވަނީ ދުރުގައެވެ. އެފަދަ މީހުންގެ މެސެޖުތަކަށް މިހާރު ޖަވާބު ނުދެއްވަނީ އެ ޖަޒުބާތުގައި ޖެހި، ނިންމާ ނިންމުންތަކަށް އަސަރު ކޮށްފާނެތީ އެވެ.

މީގެ ކުރިން މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގުރާމުގެ ތެރެއިން ވަރަށް ގިނަ މީހުންނާ ބައްދަލުވެ އެމީހުން ދިރިއުޅޭ ހާލު ފެނުނު ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ދިރިއުޅޭ ހާލަތު ކިޔައިދިނުމުން އެކަމާއި ވެސް ބައެއް ގޭގެއަށް ގޮސް އެގޭގެ ކޮޓަރީގެ ތެރޭގައި ރޮއިފައި ހުންނާނެ ކަމަށް ވެސް މިނިސްޓަރ މުއްތަލިބު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެހެން ކަންތައް ވާތީ މިހާރު ހުންނެވި ސިޗުއޭޝަންގައި މީހުންނާ ބައްދަލުކޮށް މީހުންނާ މިހެން ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެ އިމޯޝަން ތެރެއަށް ވަދެގެން ނަގާ ޑިޒިޝަނަކަށް އިފެކްޓު ކުރާކަށް ފަހަރެއްގައި ވެސް ބޭނުންފުޅު ނުވާކަމަށެވެ. އަދި މީހުން ކުރާ މެސެޖުތަކަށް ވެސް އެހެންވެސް ޖަވާބު ނުދެއްވާކަމަށް ވެސް އެމަނކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް އެ މެސެޖުތައް ބަރާބަރަށް ވިދާޅުވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު އަދި ޖަވާބު ނުދިނަސް، އަޅުގަނޑު އެ މެސެޖުތަކާ އެއްޗެހި އަޅުގަނޑު ކިޔަން، އަޅުގަނޑު ޖަވާބު ނުދެނީ އަޅުގަނޑު އަސްލު އެ އިމޯޝަނަލް ކަންތައްގަނޑުގެ ތެރެއަށް ވަންނަން އެހާ ބޮޑަށް ބޭނުން ނުވަނީ، އެއީ
ހައުސިންގ މިނިސްޓަރ އަބުދުﷲ މުއްތަލިބު

އެ ވިދާޅުވާ އިމޯޝަނަލް އެއްގެ ސަބަބުން މިނިސްޓަރ ކަމުގެ ޒިންމާ އަދާކުރެވިދާނެ ތޯ ވެސް މިއީ ގިނަ ބައަކު މިހާރު އުފައްދާ ސުވާލެކެވެ. ހަމަ ހަގީގަތުގައި ވެސް އެހާވަރަށް ރައްޔިތުންނާއި ދޭތެރޭގައި ހަމްދަރުދީވެ، ރައްޔިތުންގެ ހާލަތު އެނގޭ ކޮންމެ ފަހަރު އިމޯޝަނަލްވެ، ރޮއެ ހަދާކަމަށް ވަންޏާ ދެން އިތުރު ކަމެއް ކުރާނެ ވަގުތެއް އެމަނިކުފާނަށް އޮންނާނެ ބާއޭ ހިތައްއަރައެވެ.

މިނިސްޓަރ މުއްތަބު، ބަލަ ތިހާ ރައްޔިތުންގެ ހާލކަތާއި މެދު ހަމްދަރުދީވެ، ނިކަމެތިންގެ ގެދޮރަށް ވަދެވަޑައިގެން އެ މީހުންގެ ހާލަތު ފެނިފަ ގިސްލާ ރޮވޭކަމަށް ވިދާޅުވާއިރު، މިހާރުވެސް ތިޔަ އަރައިގަންނަމުންގެންދަނީ ނިކަމެތި ރައްޔިތުންގެ ހައްގުތަކަށް ނޫންތޯއެވެ.

ބޯހިޔާކަމެއް ނުލިބި އެތަކެއް ރައްޔިތުންނެއް މި މާލޭގައި ބިކަހާލުގައި އުޅޭއިރުވެސް އެފަރާތްތަކުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއްވެސް ހޯދައިދޭން ނޫޅުއްވާ ތިޔަ ހުންނަވަނީ ވެސް ހަމަ އެހާ ބޮޑަށް އިމޯޝަނަލް ވީމަ ތޯއެވެ.؟

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

09 ޖޫން 2021

ބާކީ 5 ދުވަސް، އާއިލާއިން ތިބީ މިނިސްޓަރުގެ ވައުދުފުޅު ފުއްދަވާނެކަމުގެ އުންމީދުގައި

09 ޖޫން 2021
ބާކީ 5 ދުވަސް، އާއިލާއިން ތިބީ މިނިސްޓަރުގެ ވައުދުފުޅު ފުއްދަވާނެކަމުގެ އުންމީދުގައި
18 ފެބުރުއަރީ 2020

ޕްލޭނިންގ މިނިސްޓަރުގެ ތިމާވެއްޓާ ރަށްޓެހި "އޯވާ ވޯޓާ" ދިރިއުޅުމުގެ ކޮންސެޕްޓް

18 ފެބުރުއަރީ 2020
ޕްލޭނިންގ މިނިސްޓަރުގެ ތިމާވެއްޓާ ރަށްޓެހި "އޯވާ ވޯޓާ" ދިރިއުޅުމުގެ ކޮންސެޕްޓް
22 ޑިސެމްބަރު 2018

މިނިސްޓަރު މަހުލޫފް އާއި ބައްސާމް ބޮޑު ކޯޅުމަކަށް؟

22 ޑިސެމްބަރު 2018
މިނިސްޓަރު މަހުލޫފް އާއި ބައްސާމް ބޮޑު ކޯޅުމަކަށް؟
29 ޑިސެމްބަރު 2017

އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

29 ޑިސެމްބަރު 2017
އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް
19 ނޮވެމްބަރު 2017

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!

19 ނޮވެމްބަރު 2017
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!
01 އޮކްޓޯބަރު 2017

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!
07 އޯގަސްޓު 2017

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
07 ޖުލައި 2017

މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟

07 ޖުލައި 2017
މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް