Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

ވެސްޓް ބޭންކުގައި އިސްރާއީލްގެ ދައުލަތެއް ޤާއިމު ކުރާނަން: ކާޓްޒް

ކާޓްޒްގެ އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އޭނާއާ ހަވާލާދީ ބުނެފައި ވަނީ، އެކަމަކީ ޓެރަރިސްޓު ޖަމާއަތްތަކަށް ދެވޭ ހަރުކަށި ޖަވާބެއް ކަމަށް. އަދި އެއީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަށް ވެސް ދެވޭ ސާފު މެސެޖެއް ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މެއި 2025 | ހޮނިހިރު 05:46
ރަމަالله ސިޓީ ކައިރީގައި އޮންނަ ތުރުމުސް އައްޔާ އަވަށުގައި ނަގާފައިވާ ފޮޓޯއެއް

ރަމަالله ސިޓީ ކައިރީގައި އޮންނަ ތުރުމުސް އައްޔާ އަވަށުގައި ނަގާފައިވާ ފޮޓޯއެއް

ވެސްޓް ބޭންކުގައި އިސްރާއީލްގެ ދައުލަތެއް ޤާއިމު ކުރާނެ ކަމަށް، އިސްރާއީލްގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވިދާޅުވެއްޖެ އެވެ. 

އޭނާ މިހެން ވާހަކަ ދައްކާފައި ވަނީ ފަލަސްޠީނުގެ ބިމުގައި އައު 22 އާބާދީއެއް ޤާއިމު ކުރާނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަ ކުރިތާ އެއް ދުވަސް ފަހުންނެވެ. 

ވެސްޓް ބޭންކުގައި އިސްރާއީލް އިން އާބާދުވުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްގެ ގޮތުގައި އދ އިން ދެކެ އެވެ. އަދި އެއީ ދެމެހެއްޓެނިވި ސުލްޙަ އަށް ހުރަސް އެޅޭނެ ކަމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. 

ކާޓްޒްގެ އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އޭނާއާ ހަވާލާދީ ބުނެފައި ވަނީ، އެކަމަކީ ޓެރަރިސްޓު ޖަމާއަތްތަކަށް ދެވޭ ހަރުކަށި ޖަވާބެއް ކަމަށެވެ. އަދި އެއީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަށް ވެސް ދެވޭ ސާފު މެސެޖެއް ކަމަށް ބުނެފައިވެ އެވެ. 

ފްރާންސް އިން ފަލަސްޠީނުގެ ދައުލަތް ޖޫން މަހު ބަލައި ގަންނާނެކަން ހާމަކޮށްފައިވާއިރު، އެ ބަޔާނުގައި ބުނީ "ކަރުދާހުގައު" ފަލަސްޠީނުގެ ދައުލަތް ފްރާންސް އިން ބަލައި ގަތް ނަމަވެސް، އިސްރާއީލް އިން އެ ތަނުގައި ދައުލަތެއް ޤާއިމުކޮށް އާބާދު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެެވެ. 

މެކްރޮން ސިންގަޕޫރަށް ކުރެއްވި ދަތުުރުފުޅުގައި އޭނާ ވަނީ ފަލަސްޠީނުގެ ދައުލަތް ބަަލައި ގަތުމަކީ އަޚުލާޤީ ޒިންމާެއްގެ އިތުރުން، ސިޔާސީ ގޮތުން ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ވެއްދުމަށް އިސްރާއީލް އިން ހުރަސްއަޅާ ނަަމަ، އެ ޤައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ވެސް މެކްރޮން ވަނީ ގޮވާލައްވާފައި އެވެ. 

ޖޫން މަހުގެ ތެރޭގައި ފަލަސްޠީނާއި އިސްރާއީލްގެ ދެ ދައުލަތުގެ ޙައްލަށް މަޝްވަރާ ކުރުމަށް އދ ގައި ބައިނަލްއަޤުވާމީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަަމަޖެހިފަ އެވެ. ފްރާންސް ސަރުކާރުގެ އިސް އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ ބައްދަލުވުމުގެ ސަބަބުން، އިތުރު ޤައުމުތަކަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމުގެ ފުރުސަތު އެބަ އޮތެވެ. 

އިސްރާއީލް އިން އައު ސެޓްލްމަންޓްތައް އިޢުލާން ކުރުމާ ގުޅިގެން، ބްރިޓަން އިން ވަނީ، އެއީ ފަލަސްޠީނު ދައުލަތެއް ގާއިމު ކުރުމަށް ގަސްދުގައި އެޅޭ ހުރަހެއް ކަމަށް ބުނެފަ އެވެ. އަދި އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، އެއީ ދެ ދައުލަތުގެ ހައްލާ "ދުރަށް ގެންދާ" ފިޔަވަޅެއް ކަމަށެވެ.

އިތުރަށް ކިޔާލަން

02 ޖޫން 2018

ތާރީޚު ކިޔަވައިދިނުމާ ގުޅޭ ގޮތުން އިސްރާއީލާއި މިޔަންމާ އިން އެއްބަސްވުމެއް ޤާއިމުކޮށްފި

02 ޖޫން 2018
ތާރީޚު ކިޔަވައިދިނުމާ ގުޅޭ ގޮތުން އިސްރާއީލާއި މިޔަންމާ އިން އެއްބަސްވުމެއް ޤާއިމުކޮށްފި
14 ފެބުރުއަރީ 2018

އިންސާނީ ޙައްޤުތަކަށް އަރައިގަނެގެން ވެސް އިސްރާއީލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ބާއްވަން ޖެހޭ: އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު

14 ފެބުރުއަރީ 2018
އިންސާނީ ޙައްޤުތަކަށް އަރައިގަނެގެން ވެސް އިސްރާއީލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ބާއްވަން ޖެހޭ: އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު
23 ޖެނުއަރީ 2018

ފަލަސްތީނު ދައުލަތެއްގެ ގޮތުގައި އަވަހަށް ބަަލައިގަތުމަށް އައްބާސް އީޔޫއަށް ދަންނަވައިފި

23 ޖެނުއަރީ 2018
ފަލަސްތީނު ދައުލަތެއްގެ ގޮތުގައި އަވަހަށް ބަަލައިގަތުމަށް އައްބާސް އީޔޫއަށް ދަންނަވައިފި
16 ޖެނުއަރީ 2018

އިސްރާއީލް ދައުލަތެއްގެ ގޮތުގައި ބަލައިނުގަތުމަށް ފަލަސްތީނުން ނިންމައިފި

16 ޖެނުއަރީ 2018
އިސްރާއީލް ދައުލަތެއްގެ ގޮތުގައި ބަލައިނުގަތުމަށް ފަލަސްތީނުން ނިންމައިފި
05 ޖެނުއަރީ 2018

ވައިޓް ހައުސްގެ ވެސްޓް ވިންގް ހުންނަ ބައިގައި ފޯނު ކޯލުތައް ކުރުން މަނާކޮށްފި

05 ޖެނުއަރީ 2018
ވައިޓް ހައުސްގެ ވެސްޓް ވިންގް ހުންނަ ބައިގައި ފޯނު ކޯލުތައް ކުރުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު