Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންވެސްޓްމަންޓް ފޯރަމް

އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި ނުބޭއްވޭނެ ކަމުގެ އިޝާރާތެއް މިނިސްޓަރ ސައީދުދެއްވައިފި

6 ޖުލައި 2017 | ބުރާސްފަތި 13:59

މި ސަރުކާރުންވަނީ ސިންގަޕޫރާއި،ޗައިނާއާއި،އިންޑިއާގައި އިންވެސްޓްމަންޓް ފޯރަމްތައް ބާއްވާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 6 ޖުލައި 2017 | ބުރާސްފަތި 13:59
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ އެޅުމަށް ހިއްކާފައިވާ ސަރަހައްދު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ އެޅުމަށް ހިއްކާފައިވާ ސަރަހައްދު

ދިވެހިރާއްޖެއިން ގުޅުން ކަނޑާލާފައިވާ ގަތަރުގައި ކުރިން ބޭއްވުމަށް ނިންމާފައި އޮތް އިންވެސްޓްމަންޓް ފޯރަމް ބާއްވާނެ ގައުމެއް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

ޓެރެރިޒަމަށް ވާގިވެރިވެދޭކަމަށް ތުހުމަތުކޮށް ސައުދީ އަރަބިއްޔާއިން ގަތަރާ ގުޅުން ކަނޑާލަން ނިންމުމުން އެ ފިޔަވަޅުގެ ފަހަތުން ދިވެހިރާއްޖެއިންވަނީ ގަތަރާ ގުޅުން ކަނޑާލާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ނޫސްވެރިންނާ އެކު ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމް ބާއްވާނެ ތަނެއް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން އިންވެސްޓްމަންޓް ފޯރަމް ތަކުން ރާއްޖެ ވަރަށް ބޮޑަށް މާކެޓް ކުރެވިއްޖެ ކަމަށް މި އަދު އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މިއަދުވެސް މި ފެންނަނީ" މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް މި ސަރުކާރުންވަނީ ސިންގަޕޫރާއި،ޗައިނާއާއި،އިންޑިއާގައި އިންވެސްޓްމަންޓް ފޯރަމް ބާއްވާފައެވެ.

ޗައިނާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމަށް ވަޑައިގެންނެވީ އޭރުގެ ނައިބް ރައީސް އަހުމަދު އަދީބް ކަމަށްވާއިރު ފޯރަމަށްފަހު މާލެ ވަޑައިގަތުމާއެކު އަދީބް ގެންދަވާފައިވަނީ ބަންދަށެވެ.

އިންވެސްޓްމަންޓް ފޯރަމްތަކާ ގުޅުވައިގެންވެސް އަދި އެސްއީޒެޑާއި ގުޅުވައިގެންވެސް ސަރުކާރުން އެންމެ ބޮޑަށް ޕްރޮމޯޓް ކުރަމުން ދިޔަ އެއް މަޝްރޫއު ކަމަށްވާ އައިހެވަން ހަގީގަތަކަށް ހެދިފައި ނުވާއިރު މިނިސްޓަރ ސައީދު ވަނީ އެ މަޝްރޫއާ ބެހޭގޮތުންވެސް މައުލޫމާތުދެއްވާފައެވެ.

"މާސްޓަޕްލޭންގެ މަސައްކަތް ޖުލައި މަސް ނިމުމުގެ ކުރިން ނިމޭނެ. ނިމޭ އިރުގައި އަޅުގަނޑުމެން މީޑިއާ އަށް ހިއްސާ ކޮށްލާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މާސްޓަ ޕްލޭން ނިމޭއިރު މަގުތައް ހަދާނެ ގޮތްތަކާއި ބަނދަރާއި އެއާޕޯޓް އޮންނާނެ ތަނާއި ފެހިކުރާނެ ސަރަހައްދުތަކާއި ހުސް ބިމާއި އިންޑަސްޓްރިއަލް މަސައްކަތްކުރާނެ ސަރަހައްދުތައް ކަނޑައެޅިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ޕްރޮޖެކްޓްތަކުގެ މައުލޫމާތު މީޑިއާއާ ހިއްސާކުރުން އިތުރުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކާއި އަދި ސަރުކާރު ހިންގާ ޕާޓީގެ 10 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުން ބުދަ ދުވަހު ވަނީ ބްރިޖްގެ މަސައްކަތް ގޮސްފައިވާ ހިސާބުވެސް މީޑިއާއާ ހިއްސާކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

08 ޖޫން 2017

ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

08 ޖޫން 2017
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި
10 މެއި 2017

ނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން ރައީސްކަމުގެ ހުވާކުރައްވައިފި

10 މެއި 2017
ނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން ރައީސްކަމުގެ ހުވާކުރައްވައިފި
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
17 އެޕްރީލު 2017

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް