Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޕީއެސްޖީ އަކީ ނުރައްކާތެރި ޓީމެއް: އިންޒާގީ

ޕީއެސްޖީ އަކީ ވަރަށް ވަރުގަދަ ޓީމެއްކަން ފާހަގަކޮށް އިންޒާގީ ބުނީ، އެ ޓީމަަކީ ވަރަށް ނުރައްކާތެރި ވެސް ޓީމެއް ކަމަށެވެ. ޚާއްސަކޮށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ލުއިސް އެންރީކޭ އަކީ ތަޖުރިބާ ހުރި، މޮޅު ކޯޗެއް ކަމަށް އިންޒާގީ ފާހަގަ ކުރި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މެއި 2025 | ހޮނިހިރު 05:27
އިންޓަރ މިލާންގެ ފަރިތަކުރުމުގައި އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ

އިންޓަރ މިލާންގެ ފަރިތަކުރުމުގައި އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ނިކުންނައިރު، އެ ޓީމަކީ ވަރަށް ނުރައްކާތެރި ޓީމެއް ކަމަށް، އިންޓަރ މިލާންގެ ކޯޗު ސިމޯން އިންޒާގީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

އިންޒާގީ ބުނީ ފައިނަލް މެޗު ކާމިޔާބު ކުރުމަށްޓަކައި އިންޓަރ މިލާނުން ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން މެޗަށް ރަނގަޅަށް ފޯކަސްކޮށްގެން، ޕީއެސްޖީ ހުއްޓުވާނެ ގޮތް ތަކަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ވެސް އިންޒާގީ ބުންޏެވެ.

ޕީއެސްޖީ އަކީ ވަރަށް ވަރުގަދަ ޓީމެއްކަން ފާހަގަކޮށް އިންޒާގީ ބުނީ، އެ ޓީމަަކީ ވަރަށް ނުރައްކާތެރި ވެސް ޓީމެއް ކަމަށެވެ. ޚާއްސަކޮށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ލުއިސް އެންރީކޭ އަކީ ތަޖުރިބާ ހުރި، މޮޅު ކޯޗެއް ކަމަށް އިންޒާގީ ފާހަގަ ކުރި އެވެ. އަދި އެންރީކޭ އަށް ނުހަނު އިޙުތިރާމް ކުރާ ކަމަށް ވެސް އިންޒާގީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނިކުންނައިރު، ވާދަވެރި ރޭހަކަށް ފަހު އިންޓަރ މިލާނަށް ވަނީ މި ސީޒަންގެ އީޓާލިއަން ލީގު ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ. އިންޒާގީ ބުނީ އެކަމުގެ ހިތްދަތިކަން މިހާރު ޓީމުން ފިލައިގެން ގޮސް، ކުޅުންތެރިން ނަފްސާނީ ގޮތުން ރަނގަޅު ޙާލަތެއްގައި ތިބި ކަމަށެވެ.

މީގެ ކުރިން އިންޓަރ މިލާނުން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވެފަ އެވެ. އެކަމަށް އިޝާރާތް ކުރަމުން އިންޒާގީ ބުނީ، އެ އަހަރު ވެސް ފޭވަރިޓުންނަކީ އިންޓަރ މިލާން ނޫން ކަމަށެވެ. އެހެން ނަމަވެސް، އިންޓަރ މިލާނަށް ވެސް ވާދަ ކުރެވޭނެކަން އެ ޓީމުން ސާބިތު ކޮށްދީފައި ވާނެ ކަމަށް އިންޒާގީ ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން އިންޒާގީ ބުނީ ދެ ޓީމަކީ ވެސް ވާދަވެރި ދެ ޓީމު ކަމަށާއި، ފައިނަލް މެެޗު ވެގެން ދާނީ އުނދަގޫ މެޗަކަށް ކަމަށެވެ. އެހެން ނަމަވެސް، އިންޓަރ މިލާނުން އޮތީ މެޗަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށާއި، އެ ޓީމުގެ ވައްޓަފާޅީގައި ކުޅެ، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ހުރިހާ ހިތްވަރެއް ލާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޓަރ މިލާނުން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ހޯދީ، ސެމީ ފައިނަލްގައި ސްޕެއިންގެ ބާސެލޯނާ ބަލި ކުރުމަށް ފަހު އެވެ. ސެމީ ފައިނަލްގެ ފުރަތަމަ ލެގު އެއްވަރުވީ ނަމަވެސް، ދެ ވަނަ ލެގުގައި ވާދަވެރި ކުޅުމަކަށް ފަހު އިންޓަރ މިލާނުން ވަނީ ބާސެލޯނާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
09 މާރިޗު 2017

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

09 މާރިޗު 2017
ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު