Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކަމެއްނެތި ސަރުކާރުން ހިންގާ ބޮޑު ހަފްލާތަކާ ބޮޑު މަންޒަރު

ސަރުކާރުން ބާއްވަނީ ބޮޑެތި ހަފްލާތަކެކެވެ. ނުވާވަރުގެ ބޮޑެތި މަންޒަރުތަކެކެވެ. އެއްކަމެއް ތިން ހަތަރު ފަހަރަށްވެސް ބާއްވައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 29 މެއި 2025 | ބުރާސްފަތި 10:05
ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހު ތަސްދީޤު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު

ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހު ތަސްދީޤު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު

ރަސްމާލެއާއި މާލެއާ ދެމެދު ގުޅުވާލާ އަންޑަރވޯޓަރ ޓަނަލްގެ ވާހަކަ ވިދާޅުވީ ސަތޭކަ ޕަސެންޓް ޔަގީން ކަމާއެކުއެވެ. ހުންނާނެ ގޮތުގެ ވަރަށް ރީތި ފުރިހަމަ އެނިމޭޓެޑް ވީޑިއޯ އަކާއެކުގައެވެ. ވިދާޅުވީ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. ޖަލްސާއަށް ހާޒިރުވެތިބި މީހުން އަތްޖެހީކީ ތިޔަހެނެއް ނޫނެވެ. އަތް ފޫދާހާ ބާރަށެވެ. އެހާވެސް ޔަގީން ކަމާއެކުގައެވެ.

އެވާހަކަ ބަދަލުވެގެން ދިޔައީ ދެމޫސުން ދޭތެރޭ ވައި އެނބުރޭ ހެނެވެ. މިހާރު އެވާހަކަ އޮބުނީއެވެ. އަމިއްލަ މިނިސްޓަރަކުވެސް އެއަށް ހަޖޫޖައްސަވާއި އެއީ އަދި މިހާތަނަށް ފެނިފައި އޮތް ޓެކްނޮލޮޖީއެއް ނޫނޭ ވިދާޅުވެ ދެއްކެވި ވާހަކައިން ވެރިމީހާގެ ހަގީގަތް ގިނަބަޔަކަށް ހާމަވީއެވެ.

ބަންކަރިންގެ ވާހަކައިން ހީވީ އެއީ މިސަރުކާރުން ސަރުކާރަށް ފައިސާ ވައްދަން ގާއިމް ކުރާ އޭޓީއެމް މެޝިނެއް ކަމަށެވެ. އެކަންވެސް ދިޔަގޮތް ފެންނަން އެއޮތީ ގެނައި ބާޖު އޮތްތަނުންނާ ކުޅުނު ޑްރާމާއާއި ބޭއްވި ބޮޑު ރަސްމިއްޔާތު ކަވަރ ކުރެވޭ ވަރުގެ އެއްޗެއްވެސް ފުރަތަމަ އަހަރު ނުލިބުނީމައެވެ.

ޑިވެލޮޕްމަންޓް ބޭންކާއެކު ރައްޔިތުންގެ ކުރިއެރުން އެތައް ގިއަރެއް މައްޗަށް ޖެހޭނެ ކަމަށް ހީކުރެވުނެވެ. ކޮންމެ މީހަކީވެސް ވިޔަފާރި ވެރިއަކަށް ވެވޭހާ ކުރިއަރާނެ ކަމަށް ބެލެވުނެވެ. ބޮޑުސިންގާ ރަސްމިއްޔާތެއް ބާއްވައިގެން ހުޅުވި އެބޭންކުން އަދި ޚިދުމަތެއް ލިބުނު މީހަކު މިއުޑުބަޅުކުރި ހިސާބަކު ނެތެވެ. އެކަމަކު އެތައް މިލިއަން ރުފިޔާއެއް އެކަމަށްވެސް ޚަރަދުވެ ނިމުނީއެވެ. ތަން ހިންގަން ގެނައި މީހާ އިސްތިއުފާދީ އޭނާވެސް ސަރުކާރު ކޯޓަށް އެދަމަނީ އޭނާގެ މުސާރަކޮޅުވެސް ނުދީ އޮތީމައެވެ.

މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. މިސަރުކާރުން ފެށިއްޔާ ފެށި ބޮޑު މަޝްރޫއެއްގެ ޖަލްސާ ވަރަށް ކުލަގަދައެވެ. އެހާމެ ފުރިހަމައެވެ. ދައްކާ ވާހަކަތައް އެހާމެ ބަލާޣާތްތެރިވެފައި ފަށުވި ވެފައި ފުރިހަމައެވެ.

ދައްކާން މިއުޅެނީކީ އަމުދަކުން މިވާހަކައެއް ނޫނެވެ. ދައްކާން މިއުޅެނީ މިސަރުކާރުގެ އަސްލު ތަރައްޤީއަކީ މިފަދަ ބޮޑު ރަސްމިއްޔާތު ކަމެވެ. ދޭދޭ ދެމިނިސްޓަރުން ދިމާވިއަސް ބޮޑު ބައްދަލު ވުމެކެވެ. ބޮޑު ސިންގާ ރަސްމިއްޔާތެކެވެ. އެއް މިނިސްޓްރީއެއްގެ ދެޑިޕާޓްމަންޓަކުން ކަމެއް ކުރިއަސް އެކަން ހަވާލުކުރާން ބާއްވާ ހެޔޮވަރު ވަރުގެ ބޮޑު ރަސްމިއްޔާތެކެވެ. ބިލެއް ތަސްދީގް ކުރައްވަންވެސް ބޮޑުސިންގާ ރަސްމިއްޔާތެކެވެ. ކަމެއް ކުރާނަމޭ ވިދާޅުވާންވެސް ހަފްލާއެކެވެ. އެކަން ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އަނެއް ހަފްލާއެވެ. އަދި އޭގެ ދެތިންދުވަހެއް ފަހުން އެކަން އެބަޔަކާ ހަވާލު ކުރުމަށްވެސް އަނެއްކާ އަނެއް ރަސްމިއްޔާތެވެ.

ހަނދާނަށް އަންނަނީ ސަރުކާރުގެ އެންމެ ކުރީކޮޅެވެ. ކުރެއްވި ބޮޑެތި މަސައްކަތްތަކެވެ. އެތައް ބަޔަކު އެއްވެ ބޭއްވި ބޮޑެތި ކާމިޔާބީ ހަފްލާއެވެ. އެކަކަމަކު އެއީ ކުރިން ނުވަދެވޭ މަގެއް ހުޅުވާލުމެވެ. ތަނެއްގައި ހުރި ބޭނުން ނުކުރާ ވެހިކަލްތަކެއް ނަގާލާ ސާފުކޮށްލުމެވެ. އެއްކޮޅަށް ދުއްވޭ މަގެއް ދެކޮޅަށް ދުއްވޭގޮތް ހަދާލުމެވެ. އެއްކަމަކަށް ބޭނުންކުރި އޮފީހެއް އެހެންކަމަކަށް ބޭނުންކުރަން އެތަނުގެ ނަންފިލާ ގަނޑު ބަދަލުކޮށްލުމެވެ.

ކޮންމެއަކަސް މިހާރު މިފެންނަނީ އަނެއްކާވެސް އެފަދަ ހަފްލާތަކެކެވެ. ކޮންމެ ކަމެއްގައިވެސް އެއަށްވުރެ ބޮޑުކޮށްގެން ދެއްކުންތެރިކަމުގެ ހަފްލާތަކެކެވެ. އެއްކަމެއް ތިންހަތަރު ފަހަރަށް ބާއްވާ ޖަލްސާއެވެ. ބޭނުމަކީ ހަމަ އެންމެ ބޭނުމެކެވެ. ކަމެއް ނުކުރެވުމެވެ. އެތައް މަޝްރޫއެއް ހިންގަން ހަވާލުކުރިކަމަށް ވިދާޅުވާއިރު އެއިންކަމެއް ގެޒެޓް ކުރެވިފައިވެސް ނޯންނާތީއެވެ. ސަރުކާރުގެ ކުންފުނިތަކުގައި ކަންކަން ކުރުމުގެ ކެޕޭސިޓީއެއް ނެތޭ ބުނެފައި އޭގެ ހަފްތާއެއްގެ ފަހުން ހަމަ އެކުންފުންޏަށް އޭގެ މަޝްރޫއެއް ހަވާލުކޮށް ސޮއިކުރުމުގެ ރަސްމިއްޔާތެއް ބޭއްވިއަސް އެއިން ކަމެއް އާއްމު ރައްޔިތަކަށް ފެންނާން ނެތުމެވެ. ހިންގަމޭ ކުރަމޭ، ހަވާލުކޮށްފީމޭ، ސޮއިކޮށްފީމޭ ވިދާޅުވިއަސް އެއިން ކަމެއް ވުޖޫދުވާނޭ ގޮތެއް ނެތުމެވެ. އެކަމާހުރެ ރަށްރަށުންނާއި އާއްމު މީހުން ކިޔާ އެއްޗިއްސަށް އަނެއްކާ އެކަންކުރައްވާނޭ ކަމަށް ވައުދު ވުމެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ ކަންނުވެ ނޫނީ ކަންނުކޮށް ދެއްކެން އުޅުމެވެ. މިއީ ކަންނުކޮށް ނަންވާން އުޅޭ ކަންދެއްކުމުގެ ސަރުކާރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު