Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްއާރުސީއެމް

އައިކޮމްގެ ނިންމުން އެޗްއާރުސީއެމްއާ ހިއްސާ ކުރީ 26 ދުވަސް ފަހުން ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކޮށްފި

އެޗްއާރުސީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ބައްދަލުވުމެއް ބާއްވާފައި ވަނީ 2024 އޭޕްރީލް 17 ގައި ކަމަށާއި، އަދި އެ މައްސަލަ ނިންމުމުގެ ބައްދަލުވުން ބާއްވާފައި ވަނީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ކަމަށް ވަނީ ފާހަގަ ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މެއި 2025 | ބުރާސްފަތި 08:38
އެޗްއާރުސީއެމް ގެ މެންބަރުންތައް ބައްދަލުވުމެއްގައި

އެޗްއާރުސީއެމް ގެ މެންބަރުންތައް ބައްދަލުވުމެއްގައި

ފަހި ޔޫނިއަން އިން ގެދޮރުވެރިޔާ މަޝްރޫޢުއާ ގުޅިގެން ފްލެޓް ގެއްލުނު ފަރާތްތަކުގެ ޙައްޤު ހޯދުމަށް މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާ އެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރި މަސައްކަތްތަކުގެ ލިޔެ ކިޔުންތައް ހޯދުމާއި، ލިސްޓު ބާޠިލު ނުކުރާނެ ކަމަށް މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ބަސްފުޅުގެ ލިޔުން އެ ކޮމިޝަންގެ ފަރާތުން ހޯދައި ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އިލްތިމާސް ކުރި މައްސަލައިގެ ނިންމުމުގައި ކަންބޮޑުވުން ތަކެއް ހުރި ކަމަށް އެޗްއާރުސީއެމް އިން ބުނެފި އެވެ.

ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހި ކަމުގެ "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގު ހޯދައި ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ބައެއް ލިޔެ ކިޔުން ހޯދުމަށް އަމިއްލަ ފަރާތަކުން އެދުމުން، އެ މައުލޫމާތު އެ ކޮމިޝަން އިން ހިއްސާކޮށްފައި ނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

Advertisement - newsAdvertisement

މި މައްސަލަ ބެލުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައި ވަނީ، އެޗްއާރުސީއެމް އާއި މިނިސްޓްރީ އިން މި މަޝްރޫއާ ގުޅޭ ގޮތުން ބޭއްވުނު ބައްދަލުވުން ތަކުގައި ބަދަލު ކޮށްފައިވާ ލިޔެ ކިޔުންތައް ފެންނަން ނެތުމުން، މައުލޫމާތަށް އެދުނު ފަރާތުން ހިތްހަމަ ނުޖެހޭ ކަމަށް ފާހަގަ ކޮށްފައިވީ ނަމަވެސް، އެ ހުށަހެޅުމަށް ގާނޫނޫގެ ދަށުން ޖަވާބު ދޭން ޖެހޭ މިންވަރަށް ޖަވާބު ދީފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

އެހެން ނަމަވެސް އެދުނު މައުލޫމާތު ނުދިނުމުގެ އިތުރުން، އެދުނު މައުލޫމާތު އެޗްއާރުސީއެމް ގައި ހުރިކަމެއް ވެސް ނުވަތަ ނެތް ކަމެއްވެސް ބުނެފައެއް ނުވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

އަނެއް ކޮޅުން އެ ގާނޫނުގެ ދަށުން މައުލޫމާތެއް ހޯދުމަށް އެއްވެސް ފަރާތަކުން ހުށަހެޅުމުން، އެ ހުށަހެޅުމުގައި ހޯދަން އެދިފައިވާ މައުލޫމާތު އެ އިދާރާ އަކުން ލިބެން ހުރިކަން ނުވަތަ ނެތްކަން މައުލޫމާތު ހޯދަން އެދުނު ފަރާތައް ލިޔުމުން އަންގަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އެގޮތުގެ މަތިން އެ މައުލޫމާތު ހުރިކަން ނުވަތަ ނެތް ކަން އެންމެ ކުޑަމިނުން ބުނެފައި ނުވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މި މައްސަލަ ހިނގި ގޮތް ބެލުމަށް ފަހު، 24 އޭޕްރީލު ގައި ނިންމި ނިންމުގައި ބުނެފައި ވަނީ، ގާނޫނުގެ 12 ވަނަ މާއްދާ ގެ (ނ) އާ އެޗްއާރުސީއެމް އިން ޚިލާފުވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެޗްއާރުސީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ބައްދަލުވުމެއް ބާއްވާފައި ވަނީ 2024 އޭޕްރީލް 17 ގައި ކަމަށެވެ. އަދި އެ މައްސަލަ ނިންމުމުގެ ބައްދަލުވުން ބާއްވާފައި ވަނީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެން ނަމަވެސް، ލިޔުމުން އެޗްއާރުސީއެމްއާ ހަވާލު ކޮށްފައިވާ ނިންމުމުގައި ޖަހާފައި ވަނީ 24 އޭޕްރީލް ކަމަށް އެ ކޮމިޝަން އިން ވަނީ ބުނެފަ އެވެ. އަދި އެ ލިޔުން ހަވާލުކޮށްފައި ވަނީ މައްސަލަ ނިންމިތާ 26 ދުވަސް ފަހުން، މެއި މަހުގެ 25 ވަނަ ދުވަހު ކަމަށް ވެސް އެެޗްއާރުސީއެމް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެޗްއާރުސީއެމް އިން ބުނެފައި ވަނީ އެ މައްސަލަ ނިންމުމަށް އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރާ ހަވާލާދީ އެ އޮފީހުން ހުށަހެޅި ނިންމުމާއި، އެޗްއާރުސީއެމް އަށް ލިޔުމުން ހިއްސާ ކޮށްފައިވާ ނިންމެވުމުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އަދި އެއީ އެ ކޮމިޝަން އިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

އަދި އެ މައްސަލައިގައި ހޯދުމަށް އެދިފައިވާ މަޢުލޫމާތުގެ ތެރެއިން، ކޮމިޝަނާއި މިނިސްޓްރީ އިން މި މަޝްރޫޢާ ބެހޭ ގޮތުން ބޭއްވުނު ބައްދަލުވުން ތަކުގައި ބަދަލުކޮށްފައިވާ ލިޔެ ކިޔުންތައް، އިދާރާގައި ހުރިކަން ނުވަތަ ނެތްކަން ލިޔުމުން، ރަސްމީ ފަސް ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް އަންގާ ކަމަށް ބުނެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެޗްއާރުސީއެމް އިން ބުނީ އެ އެންގުމަކީ އޭޕްރީލް 28 ވަނަ ދުވަހު މައްސަލަ ނިންމިއިރު އިއްވި ނިންމުމުގައި ހިމެނޭ ބައެއް ނޫން ކަމަށެވެ. އަދި އެ ނިންމުން ނިންމި ތާރީޚު ގައި ނިންމުމާ ގުޅޭ އެއްވެސް ލިޔުމެއް އެޗްއާރުސީއެމް އަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ލިބިފައި ނުވާ ކަމަށެވެ.

މައްސަލަ ނިންމުމަށް ބޭއްވި ބައްދަލުވުމު ގައި އިއްވި ނިންމުމަށް ރިޢާޔަތް ކުރާއިރު، އެޗްއާރުސީއެމް އިން އިތުރަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތެއް ބަޔާން ކޮށްފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މެއި މަހުގެ 25 ވަނަ ދުވަހު އެޗްއާރުސީއެމްއާ ލިޔުމުން ހިއްސާކޮށްފައިވާ ނިންމުމުގައި ބަޔާން ކޮށްފައިވާ ފަދައިން، ވަކި ކަމެއް އިދާރާ އަކުން ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް އަންގާ ޙާލަތުގައި، ނިންމުމެއް ނިންމާ ދުވަހު މައްސަލައިގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް އެ ދުވަހު، ނުވަތަ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މައްސަލައިގައި ނިންމާ ނިންމުން ޙިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

ނަމަވެސް، އެ މައްސަލައިގައި 28 އެޕްރީލް ގައި ނިންމި ނިންމުން އެޗްއާރުސީއެމް އަށް ލިބިފައިވަނީ 26 ދުވަސް ފަހުން، 25 މޭ ގައި ކަމަށް ވާތީ، މައްސަލައިގެ ނިންމުމުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަ ކުރުމަށް ދީފައިވާ ފަސް ދުވަހުހެ މުއްދަތު ފަހަނައަޅާ ގޮސްފައިވާކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އެޗްއާރުސީއެމް އިން އިތުރަށް ބުނެފައި ވަނީ، މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ޤާނޫނުގެ 12 ވަނަ މާއްދާ ފަރުމާ ކޮށްފައި ވަނީ މައުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ދައުލަތުގެ އިދާރާ އަކަށް ލިބުމުން އެ ހުށަހެޅުމަށް އިޖާބަ ދިނުމަށް ލާޒިމު ކުރުމުގެ ގޮތުން ކަމަށްވާއިރު، އެ މާއްދާގެ (ޅ) އަށް ނަޒަރުކުރާއިރު އެ އަކުރުގައި "ނުވަތަ" އެ ލަފުޒު ބަޔާން ކޮށްފައިވުމުން، 12 ވަނަ މާއްދާގެ (ހ) އިން (ބ) އަށް ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ކޮންމެ ވެސް އެއް ގޮތަކަށް ދައުލަތުގެ އިދާރާ އަށް ހުށަހެޅޭ ހުށަހެޅުމަށް އިޖާބަ ދިނުމުގެ ގޮތުން ޢަމަލު ކުރެވިދާނެކަން ދޭހަވާ ކަމަށެވެ.

އެގޮތުން، އެ މައްސަލައިގައި އެޗްއާރުސީއެމް އަށް ލިބުނު ހުށަހެޅުމަށް 2024 ސެޕްޓެމްބަރު ތިން ވަނަ ދުވަހު އިޖާބަދީ، 12 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ގޮތަށް އެދިފައިވާ މަޢުލޫމާތު ދޫކުރެވެން ނެތް ސަބަބު ބަޔާންކޮށް، މަޢުލޫމާތަށް އެދި ހުށަހެޅުއްވި ފަރާތަށް ޖަވާބު ދީފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ އިލްތިމާސްއާ ގުޅިގެން އޭޕްރީލް 17 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި ވެސް އެޗްއާރުސީއެމް އިން ޖަވާބު އެރުވުމުގައި ޢަމަލު ކޮށްފައިވާ ގޮތް ތަފްސީލުކޮށް ސާފުކޮށްދީފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ބަޔާނުގައި އެޗްއާރުސީއެމް އިން ބުނެފައި ވަނީ، ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ކުރިއަރުވައި، އާންމުންގެ މެދުގައި އެ ޤާނޫނަށް ހޭލުންތެރިކަން އިތުރު ކުރުމަކީ އެޗްއާރުސީއެމް އިން އެކަމަށް އަހަންމިއްޔަތު ކަމެއް ދީ، އެކަމަށް މަސައްކަތް ކުރާ ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު