Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ރޯމްގައި ކުރިއަށް ދިޔަ އީރާން އެމެރިކާ މަޝްވަރާތަކުން ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް

ދެ ޤައުމުގެ ދެ މެދުގައި އޭޕްރީލް މަހުން ފެށިގެން ކުރިއަށް ގެންދަމުން އަންނަ މި މަޝްވަރާތަކުގައި އީރާންގެ ޔުރޭނިއަން އެންރިޗްމަންޓާ ގުޅޭ ގޮތުން ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދި، ދެބަސްވުންތަކެއް ހިނގާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މެއި 2025 | ހޮނިހިރު 08:19
އީރާން، އެމެރިކާ މަޝްވަރާ އަށް ފަހު ޑެލިގޭޝަންގެ ބޭފުޅުން ކާރު ކޮޅުގައި ނިކުންނަވަނީ

އީރާން، އެމެރިކާ މަޝްވަރާ އަށް ފަހު ޑެލިގޭޝަންގެ ބޭފުޅުން ކާރު ކޮޅުގައި ނިކުންނަވަނީ

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދާ ނިއުކްލިއާ މަޝްވަރާތަކުގެ ފަސް ވަނަ ބުރުގެ ބައްދަލުވުން، އިޓަލީގެ ވެރި ރަށް ރޯމްގައި ކުރިއަށް ގެންގޮސްފި އެވެ.

ހުކުރު ދުވަހު ރޯމްގައި ކުރިއަށް ގެންދިޔަ ފަސް ވަނަ ބުރުގެ ބައްދަލުވުމުގައި ދެ ޤައުމުގެ ވެސް އިސް ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ. އަދި ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފަ އެވެ.

އޮމާން ސަރުކާރުގެ ޚާރިޖީ ވަޒީރު ބަދުރު އަލް ބުސައިދީ ސޯޝަލް މީޑިއާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޝްވާރާތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އަދި ވެސް އެކަށީގެންވާ މިންވަރުގެ ޙައްލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

ދެ ޤައުމުގެ ދެ މެދުގައި ހުރި އިތުރު މައްސަލަތަކާއި، ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޮމާންގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވެ އެވެ. އަދި ދެމެހެއްޓެނިވި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޮމާން އިން މެދުވެރިއެއްގެ ދައުރު އަދާ ކުރާ މި މަޝްވަރާ ބައްދަލުވުމުގައި އީރާންގެ ފަރާތުން އެ ޤައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އަދި އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އެވެ. 

ދެ ޤައުމުގެ ދެ މެދުގައި އޭޕްރީލް މަހުން ފެށިގެން ކުރިއަށް ގެންދަމުން އަންނަ މި މަޝްވަރާތަކުގައި އީރާންގެ ޔުރޭނިއަން އެންރިޗްމަންޓާ ގުޅޭ ގޮތުން ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދި، ދެބަސްވުންތަކެއް ހިނގައިފަ އެވެ. 

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، އެކަމަށް ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަން ފައްޓަވައިފަ އެވެ. 

ދާދި ފަހުން އެމެރިކާގެ ރައީސް ޓްރަމްޕް ޤަލްފުގެ ޤައުމުތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވެފައި ވަނީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އަސްކަރީ ފިޔަވަޅު އެޅުމުގެ ކުރިން، އެއްބަސްވުމަކަށް ވާސިލުވާން ބޭނުންފުޅުވާ ކަމަށެވެ.  އަދި އީރާނަށް އިންޒާދު ދިނުން ދޭހަވާ ފަދަ މޭރުކަމުން ޓްރަމްޕް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އެކަމާ ގުޅިގެން އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައި ވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތަކުން ނަތީޖާއެއް ފެންނާނެ ކަމަށް ނުދެކޭ ކަމަށެވެ.

އެހެން ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކަންތައް ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށް ވެސް ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާ ވިދާޅުވީ ޔުރޭނިއަން އެންރިޗް ކުރުމުގެ ހައްގު އީރާނަށް ނުދޭން ވަކާލާތު ކުރުމަކީ، ބޮޑު ކުށެއް ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ދާދި ފަހުން އެ ޤައުމުގެ ސެނެޓުގެ ފޮރިން ރިލޭޝަން ކޮމެޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، އެއްބަސްވުމަކަށް ވާސިލުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެމެރިކާ އިން "އޮފް-ރޭމްޕް" ހުށަހެޅުމެއް އީރާނަށް ހުށަހަޅާފައި ވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މިއީ 2015 ވަނަ އަހަރު، ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވި ފަހުން، ދެ ޤައުމުގެ ދެ މެދުގައި މި ފަދަ މަޝްވަރާތަކެއް ބޭއްވޭ ފުރަތަމަ ފަހަރެވެ.  

މިވަގުތު އީރާނުން އަންނަނީ ޔުރޭނިއަމްގެ 60 އިންސައްތަ އެންރިޗް ކުރަމުންނެވެ. މިއީ 2015 ވަނަ އަހަރުގެ އެއްބަސްވުމުގައި ކަނޑައެޅި މިންވަރަށް ވުރެ 3.67 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތަ އަށް ވުރެ ކުޑަ އަދަދެކެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު