Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލް

މަދަހަ މުބާރާތްތަކާއި ޤުރުއާން މުބާރާތްތައް ބާއްވަނީ އިސްލާމް ދީނަށް ލޯބި ކުރާ ޖީލެއް ބިނާ ކުރުމުގައި ސިޓީ ކައުންސިލްގެ ހިއްސާ ކަށަވަރުކުރުމަށް - އާޒިމް

23 މެއި 2025 | ހުކުރު 08:21

އާޒިމް ވަނީ މަދަހަ މުބާރާތާއި ޤުރުއާން މުބާރާތަށް ރަނގަޅު ތަރުޚީބެއް ލިބުނުކަން ފާހަގަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 މެއި 2025 | ހުކުރު 08:21
މާލޭގެ މޭޔަރ އާދަމް އާޒިމް  މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ 22.05.2025

މާލޭގެ މޭޔަރ އާދަމް އާޒިމް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ 22.05.2025

މާލެސިޓީ ކައުންސިލުން މަދަހަ މުބާރާތްތަކާއި ޤުރުއާން މުބާރާތްތައް ބާއްވަނީ އިސްލާމް ދީނަށް ލޯބި ކުރާ ޖީލެއް އުފެއްދުމުގައި މާލެ ސިޓީ ކައުންސިލްގެ ހިއްސާ ކަށަވަރު ކުރުމަށްޓަކައި ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްެޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ދީނާއި މެދު ލޯބި އުފެއްދުމަކީ މުއައްސަސާތަކުގެ މައްޗަށް އޮތް ޤައުމީ މަސްޢޫލިއްޔަތެއް ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. އިސްލާމް ދީނަށް ލޯބިކޮށް އިސްލާމް ދީނުގެ މަތިވެރި ޝިއާރު ކުރިއަރުވަން ޖެހޭ ކަމަށާއި އެއީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާ އެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނަށް ލޯބި ޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އިސްލާމް ދީނުގައި މަދަހަ އަކީ ރަސޫލާގެ ރީތި ސީލަތު ފެންނަ ކަމަކަށް ވެފައި ޅެންވެރިކަމާއި މަދަހަ މެދުވެރިކޮށް ދިވެހި ބަހުގެ ފަންނު ކުރިއެރުވުމަށް ވެސް ފުރުސަތު ލިބޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަދަހަ މުބާރާތާއި ޤުރުއާން މުބާރާތް މެދުވެރިކޮށް ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ އަގީދާ ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކީރިތި ޤުރުއާނަކީ އަޅުގަނޑުމެން އުޅޭންވީ ގޮތް ބަޔާންކޮށްދީފައިވާ ކަލާމްފުޅު. ގުރުއާނުގެ އިލްމު ފެތުރުން ވަރަށް މުހިންމު. ދީނީ އަގީދާ އަށް އޮތް ލޯބި އިތުރުކުރުމަކީ އެހާމެ މުހިންމު ކަމެއް.
މާލޭގެ މޭޔަރ އާދަމް އާޒިމް

އާޒިމް ވަނީ މަދަހަ މުބާރާތާއި ޤުރުއާން މުބާރާތަށް ރަނގަޅު ތަރުޚީބެއް ލިބުނުކަން ފާހަގަކުރައްވާފައެވެ. އަދި އެ ދެ މުބާރާތުން ވަރަށް ހުނަރުވެރި ފަރާތްތައް ފެނުނު ކަމަށާއި އެކަމާއި މެދު އުފާކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ މުބާރާތްތައް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހު ވެސް އެ މުބާރާތްތައް ބާއްވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
15 ފެބުރުއަރީ 2017

ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

15 ފެބުރުއަރީ 2017
ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް