Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރުބާރު ގޭގައި ކަތުރުފަނި އެޅުން

ދަރުބާރު ގޭގައި ކަތުރުފަނީގެ އުނދަނގޫ ބޮޑުވެ މުވައްޒަފުން ނުރައްކަލަށް، ޖަވާބުދާރީ ވާނެ މީހަކު ނެތް!

23 މެއި 2025 | ހުކުރު 07:07

ރައީސަށް ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ މުވައްޒަފުންގެ ގަޔާއި މޭޒަށް ވެސް ކަތުރުފަނި ވެއްޓޭ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 މެއި 2025 | ހުކުރު 07:07
ދަރުބާރު ގޭގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނާއި ރާއްޖެޓީވީގެ ނޫސްވެރިއަކު ސުވާލު ކުރަނީ

ދަރުބާރު ގޭގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނާއި ރާއްޖެޓީވީގެ ނޫސްވެރިއަކު ސުވާލު ކުރަނީ

ދަރުބާރުގޭގައި ކަތުރުފަނި އަޅާ ތަނުގެ އުމްރާނީ ހާލަތު ގޯހުން ގޯހަށް ދިއުމާއި މެދު ސުވާލުކުރުމުން، އެ މައުލޫމާތު ހޯދުމަށް ލިޔުމުން އެދުމަށް ރާއްޖެއެމްވީ އަށް އަންގައިފިއެވެ.

ދަރުބާރުގޭގައި ކަތުރުފަނިއަޅާ އެކަން މުވައްޒަފުންނަށް ތުރާލަކަށް ވެގެން އެކަން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ގެނެސްފައި ވަނީ މި ހަފްތާގެ ތެރޭގައެވެ. އެގޮތުން ރައީސަށް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ހުށަހެޅި ޕެޓިޝަނެއްގައި ބުނެފައި ވަނީ އެ ތަނުގެ ހާލަތު ގޯސްވެ ތަން ބޮލަށް ވެއްޓޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. ޖުމްލަ 122 މުވައްޒަފުން ސޮއިކޮށް ރައީސް އަށާއި ދައުލަތުގެ އިސްވެރިންނަށް ފޮނުވި ޕެޓިޝަނުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ރާއްޖެއެމްވީން ބުރާސްފަތި ދުވަހު މެންދުރު ދަރުބާރު ގެއަށް ގޮސް އެންމެ ފުރަތަމަ ވަންނަ ދޮރާއި ކައިރީގައި ހުރި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ކައުންޓަރގައި ތިބި މުވައްޒަފުންނާއި ސުވާލުކުރުމުން އެ މުވައްޒަފުން ބުނީ ކަތުރުފަނިއެޅުމުގެ މައްސަލަ ދިމާވެފައި ވަނީ އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި ފިނޭންސް މިނިސްޓްރީގެ މުވައްފުން މަސައްކަތް ކުރި ބައިގައި ކަމަށެވެ.

އެހެންކަމުން އެ ދެ އިދާރާ ހުރި ތަނަށް ގޮސް އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރުމަށާއި އެތަނުގެ ހާލަތު ބުނެދެވޭނެ ފަރާތަކާއި ބައްދަލުކުރުމަށް ރާއްޖެއެމްވީން ވާނީ އެދިފައެވެ. އެހެންނަމަވެސް އެތަނުގެ މުވައްޒަފުން ރާއްޖެއެމްވީ އަށް ދިން ޖަވާބަކީ އެ ވުޒާރާގެ ޕީއެސް އާއި ސުވާލުކުރުމަށް ފަހު ޖަވާބުދެއްވާނެ ކަމަށެވެ.

5 ވަރަކަށް މިނިޓް ފަހުން އެ މުވައްޒަފުން ޕީއެސް އާއި ވާހަކަ ދެއްކުމަށް ފަހު އެންގީ މުވައްޒަފުން އިދާރީ މަސައްކަތްތައް ކުރަމުންދާ ގަޑީގައި ވީޑިއޯ ނުކުރެވޭނެ ކަމަށެވެ. މުވައްޒަފުން ނުހިމެނޭހެން ތަނުގެ ހާލަތު އެނގޭ ފަދަ ވީޑިއޯ އެއް ނެގުމަށާއި މައުލޫމާތު ދެވޭނެ ބޭފުޅަކު ހުރިތޯ އަނެއްކާވެސް ރާއްޖެއެމްވީގެ ޓީމުން ވަނީ ސުވާލުކޮށްފައެވެ.

އެހެންނަމަވެސް ޕީއެސް އޮފީހުގައި ނޫޅުއްވާ ކަމަށް ފާހަގަކުރައްވެމަށް ފަހު ދެން އިތުރަށް އެތަނުގެ ސްޓާފުން ރާއްޖެއެމްވީގެ ނޫސްވެރިންނަށް ޖަވާބެއް ނުދެއްވައެވެ. އީޕީއޭ އިން މަސައްކަތް ކުރާ ތަނުގެ ބޭރުގައި ހުރި މުވައްޒަފަކާއި ސުވާލުކުރުމުން އެ މުވައްޒަފު ވަނީ ޕީއެސް ގުޅުއްވާފައިވާ ކަމަށާއި ވީޑިއޯ ކުރުމަކީ މަސްލަހަތު އޮތް ގޮތަކަށް ނުވުމުން އެ ހުއްދަ ދެވެން ނެތް ކަމަށް ޕީއެސް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ މުވައްޒަފުން އިޝާރާތްކުރި ޕީއެސް އަކީ އަޖުވަދުއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމާ އެކު މަގާމުން ވަކިކުރި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަކަށް ހުންނެވި އަޖުވަދު މުސްތަފާ އަލުން ޕީއެސްގެ މަގާމަށް އައްޔަން ކުރީ މިދިޔަ މަރޗް މަހުގެ ކުރީކޮޅެވެ.

އެ ދެ އިދާރާއިން ޖަވާބެއް ނުލިބުނު ނަމަވެސް އެ ތަނަށް ދިޔަ ރާއްޖެ އެމްވީ އަށް ކޮންސްޓްރަކްޝަން މިނިސްޓްރީ ހުރި ބައިގައި ވެސް ކަތުރުފަނިއަޅާފައިވާކަން، ފެނުނު މަންޒަރުތަކުންނާއި މުވައްޒަފުންގެ ވާހަކަތަކުން އެނގުނެވެ. ރާއްޖެއެމްވީ އިން ވާނީ އެ ތަނުގެ ހާލަތު އޮޅުން ފިލުވުމަށް ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް މީޑިއާ އަށް ޖަވާބުދެވޭ ފެންވަރުގެ ބޭފުޅަކު އަންނަ ކަމަށް ބުނުމަށް ފަހު 2 ޖެހުމުން އެ ތަން ބަންދު ކުރި އިރު ވެސް ޖަވާބުދާރީވާނެ މީހަކު އިދާރާ އިން ބޭރަކަށް ނުނިކުމެއެވެ. އެހެންކަމުން އެ ވުޒާރާގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ދަރުބާރުގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ދަރުބާރުގެއަށް ބަދަލުކުރީ މިދިޔަ ޑިސެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގައި ހާދިސާގައި ކުރިން އެ ވުޒާރާތައް ހިންގަމުންދިޔަ އިމާރާތް އެނދުމުންނެވެ.

އެ އިދާރާތަކުން މައުލޫމާތު ނުދިން ނަމަވެސް ރައީސަށް ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ މުވައްޒަފުންގެ ގަޔާއި މޭޒަށް ވެސް ކަތުރުފަނި ވެއްޓޭ ކަމަށެވެ. އަދި ރާއްޖެ އެމްވީ އާއި ވާހަކަދެއްކި މުވައްފުން ވަނީ ކަތުރުފަނި ގިނަވެ އެތަނުގެ ސާފުތާހިރުކަން އެއްކޮށް ގެއްލިފައިވާ ކަމަށް ބުނެފައެވެ. އަދި އުޅެން އުނދަނގޫވުމުގެ އިތުރުން ކާބޯތަކެތި ގެންގުޅޭ އިރު އެއަށް ވެސް ކަތުރުފަނި ވެއްޓިފައި ހުންނަ ކަމަށް އެ މުވައްޒަފުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ

03 އެޕްރީލު 2017
ށ. ނަރުދޫ އިންޖީނު ގޭގައި ރޯވެއްޖެ
01 އެޕްރީލު 2017

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

01 އެޕްރީލު 2017
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
26 މާރިޗު 2017

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

26 މާރިޗު 2017
މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން
24 މާރިޗު 2017

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

24 މާރިޗު 2017
ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
05 މާރިޗު 2017

ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

05 މާރިޗު 2017
ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް