Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއެލް ފެރީގެ ޚިދުމަތް

މި ސަރުކާރުގެ ކަންނެތްކަމުން އާރްޓީއެލް ފެރީގެ ޚިދުމަތް ރަނގަޅަށް މެއިންޓެއިން ނުކުރެވޭނެ: މޭޔަރު އާޒިމް

22 މެއި 2025 | ބުރާސްފަތި 09:10

އާރްޓީއެލް ފެރީގެ ޚިދުމަތަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވަރަށް ބޭނުންވާ ޚިދުމަތެއް

އަމްނާ އިމާދު
އަމްނާ އިމާދު | 22 މެއި 2025 | ބުރާސްފަތި 09:10
ޓީވީޓޯކް ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

ޓީވީޓޯކް ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ

މި ސަރުކާރުގެ ކަންނެތްކަމުން އާރްޓީއެލް ފެރީގެ ޚިދުމަތް ރަނގަޅަށް ގާއިމްނުކުރެވޭނެ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މޭޔަރު އާޒިމް ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވަރަށް ބޭނުންވާ ޚިދުމަތެއް ކަމަށާއި، މި ޚިދުމަތް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގާއިމް ކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ކުރީ ސަރުކާރުގައި މި ޚިދުމަތް ގާއިމްކޮށްފައިވަނީ ހަމައެކަނި ލޯންޗު ބަދެގެން ނޫންކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ ލޯންޗުތައް ޑިޒައިން ކުރުމުގެ އިތުރުން މުޅި ރާއްޖެ ސޮފްޓްވެއަރ އަކުން ގުޅާލާފައިވާ ކަމަށެވެ. މި ޚިދުމަތުގެ ފައުންޑޭޝަން އަޅާ ނިންމާފައިވަނީ ހަ މަސް ދުވަސް ތެރޭގައި ކަމަށާއި، ރައްޔިތުން އާރްޓީއެލް ފެރީގެ ޚިދުމަތް ބަލައިގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރު އާޒިމް ވިދާޅުވީ ރަނގަޅަށް ޚިދުމަތް ނުދެވުމުން ކުރީ ސަރުކާރު ކުށްވެރި ކުރި ނަމަވެސް މި ޚިދުމަތް މެއިންޓެއިން ކުރުމަކީ މިސަރުކާރުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މެއިންޓެއިން ކުރުމަކީ ބޮޑު މަސައްކަތެއް ކަމަށާއި، މިމަސައްކަތް ކުރެވޭނީ ވަރަށް މުރާލި ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަންނެތް ސަރުކާރަކަށް މި ޚިދުމަތް ފުޅާކޮށް، މެއިންޓެއިން ނުކުރެވޭނެ ކަމަށެވެ.

މިހާރު އެވެގެން އުޅޭގޮތަކީ އެބޭފުޅުންނަށް އޭތި މެއިންޓެއިންއެއް ނުކުރެވޭ. މިހާރު މެއިންޓެއިން ކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް. ވަރަށް މުރާލި މީހުންނަށް ވާ ކަމެއް. އެބޭފުޅުންގެ ކަންނެތްކަންމަތީގައި މިކަމެއް ނުވާނެ. އެހެންވީމަ ކަންނެއް މީހުންނަށްވާނެ ކަމެއް ނޫން މިއީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި މީހުންނަށް ހަމަ އޮންނާނީ އަބަދުވެސް ކުރީ ސަރުކާރޭ ކިޔާފައި ވާހަކަ ދެއްކުން އެމީހުންނަށް އެނޫން ކަމެއް ނޫނީ ނުކުރެވޭނެ. ގާބުރިވެސް ނުބޭއްވޭ މި ބުނަނީތާ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

މޭޔަރު އާޒިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އާރްޓީއެލް ފެރީގެ ޕްރޮޖެކްޓް އެންމެ ލަސްވެގެން 2025 ވަނަ އަހަރު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުން މި ޕްރޮޖެކްޓް ނިންމުމަށް ކަނޑައަޅާފައިވަނީ 2028 ނުވަތަ 2029 ކަމަށެވެ.

އާރްޓީއެލް ޚިދުމަތް ފުޅާކުރުމަށް އިންޑިއާއިން ރާއްޖެ އަށް 100 މިލިއަން ރުފިޔާގެ އެހީގައި މިއަށްވުރެ އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މީގެ ކުރީގެ ސަރުކާރުގައި ވަރަށް ރަނގަޅަށް ދެމުންއައި އާރްޓީއެލް ފެރީގެ ޚިދުމަތަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބައެއް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. ދަތުރު ކަނޑައަޅާ ޝެޑިއުލްއާ އެއްގޮތަށް ދަތުރުނުކުރާ ކަމުގެ ޝަކުވާއާއި، ހުކުރު ދުވަހު ދަތުރުތައް މެދުކަނޑާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އާއްމު ރައްޔިތުން ކޮށްފައިވެއެވެ. އަދި ހުކުރު ދުވަހު ދަތުރުތައް ނެތުމަކީ ހަފްތާ ބަންދުގައި ރަށްރަށަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމީހުން ބުނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް