Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

ޣައްޒާގެ ޙާލަތާ މެދު މެކްރޮން ކަންބޮޑުވުން ފާޅު ކުރައްވައިފި

މެކްރޮން ވިދާޅުވީ ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، މިހާތަނަށް ދުވަހަކު ވެސް ނުދެކޭ ފަދަ އިންސާތީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2025 | ހޮނިހިރު 08:02
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

 އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، މިހާރު ޣައްޒާ އަށް ކުރިމަތިވެފައިވާ ޙާލަތާމެދު ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. 

އަލްބޭނިއާގައި ކުރިއަށް ދިޔަ ޔޫރަޕިއަން ލީޑަރުންގެ ބައްދަލުވުމުގައި މެކްރޮން ވިދާޅުވީ، ޣައްޒާ އަށް މިހާރު ކުރިމަތިވެފައިވާ އިންސާނީ ޙާލަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، އެ ޙާލަތަކީ ޤަބޫލު ކުރެވޭނެ ޙާލަތެއް ނޫން ކަމަށެވެ.

މެކްރޮން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަޝްވަރާ ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި އަހަރުގެ މާޗު މަހު އަލުން ޣައްޒާ އަށް ހަމަލާ ދޭން އިސްރާއީލް އިން ވަނީ ފަށައިފަ އެވެ. އަދި ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމަށް ވެސް އިސްރާއީލް އިން ވަނީ ހުރަސް އަޅައިފަ އެވެ. އެކަމުގެ ސަބަބުން ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ވެސް ވަނީ އިދާރާ ތަކުން ދީފަ އެވެ. 

މެކްރޮން ވިދާޅުވީ ޣައްޒާގެ އިންސާނީ ޙާލަތު ވަރަށް ބޮޑަށް ގޮސްވެފައިވާ ކަމަށެވެ. މެކްރޮން ވިދާޅުވީ ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، މިހާތަނަށް ދުވަހަކު ވެސް ނުދެކޭ ފަދަ އިންސާތީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށެވެ. 

އިތުރަށް މެކްރޮން ވިދާޅުވީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުވައި، ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަކީ މިވަގުތު އެންމެ އިސްކަން ދޭން ޖެހޭ ކަންތައް ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމަށް އިސްރާއީލް އިން ކުރަމުން އަންނަ ދަތިތަކުގެ ތެރެއިން، ޣައްޒާ އަށް ބޭނުންވާ ސާފު ބޯ ފެނާއި، ކާބޯ ތަކެއްޗާއި، ބޭސް ފަރުވާ އަށް ބޭނުންވާ އެހީ ވެއްދުމަށް އެ ޤައުމުން އަންނަނީ ހުރަސް އަޅަމުންނެވެ. 

މެކްރޮން ފާހަގަ ކުރެއްވި ގޮތުގައި އޭނާ ވަނީ އެކަމުގެ ކަންބޮޑުވުން އެމެރިކާގެ ރައީސް ޓްރަމްޕާ ހިއްސާ ކުރައްވާފައި އެވެ. އަދި އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫއާ މަޝްވަރާ ކުރުމުގެ ފުރުސަތެއްގެ އިންތިޒާރުގައި ހުންނެވި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

14 މެއި 2017
ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި
14 މެއި 2017

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު