Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހީލަތްތެރި ރޭވުމާއި އެކު ހުރިހާ ބާރެއްވެސް ތިއަލެއްވީ އަމިއްލަ މުށުތެރެއަށެވެ.

ފަނޑިޔާރުގެ މިހާރު އޮތީ ރައީސް މުއިއްޒުގެ މުށުތެރެއަށް ލާފައި ކަމަށް ގަބޫލުނުކުރާ ގާނޫނީ ފަންނުވެރިއެއް، ނޫސްވެރިއެއް، ރައްޔިތެއް ހުދު ޕީއެންސީގެ ސަޕޯޓަރެއް ވެސް މި ގައުމުގައި މިހާރު ނެތް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 17 މެއި 2025 | ހޮނިހިރު 05:35
ތިން ބާރު އޮތީ ސަރުކާރުގެ ބޮޑު މުށުތެރޭ ފިތި ބާރުވެފައި

ތިން ބާރު އޮތީ ސަރުކާރުގެ ބޮޑު މުށުތެރޭ ފިތި ބާރުވެފައި

"އަޅުގަނޑު ނުފޯރުވަމޭ ޖުޑީޝަރީއަކަށް ނުފޫޒެއް. ދުވަހަކު ވެސް. ޖޭއެސްސީ އަކީ އަޅުގަނޑު ކޮންޓްރޯލު ކުރާ ތަނެއް ނޫން. ޖުޑިޝަރީ އަކީ އަޅުގަނޑުގެ ކޮންޓްރޯލުގައި ހިންގާނެ ތަނެއް ނޫން"

މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު "ރިކޯޑް" ހެއްދެވި ކަމަށް ބުނާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވި ބަސްފުޅެވެ.

ވެރިކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހައްދަވާފައި ވަނީ ބޮޑު ދޮގެއް ކަމަށް މިއަދު ދިވެހި ރައްޔިތުން ގަބޫލުކުރެއެވެ.

ފަނޑިޔާރުގެ މިހާރު އޮތީ އެ މަނިކުފާނުގެ މުށުތެރެއަށް ލާފައި ކަމަށް ގަބޫލުނުކުރާ ގާނޫނީ ފަންނުވެރިއެއް، ނޫސްވެރިއެއް، ރައްޔިތެއް ހުދު ޕީއެންސީގެ ސަޕޯޓަރެއް ވެސް މި ގައުމުގައި މިހާރު ނެތެވެ.

ނަމަވެސް މިދެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާފުކޮށް ރައްޔިތުންނަށް އޮޅުވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޖުޑީޝަރީގެ ތެރެއިން ހިނގާ ކަންކަމަށް ޖުޑީޝަރީން ޖަވާބު ދެއްވާނެ ކަމަށާއި ޖުޑީޝަރީގެ ތެރެއިން ހިނގާ ކަންކަމަށް އެމަނިކުފާނު ޒިންމާ ނަގަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޖުޑީޝަރީގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

މިހުރިހާ ވާހަކައެއް ޖުޑީޝަރީ ގުޅުވާ ދެއްކެވުމަށްފަހު ރައީސް ދެން ވިދާޅުވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް އަށް އަދި އެތަނުގައި ތިއްބަވާ ބޭފުޅުންނަށް އެމަނިކުފާނު ގުޅުއްވާ ކަމަށާއި އެގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ހިނގާ ނުހިގާ ގޮތް ފޯނުން ގުޅުއްވައިގެން އެމަނިކުފާނު ތަކުރާރުކޮށް ބެއްލެވި ކަމަށެވެ. މިއީ ޖުޑިޝަރީ އާއި ގުޅުވައި ރައީސް ހެއްދެވީ އިތުރުފުޅެއްކަން ހާމަވާ ހިސާބެވެ.

މަނިކުފާނު އެވެ. ޖޭއެސްސީ އަކީ ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ތަނަށް ވެފައި ޖޭއެސްސީ އަށް މަނިކުފާނު ގުލުއްވާ ހެއްދެވުން އެއީ މަނިކުފާނަށް މައްސަލައަކަށް ނުވިޔަސް އެއީ މަނިކުފާނު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ކަމަށް އަމިއްލަ އިއުތިރާފުން ތިވަނީ ރައްޔިތުންނަށް ސާބިތުކޮށްދެއްވާފަ އެވެ. މަނިކުފާނަކީ މިހާތަނަށް ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖޭއެސްސީ އަށް ގުޅުއްވާ ކަމަށް އަމިއްލައަށް އިއުތިރާފްވި ފުރަތަމަ ރައީސް އެވެ.

މަނިކުފާނު ޖުޑިޝަރީއަށް އަތްބާނައި، ނުފޫޒު ފޯރުވާފައިވާކަން މުޅި ގައުމުގެ ރައްޔިތުންނަށް މިއަދު އެނގި ސާފުވެއްޖެއެވެ.

މި ގައުމުގައި ތިން ބާރު އޮތީ ނަމެއްގައެވެ. ރައްޔިތުންގެ މަޖިލީހޭ ކިޔަކަސް މަޖިލީސް އެ އޮތީ ސަރުކާރުގެ މުށުތެރޭ ފިތި ބާރުވެފައިކަން ރައްޔިތުން ދަނެއެވެ. ފަނޑިޔާރުގެއަށް ކަންތައްވަމުން އެދާ ގޮތް އެންމެންގެ ލޯކުރިމައްޗަށް އެބަ ފެނެއެވެ. އެއީ ފަހަރެއްގައިވެސް އިއްތިފާގެއް ނޫނެވެ. އެއީ ކަނޑައެޅިގެން ބާރުތައް މުށުތެރެއަށް ލެއްވުމެވެ.

ހަގީގަތުގައިވެސް ތިން ބާރުގެ މިނިވަންކަން މިހާރު މި ގައުމަކު ނެތެވެ. އެކަން މިއަދު ވަރަށް ސާފެވެ.

މަޖިލީހުގައި އެ ތިއްބެވި ސަރުކާރަށް ނިސްބަތްވާ މެންބަރުން މިއަދު އެތިބީ ފައިސާގެ ނުފޫޒާއި ބާރުވެރިކަމުގެ ގަދަ މަޖުބޫރުގައި ބަނދެވިގެންނެވެ. އެ މެމްބަރުން އަމިއްލަ އަތްޕުޅުން ގެންނެވި އިސްލާހެއްގެ ބާރުގައި އެ ތިއްބެވީ ބަރުބޮޑު ސަރުކާރުގެ ދަށުވެފައެވެ.

ޖަވާބުދާރީކުރުވުމާއި ޒިންމާދާރުކުރުވުމުން އެއްކިބާވެ، ސަރުކާރުގެ 'ރަބަރ ސްޓޭމްޕް' ޖަހާ ތަނަކަށް މަޖިލިސް އެއޮތީ ބަދަލުވެފައެވެ.

މަޖިލީހުން ބުދަ ދުވަހު ފަނޑިޔާރުކަމުން މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު އަނިޔާވެރި ގޮތަކަށް ވަކިކޮށް، އެއްލައިލިއިރު އެ ބޭފުޅުން ކުރެއްވި ކުށަކީ ކޮބައިކަމެއް އަދިވެސް ނޭނގެއެވެ. ސަރުކާރަކަށް އެ ފަނޑިޔާރުން ކުރި ކުށެއް ވެސް ބުނެ ނުދެވެއެވެ.

އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން ދަށު ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާއިރު، އެއީ ކުރެވޭނެ ކަމެއް ނޫންކަން ސާފުކޮށް އެނގެއެވެ. ދަށު ކޯޓުގެ ފަނޑިޔާރަކަށް މަހާޒް ގުޅުއްވި ކަމަށް ބުނާ ގަޑިއަކީ އިސްމާއިލް ލަތީފް ދޫކޮށްލުމުގެ ފަހެވެ. އެ މައްސަލަ އޭރު އޮތީ ނިމިފައެވެ. އެކަން ނޭންގޭ ކުޑަކުއްޖަކުވެސް ނެތެވެ.

އެކަން އެނގިހުރެވެސް އަޒްމިރާލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކޮށް އެއްލާލީއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ހިންގަވަނީ ސިޔާސީ ބޭފުޅަކު އަލަށް ހިންގަވާ މަގަކުން ނޫނެވެ. ސިޔާސީ އިލްމުވެރިން އެތައް ދިރާސާއެއް ކުރައްވާފައިވާ މަގެކެވެ. ބާރުގަދަ ވެރިން ބާރުގެ ދަހިވެތިކަމުގައި ހިންގެވިކަން ތާރީޚުން ހެކިދޭ މަގެކެވެ.

މަޖިލީސް އެ އޮތީ ރައީސް އަތްޕުޅުގައެވެ. ފަނޑިޔާރުގެ ވެސް އެންމެ ފަހުން އެ ލެއްވީ މުށު ތެރެއަށެވެ. ގާނޫނުއަސާސީގެ އެންމެ ބޮޑު އެއް އަސާސް މުގުރާލުމަށް ފަހުގައެވެ. މިހާރު ފެންނަނީ ވަކިވެފައި އޮތް ތިން ބާރުގެ ބަދަލުގައި ބޮޑު އެއް ބާރު ހެއްދެވުމުގެ މަގުމަތީ އުޅުއްވާ ތަނެވެ.

ޑިމޮކްރަސީއަށް އެންމެ ބޮޑު ގޮންޖެހުމަކީ ވެރިން ބާރުތައް ޖަމާކުރައްވަން ކުރައްވާ މަސައްކަތް ކަމަށް ސިޔާސީ މުފައްކިރުން ވިދާޅުވެއެވެ.

ސިޔާސީ ވެރިން ބާރުތައް މުށުތެރެއަށް ލައްވަނީ އަމިއްލަ އެދުމާއި ބާރުވެރިކަމުގެ ދިފާއުގައެވެ. ރައީސް މުއިއްޒު އެ ހިންގަވަނީ އެ މަގުންނެވެ. ހުރިހާ ބާރެއް އެ ލައްވަނީ އަމިއްލަ މުށުތެރެއަށެވެ.

ހަގީގަތުގައިވެސް އެފަދައިން ބާރުތައް ޖަމާކުރުމަކީ ވެރިކަމެއް ވަރުގަދަވުން ކަމަށް ދެކެވުނު ނަމަވެސް އެއީ ވެރިކަމެއް ނިމުމުގެ ފެށުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

20 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު