Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔުކްރެއިން-ތުރުކީ-އެމެރިކާ އިސްތަންބޫލުގައި ބައްދަލު ކޮށްފި

ތުރުކީ ގައި ފުރަތަމަ ފަހަރަށް ޔޫކްރެއިން އާއި ރަޝިޔާ އިން ބާއްވާ ސީދާ ބައްދަލުވުމުން ހަނގުރާމަ ހުއްޓާލުމަށް ކަމެއް ނިންމިދާނެ ކަމަކަށް ނުބެލެވޭ.

ރާއްޖެ އެމްވީ | 16 މެއި 2025 | ހުކުރު 10:37
ރަޝިޔާ  އާއި ޔޫކްރެއިންގެ ސީދާ ވާހަކަތަކުގެ ކުރިން އެމެރިކާ އިން ތުރުކީ އާއި ޔޫކްރެއިން އާ އެކު މަޝްވަރާތައް ބޭއްވި ތުރުކީގެ ރިޔާސީ އޮފީހުގެ ދޮރުމަތީގައި ސަލާމަތީ ފަރާތްތަކުން ހަރަކާތްތެރިވަނީ -16 މެއި 2025

ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ތިން އަހަރު ފަހުން ބޭއްވޭ ފުރަތަމަ ސީދާ މަޝްވަރާތަކުގެ ކުރިން، ހުކުރު ދުވަހު ތުރުކީ އާއި ޔޫކްރެއިންގެ މަންދޫބުންނާ އެކު އިސްތަންބޫލުގައި އެއް ގަޑިއިރުގެ ބައްދަލުވުމެއް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ބާއްވަވައިފިއެވެ.

އިސްތަންބޫލްގެ ރިޔާސީ ރަސްމީ ގަނޑުވަރުގައި ބޭއްވުނު މި މަޝްވަރާތަކުގައި ތުރުކީގެ ފޮރިން މިނިސްޓަރ ހަކަން ފިދާން އާއި ޔޫކްރެއިންގެ ފޮރިން މިނިސްޓަރ އަންދްރީ ސައިބިގާ އަދި އެ ތިން ޤައުމުގެ އެހެނިހެން އިސް ފެންވަރުގެ އޮފިޝަލުން ބައިވެރިވެ ވަޑައިގަތެވެ.

ރަޝިޔާ އާއި ޔޫކްރެއިން އިން ތިން އަހަރު ފަހުން ފުރަތަމަ ސީދާ ސުލްހަ މަޝްވަރާތައް ބާއްވާނެ ކަމަށް އެ ދެ ޤައުމުން ބުނެފައިވީ ނަމަވެސް ތުރުކީގައި ބޭއްވޭ މި ބައްދަލުވުމުން ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދު ކުޑަކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިޔާ، ޔޫކްރެއިން އަދި އެމެރިކާގެ އޮފިޝަލުން މި މަޝްވަރާތަކަށް ހުކުރު ދުވަހުގެ ހެނދުނު އިސްތަންބޫލަށް ވަނީ ވަޑައިގެންފައެވެ. މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާ އިން އެ ގައުމުގެ އަވައްޓެރި ޔޫކްރެއިން އަށް ހަމަލާދިން ފަހުން ބޭއްވޭ ފުރަތަމަ މަޝްވަރާތަކެވެ.

ނަމަވެސް، ތުރުކީގެ އޮފިޝަލުންވެސް ބައިވެރިވާ މި މަޝްވަރާތަކުން ހަނގުރާމަ ހުއްޓާލުމަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދު ކުޑައެވެ. ބައްދަލުވުމާ މެދު ކުރެވުނު އުއްމީދު ކުޑަވީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން، ޔުކްރެއިންގެ ރައީސް ވޮލޮޑިމީރ ޒެލެންސްކީ ތުރުކީގައި ދެ ބޭފުޅުން ބައްދަލުކުރުމަށް ހުށަހެޅި ހުށަހެޅުން ޕުޓިން ބަލައިނުގަތުމުގެ ސަބަބުންނެވެ.

ޒެލެންސްކީ ވިދާޅުވީ އޭނާގެ ޑިފެންސް މިނިސްޓަރުގެ އިސްވެ ހުންނަވާ ގޮތައް ޓީމެއް މި މަޝްވަރާތަކަށް އިސްތަންބޫލަށް ފޮނުއްވާ ކަމަށެވެ. އެހެންނަމަވެސް، ރަޝިޔާގެ ވަފުދުގައި "އެއްވެސް ނިންމުމެއް ނިންމާނެ މީހަކު ނުހިމެނޭ" ކަމަށް ވިދާޅުވެ، މޮސްކޯއިން ހަނގުރާމަ ނިންމުމަށް މަސައްކަތް ނުކުރާ ކަމަށް ޒެލެންސްކީ ތުހުމަތު ކުރެއްވިއެވެ.

ޕުޓިން ވަޑައިނުގަތުމުން، އެމެރިކާ އިންނާއި ހުޅަނގު ޔޫރަޕްގެ ލީޑަރުން ފާއިތުވި މަސްތަކުގައި ކުރި މަސައްކަތުން ހަނގުރާމަ ހުއްޓުވުމަށް ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދުތައް ފަނޑުވެފައެވެ. އަދި މީގެ ސަބަބުން ޔޫކްރެއިންގެ ބައެއް އެކުވެރިން ރަޝިޔާގެ މައްޗަށް އިތުރު ފިޔަވަޅުތައް އަޅަފާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.

ޔޫކްރެއިންގެ ވަފުދުގެ އިސްކޮށް ހުންނަވާނީ ޑިފެންސް މިނިސްޓަރ ރުސްތަމް އުމެރޮވް ކަމަށާއި، މަޤްޞަދަކީ "މަދުވެގެން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފުރަތަމަ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރުން؛" ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ މަޝްވަރާތަކަށް އޭނާ ފޮނުއްވާ ވަފުދަށްވެސް އެއްވެސް ކަމެއް ނިންމުމުގެ އިޚްތިޔާރު ނޯންނާނެ ކަމަށާއި، އެހެން ކަމުން ކުރެވޭނީ ފަންނީ މަޝްވަރާތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރަޝިޔާގެ ޓީމުގެ އިސްކޮށް ހުންނަވާނީ ރައީސްގެ މުޝީރު ވްލަޑިމިއަރ މެދިންސްކީ އެވެ. އޭނާއަކީ ކުރީގެ ކަލްޗަރ މިނިސްޓަރެވެ. އޭނާ ވިދާޅުވީ ކީވް އާއެކު ކުރެވޭ މަޝްވަރާތަކަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، 2022 ގައި ކުރެވުނު ނާކާމިޔާބު މަޝްވަރާތައް ކުރިއަށް ގެންދިއުން ފަދަ ކަމެއް" ކަމަށެވެ.

މެދިންސްކީ ޓެލެގްރާމްގައި ވިދާޅުވީ އޭނާގެ ޓީމުން ބުރާސްފަތި ދުވަހުގެ ރޭ ތުރުކީގެ ފޮރިން މިނިސްޓަރ ހަކަން ފިދާންއާއެކު "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ހުކުރު ދުވަހު ހެނދުނު ޔޫކްރެއިންގެ މަންދޫބުން އިސްތަންބޫލްގައި މަޝްވަރާތަކަށް ހާޒިރުވާނެ ކަމަށް އޭނާ އުންމީދުކުރައްވާ ކަމަށެވެ.

ޕުޓިންއާއި ޒެލެންސްކީ އިސްތަންބޫލްގައި ސީދާ ބައްދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ބާރުއަޅުއްވާފައެވެ. ޕުޓިން މަޝްވަރާ ތަކަށް ވަޑައި ނުގަތުމުން ޓްރަމްޕްވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

މެދުއިރުމަތީގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލް ކަމުގައިވާ ޔޫއޭއީ އަށް އެއަރ ފޯސް ވަންގައި ދަތުރު ކުރައްވަމުން ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި އޭނާ އާ ބައްދަލުވުމެއް ނުބޭއްވޭހާ ހިނދަކު "އެއްވެސް ކަމެއް ނުހިނގާނެ،" ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ބުނީ ޔުކްރެއިން އިން "އެތައް ހާސް ފަހަރު" އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް

ރަޝިޔާ އިން ބުނީ ޔުކްރެއިން އިން "އެތައް ހާސް ފަހަރު" އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް

21 އެޕްރީލު 2025
ޒެލެންސްކީ ވިދާޅުވީ، ހަކަތައިގެ ނިޒާމަށް ދޭ ހަމަލާތައް އަވަހަށް ހުއްޓޭނެ ކަމުގެ އުންމީދު އޮތް ކަމަށް

ޒެލެންސްކީ ވިދާޅުވީ، ހަކަތައިގެ ނިޒާމަށް ދޭ ހަމަލާތައް އަވަހަށް ހުއްޓޭނެ ކަމުގެ އުންމީދު އޮތް ކަމަށް

20 މާރިޗު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމަށް ރަޝިޔާއާ އެކު ބާއްވާ ބައްދަލުވުން ހޯމަ ދުވަހު ސައުދީގައި 

ޔުކްރެއިން ހަނގުރާމަ ނިންމުމަށް ރަޝިޔާއާ އެކު ބާއްވާ ބައްދަލުވުން ހޯމަ ދުވަހު ސައުދީގައި 

20 މާރިޗު 2025
ޔުކްރެއިން އަަށް އެހީތެރިވާ ޤައުމުތަކުގެ އަސްކަރީ އިސްވެރިންގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު 

ޔުކްރެއިން އަަށް އެހީތެރިވާ ޤައުމުތަކުގެ އަސްކަރީ އިސްވެރިންގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު 

20 މާރިޗު 2025
އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ، ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ މަޝްވަރާ ކޮށްފި 

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ، ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ މަޝްވަރާ ކޮށްފި 

19 މާރިޗު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު