Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ. އަތޮޅު ދެކުނުބިތު އެއަރޕޯޓު

ރ. އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓު އަޅާނެ ރަށެއް ނިންމަން ރައްޔިތުންގެ ވޯޓެއް ނަގަން އެއަތޮޅު ކައުންސިލުން ނިންމައިފި

އެއަރޕޯޓު އަޅާނެ ރަށެއް އަތޮޅުގެ ރައްޔިތުން ނިންމުމަށް ވޯޓުލާން ނިންމާފައިވީނަމަވެސް ވޯޓު ނަގާނެ ތާރީހެއް އަދި ނުނިންމަ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 16 މެއި 2025 | ހުކުރު 13:33
ރ. އަތޮޅު ކައުންސިލް

ރ. އަތޮޅު ކައުންސިލް

ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއަރޕޯޓު ފައިނުގައި އަޅަން ނިންމާފައިވަނިކޮށް، އެއާޕޯޓު އަޅާނެ ރަށެއް ކަނޑައެޅުމަށް ރ. އަތޮޅުގެ ހުރިހާ ރައްޔިތުންގެ ވޯޓެއް ނަގަން އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

މިދިޔަ ސަރުކާރުގެ ތެރޭގައި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބޮޑުވުމުން ނާޅަން ނިންމި ރ. ފައިނު އެއަރޕޯޓު އަޅަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުވީ ރިޔާސީ ކެމްޕޭނުގައި ރ. އިނގުރައިދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އޭގެ ފަހުން އެރަށަށް ވަޑައިގެން ރައީސް މުއިއްޒުވަނީ ދެން ފައިނަށް ވަޑައިގަންނަވާނީ އެއާޕޯޓު މަސައްކަތް ނިންމާފައި ކަމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ. ވީއިރު ރައީސް ގެ މިނިންމުން ބަދަލުކުރަން ޖެހިދާނެބާ؟

Advertisement - newsAdvertisement

ފައިނުގައި އަޅާ އެއަރޕޯޓުގެ މަސައްކަތުގެ ސާވޭތަށްވެސް ފަށާފައިވަނިކޮށް އެއަތޮޅު ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގައެވެ. ވޯޓަަކަށް ދިއުމަށް ހުށަހަޅުއްވާފައިވަނީ ކިނޮޅަސް ކައުންސިލްގެ ރައީސް އަޙްމަދު ހުސައިންއެވެ. އަޙްމަދު ހުސައިން ހުށަހަޅުއްވާފައިވަނީ އެއަރޕޯޓު އަޅާނެ ރަށެއް އަތޮޅުގެ ރައްޔިތުން ނިންމުން މުހިންމު ކަމަށާއި އެހެންކަމުން މުޅި އަތޮޅު ހުރިހާ ރައްޔިތުން ހިމެނޭހެން ފިޒިކަލް ވޯޓެއް ނެގުމަށެވެ.

އެގޮތުން މާލޭގައި 1 ފޮށި އަދި އަތޮޅުގެ ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓައިގެން އެއްދުވަހެއްގައި ހުރިހާ ރަށެއްގައި ވޯޓެއް ނުގުމަށް އަޙްމަދު ހުސައިން ވަނީ ހުށަހަޅާފައެވެ. އަޙްމަދު ޙުސައިންގެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފްގެ އިތުރުން މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފެވެ. ޖަލްސާގައި 13 މެންބަރުން ބައިވެރިވެފައިވާއިރު މިގޮަށް ފަސްކުރަން ވޯޓު ދީފައިވަނީ 9 މެންބަރުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފައިނު އެއާޕޯޓު އެޅުމަށް ނިންމާ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ހެދި އެވެ. އެ ރިޕޯޓުން ދެއްކި ގޮތުން ފައިނުގައި އެއާޕޯޓު އެޅުމަށް 5،792 ގަސް ކަނޑަން ޖެހެ އެވެ. މިހާ ބޮޑު ސަރަހައްދަކުން ގަސް ކަނޑާ، އުފުރާ ހުސް ކުރުމުން މިހިސާބުގެ ވެއްޔާއި، ފެންފަށަލައާއި ރަށުގެ ފިނިހޫނު މިނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭރު އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ އެ އީއައިއޭ ފުރިހަމަ ނޫން ކަމަށެވެ. އެހެންކަމުން ކަނޑަން ޖެހޭ ގަހުގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް އެ ރިޕޯޓުގައިވެއެވެ.

އޭރުގެ ރިޕޯޓުން ދައްކާ ގޮތުން ފައިނުގައި އެއާޕޯޓު އަޅާނަމަ އެ ރަށުގައި ހުރި 20 މީޓަރުގެ ބޮޑު 20 ނިކަ ގަހާއި 29 މީޓަރުގެ ފުނަ ގަހެއްވެސް ކަނޑަން ޖެހެ އެވެ. މިކަންކަމާ ދެކޮޅަށް 'ސޭވް ފައިނު' ގެ ނަމުގައި އޭރު ހަރަކާތެއް ހިންގާ ރައްޔިތުން އަޑުވެސް އުފުލި އެވެ. އެއަށްފަހު އެރަށުގައި އެއާޕޯޓު ނޭޅުމަށް ނިންމީ 16 އޭޕްރިލް 2019 ގައެވެ. ސަބަބެއް ކަމުގައި ބުނީ ތިމާވެއްޓަށް ލިބޭނެ ކަމަށް ފެންނަ ގެއްލުމެވެ.

މީގެ އިތުރުން ކުރީ ސަރުކާރުގައި ރ. އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓެއް އެޅުމަށް ނިންމުމުން އެއަތޮޅު ރަސްމާދޫ، އިނގުރައިދޫ، ފައިނު، ކިނޮޅަސް އަދި މީދޫގެ ކައުންސިލަރުންގެ އިތުރުން އެރަށްރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން ހިމެނޭހެން ސައިކޮށް އޭރުގެ ރައީސް އިބްރަހިމް މުޙައްމަދު ސޯލިހް އަށްވަނީ ޕެޓީޝަނެއް ހުށަހަޅާފައެވެ. އެޕެޓިޝަނުގައިވާގޮތުން އަތޮޅުގެ ހުރިހާ ރަށަކުންވެސް އެދެމުންދަނީ، ރ. އަތޮޅުގެ ދެކުނުބިތުގެ ގިނަ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށްވާ ރ. ބެރިޔަންފަރުގައި އިންޓާނޭޝަނަލް އެއާޕޯޓެއް އަޅުއްވާދެއްވުމަށެވެ. ޖުމުލަ 60 މެންބަރުންގެ ސޮއިއާއެކު އެޕެޓިޝަން ހުށަހަޅާފައިވެއެވެ. އަދި އެޕެޓިޝަން ގަބޫލުފުޅުކުރަށްވާ 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ސ. ގަން އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއަރޕޯޓު އަޅާނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށެވެ.

ފައިނުގައި އަޅަން ނިންމާފައިވާ އެއާޕޯޓު ރ. ބެރިޔަންފަރުގައި އެޅުމަށް މީހަކު ކުރަހާފައިވާ ކުރެހުމެއް
ފައިނުގައި އަޅަން ނިންމާފައިވާ އެއާޕޯޓު ރ. ބެރިޔަންފަރުގައި އެޅުމަށް މީހަކު ކުރަހާފައިވާ ކުރެހުމެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައިނު ގައި އެއާޕޯޓުގައި އެއާޕޯޓުއަޅަން ވައުދުވެ ސާވޭގެ މަސައްކަތްތަށް ފަށާފައިވާއިރު އެއާޕޯޓު އަޅަން ޕްލޭނިން މިނިސްޓްރީން ހެދި ކޮންސެޕްޓްގައި ވާގޮތުން މީހުން ދިރިއުޅެން ދޫކޮށްފައިވާ 21 ގޯއްޗެއް އެއާޕޯޓަށް އަރާ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ. އަދި އެ ކޮންސެޕްޓްގައިވާ ގޮތުން ރަށުގެ އިރުމަތީ ފަރާތުން ނަގަންޖެހޭ ގެވަޅުތައް ރަށުގެ ހުޅަނގު ފަޅިން ގޯތި ދޫކުރަން ހުރި ބިންތަކަށް ބަދަލުކުރަންޖެހޭކަން އެރަށު ކައުންސިލުން ވިދާޅުވެއެވެ. ހުޅަނގު ފަރާތުން އާރްއޯ ޕްލާންޓާއި ލޭންޑް ޔޫސް ޕްލޭންގައިވާ މިސްކިތާއި އަދި އިރުމަތީ ފަޅިން ނަގަންޖެހޭ ބިންތަކަށް ޖާގަ ދިނުމުން މިހާރު ގޯތި ދޫކުރަން ހުރި ބިންތަކުން ގޯތި ދޫކުރަން ދަތިވާނެ ކަމަށްވެސް އެކައުންސިލުން ބުނެއެވެ.

ފައިނު އެއާޕޯޓް ކޮންސެޕްޓް
ފައިނު އެއާޕޯޓް ކޮންސެޕްޓް

އެ ރަށުގައި އެއާޕޯޓު ތަރައްގީކުރަން ރަށުގެ އިހުތިސާސުން ވަކިކުރާ ބިމަށް މިހާރު މީހުން ދިރިއުޅެން ދޫކޮށްފައިވާ 21 ގޯއްޗެއް އަރާތީ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. އެ ގޯތިތަކުގެ ތެރޭގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާ ގެތައް ވެސް ހިމެނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގައި އެއަރޕޯޓު އަޅާނެ ރަށެއް އަތޮޅުގެ ރައްޔިތުން ނިންމުމަށް ވޯޓުލާން ނިންމާފައިވީނަމަވެސް ވޯޓު ނަގާނެ ތާރީހެއް އަދި ނުނިންމައެވެ.

އަތޮޅު ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
ކުޑަހުވަދޫގައި، އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް މުޒާހަރާކޮށްފި

ކުޑަހުވަދޫގައި، އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް މުޒާހަރާކޮށްފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު