Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަނީ ލޯންޑަރިންގ

ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއެއްގެ ބޭންކް އެކައުންޓުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ: ފުލުހުން

13 މެއި 2025 | އަންގާރަ 13:49

ޝަހާދަތް ހުސައިންގެ ބެންކް އެކައުންޓުތަކުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކުރި

އަލީ ޝާހީން
އަލީ ޝާހީން | 13 މެއި 2025 | އަންގާރަ 13:49
ޝާހާދަތު ހުސައިން

ޝާހާދަތު ހުސައިން

ގާނޫނާއި ގަވާއިދާ ހިލާފަށް ބަންގަލަދޭޝްގެ ރައްޔިތަކު ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް ޖިނާއީ ކުށް ކޮށްގެން ފައިސާ ހޯދައި މަނީލޯންޑާރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ބަނގަލދޭޝްގެ ރައްޔިތެއްކަމަށްވާ ޝަހާދަތް ހުސައިންގެ ބެންކް އެކައުންޓުތަކުން 8 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޖަމާވެ އަދި ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލައިގެ މައުލޫމާތު ހިއްސާކުރެއްވި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު އަޒްމަތު އަބްދުﷲ ވިދާޅުވީ މި މައްސަލައަކީ ފުލުހުންގެ އިންޓެލިގެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ތަހުގީގު ކޮށްފައިވާ މައްސަލައެއް ކަމަށެވެ. އެގޮތުން މި މައްސަލާގައި ތުހުމަތުކުރެވޭ ބަންގަލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝަހާދަތު ހުސެއިން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިކަމަށާއި އޭނާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް އަޒްމަތު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަޒްމަތު ވިދާޅުވީ މިމައްސަލާގައި ހައްޔަރު ކުރެވުނު ޝަހާދަތު ހުސައިން ދިރިއުޅޭ ގެ ބަލައި ފާސްކޮށް މޯބައިލް ފޯން އަދި އިލެކްޓްރޯނިކް ޑިވައިސްތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ. އަދި އެތަކެތިން މައްސަލައާއި ގުޅުންހުރި ހެކި ގަރީނާ ހޯދިފައިވާކަމަށާއި ޝަހާދަތު ހުސައިންގެ މައްސަލަ ތަހުގީގުގެ މަރުހަލާ ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް އަޒްމަތު ވިދާޅުވިއެވެ.

ޝަހާދަތު ހުސައިން އަކީ 2014 ވަނަ އަހަރުން ފެށިގެން ޖުމްލަ 4 ވޯކްޕާމިތެއްގައި ރާއްޖޭގައި އުޅެފައިވާ މީހެއް ކަމަށައި އަދި 2019 ވަނަ އަހަރު ޝަހާދަތު ހުސައިންގެ ނަންމަތީ ބޭންކް އޮފް މޯލްޑިވެސްގެ ޖުމްލަ 6 އެކައުންޓް ހުޅުވާފައިވާކަމަށް އަޒްމަތު ވިދާޅުވިއެވެ. އެގޮތުން ދިވެހި ރުފިޔާގެ 3 އެކައުންތާއި ޔޫއެސް ޑޮލަރުގެ 3 އެކައުންޓް ހުޅުވާފައިވެއެވެ.

ޝަހާދަތު ހުސައިން އެންމެ ފަހުން ވޯކްޕާމިޓް ބަދަލުކޮށްފައިވާ ކުންފުނީގެ ވަޒީފާއަކީ އޮފިސް ބޯއީއެއްކަމަށް ވީނަމަވެސް މީނާގެ ވަޒީފާ ހަމަޖެހުނު ލެޓާ އޮފް އެޕޮއިންޓްމަންޓްގެ ލިއުމުގައިވަނީ މުސާރަ 3000 ޑޮލަރުކަމަށް އަދި އެކްސްޕަޓް ސިސްޓަމްގައި ޖަހާފައިވަނީ އޮފިސް ކްލީނާރް ކަމަށާއި މުސާރައަކީ ހަމަ 3000 ޑޮލަރުކަމަށް
ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު އަޒްމަތު އަބްދުﷲ

މީގެ އިތުރުން އޭނާ މާލޭގައި ދިރިއުޅެފައިވަނީ 18،000 ރުފިޔާއަށްދޭ ދެކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ނަގައިގެންކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް އަޒްމަތު ވިދާޅުވިއެވެ.

ޝަހާދަތު ހުސައިންގެ މޯބައިލް ފޯނާއި ލެޕްޓޮޕް އިން ފެނިފައިވަނީ:

  • އެކި ކުންފުނިތަކުގެ ރަޖިސްޓްރީ
  • ލޯގޯ
  • ސްޓޭމްޕް
  • ބިދޭސީންނާއި ދިވެހިން ހިމެނޭގޮތަށް އެކި މީހުންގެ ސޮއި
  • ވޯކްޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމަންޓްސް
  • ބިދޭސީންގެ ޕާސްޕޯޓު ކޮޕީ
  • ދިވެހިންގެ އައީޑި ކަޑު ފޮޓޯ

މީގެ އިތުރުން ވޯކްޕާމިޓް ސައިޓްތަކަށް ވަދެފައިވާކަމުގެ ވެބް ހިސްޓްރީ ފެނިފައިވާކަމަށެވެ. އަދި އޭނާގެ މޯބައިލް ފޯނު ، ލެޕްޓޮޕުން ފެނިފައިވާ އެކްސްޕަޓް ސިސްޓަމަށް ލޮގިން ކުރުމަށް ބޭނުންކުރާ މައުލޫމާތަށް ބަލާއިރު:

  • އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ނަމުގައި 153 އެކައުންޓް -އަޑި ޕާސްވޯޑާއިއެކު
  • ފޮރިންކޮމްޕެނީތަކުގެ ނަމުގައި 7 އެކައުންޓް – އައީޑީ ޕާސްވޯޑާއިއެކު
  • ޕްރައިވެޓް ލިމިޓެޑް ކޮމެޕެނީ ތަކުގެ ނަމުގައި 283އެކައުންޓް – އައިޑީ ޕާސްވޯޑާއިއެކު
  • އެކިއެކި އަމިއްލަ ފަރާތްތަކުގެ ނަމުގައި 126 އެކައުންޓް – އައިޑީ ޕާސްވޯޑާއިއެކު
  • ޕާޓްނާޝިޕް ތަކުގެ ނަމުގައި އެކްސްޕަޓް ސިސްޓަމްގައި ރިލޭޝަން ގާއިމުކޮށްފައިވާ 5 އެކައުންޓް – އައިޑި ޕާސްވޯޑާއިއެކު

ޝަހާދަތު ހުސައިންގެ މިމަސައްކަތުގެ ފަހަތުގައި މޯލްޑިވްސް އިމިގެރޭޝަންގެ ބަޔަކާއި އާންމު ދިވެހި އެތަށް ބަޔަކު ވާކަމަށް ތަހުގީގަށް އެނގިފައިވާކަމަށް އަޒްމަތު ވިދާޅުވިއެވެ. އަދި ކުންފުނިތަކުގެ ނަމުގައި ކޯޓާ ނަގައި ބިދޭސީން ގެނެސް އެބިދޭސީންނަށް ވަޒީފާ ނުދީ މާލެތެރެއަށް ދޫކޮށް އޯޕަން ކޯޓާގެ ނަމުގައި މާލީ މަންފާ ހޯދާފައިވާކަމް އަޒްމަތު ފާހަގަކުރެއްވިއެވެ.

ޝަހާދަތު ހުސައިންގެ މޯބައިލް ފޯނުން ސައްހަނޫން ވޯކްޕާމިޓާއި ގުޅޭ ލިޔެކިއުންތަށް ހެދުމަށްފަހު ބިދޭސީންނަށް ފޮނުވާ ބަންގަލަދޭޝްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުވާކަން އެނގިފައިވާކަމަށް އަޒްމަތުވިދާޅުވިއެވެ.

މަނީ ލޯންޑަރިންގދިވެހި ފުލުހުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

02 ޑިސެމްބަރު 2025
ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި
25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
21 ނޮވެމްބަރު 2025

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

21 ނޮވެމްބަރު 2025
ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
09 ނޮވެމްބަރު 2025

އިންޓެގްރިޓީ ކަށަވަރު ނުކޮށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށް ދޮރެއް: އަމީރު

09 ނޮވެމްބަރު 2025
އިންޓެގްރިޓީ ކަށަވަރު ނުކޮށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށް ދޮރެއް: އަމީރު
02 ނޮވެމްބަރު 2025

ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ

02 ނޮވެމްބަރު 2025
ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
27 އޮކްޓޯބަރު 2025

ރައީސް ޔާމީން އަށް ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިންޒާރެއް ދީފި

27 އޮކްޓޯބަރު 2025
ރައީސް ޔާމީން އަށް ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިންޒާރެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް