ކ. މާލެ
|
12 މެއި 2025 | ހޯމަ 18:19
ޑރ. ޢަބްދުﷲ މުއްޠަލިބް
ޑރ. ޢަބްދުﷲ މުއްޠަލިބް
ސްކްރީން އިމޭޖް
ތަރައްގީ
މަޝްރޫއުތައް ހިންގުމުގައި "ސްލޯ ކަމެއް އުޅޭ" ކަމަށް މުއްތަލިބް ވިދާޅުވެއްޖެ
ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމުގައި ވެސް ލަސްތަކެއް އުޅޭ
ތަކެތި ލިބުމުގައި ވެސް ދަތިތަކެއް އުޅޭ
މަޝްރޫއުތައް މެނޭޖް ކުރުމުގައި އެމްޓީސީސީ އަށް ދަތިތައް އެބަހުރި

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި "ސްލޯ ކަމެއް އުޅޭ" ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހު ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ، އެމްޓީސީސީ އިން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ތަކެތި ލިބުމުގައި ވެސް ދަތިތައް ހުރިކަމަށެވެ.

މިނިސްޓަރގެ ވާހަކަ އިން ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމުގައި ވެސް ލަސްތަކެއް އުޅޭކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއު ނުފެށި ލަސްވެފައި ވަނީ ކޮންޓްރެކްޓަރަށް ދޭން ޖެހޭ އެޑްވާންސް ފައިސާ ނުދީ އޮތުމުގެ ސަބަބުން ކަމަށެވެ.

"ފުވައްމުލަކުގައި އެޅުމަށް ކަނޑައެޅިފައިވާ ހައުސިންގ ޕްރޮޖެކްޓް ސޮއި ކުރުމަށް ފަހުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އޮތީ އެޑްވާންސް ޕޭމަންޓް ކޮންޓްރެކްޓަރަށް ނުދީ ލަސްކޮށްފައި އޮތުމުގެ،" ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޑްވާންސް ޕޭމަންޓް ނުދީ ލަސްވެފައިވާކަން ފާހަގަ ކުރެއްވުމަށްފަހު މިނިސްޓަރ މުއްތަލިބް ވިދާޅުވީ، ސަރުކާރުން މިހާރު "އެޑްވާންސް ޕޭމަންޓުގެ އެއްބައި" ދީފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފުވައްމުލަކުގެ މަގުތަކުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށް ނުދަނީ، "ޕްރޮޖެކްޓްތައް ގިނަކަމުން" މެޓީރިއަލް ލިބުމުގައި ދަތިތަކެއް ހުރުމުން އެމްޓީސީސީ އަށް މެނޭޖް ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

"ސްލޯ ކަމެއް އުޅެނީ،" މަގުހެދުމުގެ މަޝްރޫއު ބާރު ސްޕީޑުފައު ކުރިއަށް ނުދާ މައްސަލައިގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދޮޅު އަހަރު ވެގެން ދާއިރު ރާއްޖޭގެ ތަރައްގީ އަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

- ކޮމެންޓް