Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ހަތިޔާރެއްވެސް ނެތެވެ. އަދި ދައްކާނެ އެއްޗެއް ވެސް ނެތެވެ. ކުރިން ދެއްކި ވާހަކައަކަށް ޒިންމާވެސް ނުވެވޭނެއެވެ.

12 މެއި 2025 | ހޯމަ 13:53

ވެރިކަމުގެ ދަހިވެތިކަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމާއި، އެމީހުން ތިބީ ހަތިޔާރާއެކު ކަމަށް މި ސަރުކާރުގައި ތިބި އިސް ވެރިން ދިޔައީ ބުނަމުންނެވެ. ނަމަވެސް މިހާރު ރާގު ބަދަލުވެ ބުނަމުންދަނީ ކުރިން ދެއްކި ވާހަކައަކަށް ޒިންމާ ނުވެވޭނެ ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 މެއި 2025 | ހޯމަ 13:53
މި ސަރުކާރުގެ އިސްވެރިން އިންޑިއާ ސިފައިންގެ ކިބައިން ރާއްޖެ މިނިވަންކުރުމަށް ކުރި ޖިހާދުގެ ތެރެއިން

މި ސަރުކާރުގެ އިސްވެރިން އިންޑިއާ ސިފައިންގެ ކިބައިން ރާއްޖެ މިނިވަންކުރުމަށް ކުރި ޖިހާދުގެ ތެރެއިން

އެމްޑީޕީ ސަރުކާރުގައި އިންޑިއާ އަށް ރާއްޖެ ވިއްކާލާ، އިންޑިއާގެ ސްޓޭޓަކަށް ރާއްޖެ ހަދާލާ، އިންޑިއާގެ ސިފައިން ހަތިޔާރާއެކު ރާއްޖޭގައި ތިބިކަމަށް ވަކާލާތު ކުރަމުންދިޔައީ މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުންނެވެ. އަދި އެއާއެކު ރާއްޖެއަށް މިނިވަންކަން ހޯދަން މަސައްކަތް ކުރީ ފަހުގެ ގައުމީ ބަތަލުން މިހާރު ތިބީ ވެރިކަމުގައެވެ. އިންޑިއާގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރުމަށެވެ. ހަތިޔާރާއެކު ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށެވެ.

އެ ޖިހާދުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، މިހާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި މިހެން ގޮސް ކެބިނެޓުގައި ތިބި ވަޒީރުން ނުކުތީ މޭ އައްޑަނައަކަށް ހަދައިގެންނެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށެވެ. ދޮންބަންޑާރައިން ވިފަދަ ޖިހާދެއް ވުމަށެވެ. ނަމަވެސް ތަފާތަކީ މި މީހުންގެ ޖިހާދަކީ އަމިއްލައަށް އުފެއްދި ހިޔާލީ ފޮލައެއްގެ މައްޗަށް ބިނާކޮށް ދެއްކި ބޮޑުމަންޒަރަކަށް ވާން އުޅުނު ޖިހާދެކެވެ. އެކަމަށް ފުރަތަމަ އެޅި ފިޔަވަޅަކީ އިންޑިއާ އައުޓްއެވެ.

އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އާ ދެކޮޅަށް ޣައްސާނު ނައިބު ލީޑަރުކަން އަދާ ކުރެއްވި ޕީޕީއެމް ޕީއެންސީ އިން އިސްވެ އޮވެ ރާއްޖޭގައި އިންޑިއާ އާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ކެމްޕޭން ގައި ދެއްކި ވާހަކަތަކަށް ދިވެހި ރައްޔިތުން ހެއްލުނީއެވެ. ހެއްލި ގެއްލުނީއެވެ. އިންޑިއާ އައުޓްގެ ނަމުގައި ކޮންމެ ރެއަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅާއެކު ނުކުމެ އިންޑިއާ އައުޓަށް ގޮވުން ނޫން ދެކަމެއް ނުކުރެއެވެ.

އެފަހުން ރިޔާސީ އިންތިހާބަށްވި އެންމެ ބޮޑު ވައުދަކަށްވީ ވެސް ހަތިޔާރާއެކު ރާއްޖޭގައި ތިބި 2000ށް ވުރެ ގިނަ އިންޑިއާ ސިފައިން ބޭލުމެވެ. ދިވެހިންގެ މިނިވަން ކުރުމެވެ. އިންޑިއާއިން ދީފައި އޮތް ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ވެސް އިންޑިއާއަށް އަނބުރާ ދިނުމެވެ. މި ދިވެހި ފަސްގަނޑުން އެންމެ ވެލިފުކެއްވެސް ނުގެންދެވޭނެކަމަށް ބުނެ ކުރި ވަކާލާތެވެ.

ނަމަވެސް މިއީ ހުސް ކުޅުނު ޑްރާމާއެވެ. މި ޑްރާމާގައި ފަހުން އައިސް ބަތަލާގެ ބައި ކުޅުނީ ރައީސް މުއިއްޒުއެވެ. އޭނާއެކު ޖިހާދަށް މަސައްކަތް ކުރި މީހުން ތިބީ ކެބިނެޓާއި ސިޔާސީ މަގާމުގައެވެ. ޕްރޮޑިއުސަރަކީ އަބްދުއްރަހީމް އަބްދުﷲ އެވެ. ޑައިރެކްޓަރަކަށްވީ ޣައްސާން މައުމޫނެވެ. ނަމަވެސް ފިލްމު ރިލީސް ނުވަނީސް ވާހަކަ ލިޔުމު މީހާއާއި ސްކްރީން ޕްލޭ ހެދި މީހާ ޓީމުން ބޭރުކޮށްލައިފިއެވެ. އެއީ ރައީސް ޔާމީނެވެ.

ދެން ފެނުނީ އެހެން މަންޒަރެކެވެ. އެއިރު ދެއްކި ވާހަކަ، ވާހަކައަކަށްފަހު ވާހަކައެއް އުނބަށް ޖަހަމުންދިޔަތަކެވެ. އިންޑިއާ ސިފައިންނާއެކު އިންޑިއާގެ އިތުރު އަސްކަރީ އުޅަނދުތަކެއް ރާއްޖެ ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންނެވި ތަނެވެ. އަސްކަރީ ގުޅުން ބަދަހި ކުރުމަށް ކުރެވިދާނެ އިތުރު ކަންކަމާ ބެހޭ ގޮތުން ޣައްސާންއާއި އިންޑިއާގެ ޑިފެންސް މިިސްޓަރާއި އެކު މަޝްވަރާ ކުރެއްވިތަނެވެ.

2000 ސިފައިން ހަތިޔާރާއެކު ތިބިކަމަށް ބުނެ ދެއްކި ވާހަކަ އުނބަށް ޖަހާ ތިބީ އެންމެ 75 ސިފައިން ކަމާއި، އެމީހުން ތިބީ ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން ކަމަށް ބުނި ބުނުމެވެ. ކުއްލިއަކަށް ސިފައިން ފޮނުވާލަން އެންގުމުގެ ބަދަލުގައި މިފަދަ ކަންކަމުގައި އަމަލުކުރެވޭނެ ރިވެތި އުސޫލުތަކެއް އޮންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވީއެވެ. އިންޑިއާ ސިފައިން ޔުނީފޯމް ބާލާފައި އައުމުން އޯކޭވާނެކަމަށް ވާހަކަ ދެއްކިތަނެވެ.

ކޮނުނުކޮނުނުހެން ފަސް ގިނަވާނޭ ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނީ އެވެނިއެއްޗެކޭ ބުނާ އުސޫލުން މިވެރިން ދެއްކި ވާހަކަތައް އުނބަށް ޖަހާ އެއިރު ދެއްކި ވާހަކަތައް އަމިއްލައަށް ވެސް ދޮގުކުރަން ފެށީއެވެ. ދޮގު މައްޗަށް ދޮގު ހެދިކަން ފަޅާއަރަން ފެށީއެވެ. ދޮގު ދޮނލަގު ހިފައިގެން ދުވެ ދުވެ އޭގައި ފުޅަ އަޅާ ކުނިވަސްވެސް ދުވަސްފެށީއެވެ.

އިހައްދުވަހަކު މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި މަގުމަތީގައި އަންހެންވެރިންތަކެއް ވަށާލައިގެން އިންނަވާ އިންޑިއާ ސިފައިން ބޭރުކުރައްވަން އުޅުއްވި ޣައްސާން މައުމޫން ވިދާޅުވީ ސިފަވަރުގެ އެގްރީމެންޓުގެ މަސައްކަތް ކުރެވެމުންދަނީ ދެގައުމުގެ ދޭތެރޭގައި ނެގިފައި އޮތް ހައިލެވެލް ކޯޑިނޭޝަން ކޮމިޓީއަކުން ކަމަށެވެ. އަދި އެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި އެތަނުގައި ރޯހިތު ނެތްކަމާއި އިންޑިއާ ސިފައިންނާއި ހަތިޔާރެއްވެސް ނެތްކަން ހާމަވެގެން ދިޔައެވެ.

މި ސަރުކާރު ވެރިކަމަށް އައީ ހުރިހާކަމެއްވެސް ހާމަކުރާނެ ކަމަށް ބުނަމުންނެވެ. އެމްޑީޕީ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އިންޑިއާއަށް ވިއްކާލާފައިވާކަމަށް ބުނެ އިންޑިއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމުގެ ވައުދާއެކުއެވެ. ނަމަވެސް މި ސަރުކާރަށް ދޮޅު އަހަރު ވެގެން ދިޔައިރުވެސް އެއްވެސް އެއްބަަސްވުމެއް ހާމަކޮށްފައި ނުވެއެވެ.

އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބި ކަމަށާއި، ރާއްޖެ ހިފާފާނެ ކަމާއި މިިނިވަންކަން ގެއްލިއްޖެ ކަމަށް ޣައްސާން އިދިކޮޅުގައި ހުންނަވައިގެން ވަކާލާތުކުރި ނަމަވެސް އިހައްދުވަހަކު މަޖިލީހުގައި ދެއްކީ އެއާ އިދިކޮޅު ވާހަކަތަކެކެވެ. ވިދާޅުވީ އިންޑިއ ސިފައިން ހަތިޔާރެއް ނުގެންގުޅޭ ކަމަށެވެ. މިވެރިންނަށް ބަޔަކު ކައްޒާބޭ ކިޔާ ލަގަބު ދެނީ މިހެންވެގެންނެވެ. އިދިކޮޅުގައި އޮވެ މަގުމަތީގައި ފިނިފެންމާ ފިޔާތޮށި ކުލައިގެ ޓީޝާޓެއް ލައިގެން މޭމަތި ފުރެންދެން އިންޑިއާ އައުޓް ޖަހައިގެން ދެއްކި ވާހަކަ މިއަދު އުނބަށް ޖަހައި މުޅި މައުޟޫ ވެސް ބަދަލުކޮށްފިއެވެ.

މޫނަށް ރުލެއް އަރުވާނުލާ ދޮގު ހަދާ ވެރިކަމަށް އައިސް އެއިރު ދެއްކި ހުރިހާ ވާހަކައެއް ކެންސަލްކަމަށް ބުނެފިއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް މުޢިއްޒު އާއި މިނިސްޓަރު ޣައްސާން ހިމެނި ވަޑައިގަންނަވާހެން، އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ އިންޑިއާ އެއްބަސްވުންތަކުގެ ވާހަކަ އެވެ. އެމްޑީޕީ ސަރުކާރުން 100 އެއްބަސްވުމެއް ހެދި ވާހަކައެވެ. އަދި އެ އެއްބަސްވުން ހާމަ ނުކޮށްގެން ހީވީ ކުޑަކުއްޖަކަށް މެޓައެއް ނުދީގެން އުޅުނުހެންނެވެ.

ނަމަވެސް މިއަދު ވިދާޅުވަނީ 100 އެއްބަސްވުމެއް ނެތް ކަމަށެވެ. ހާމަކުރެވެން ވެސް ނެތް ކަމަށެވެ. އެއިރު ހެދީ ހުސް ދޮގެވެ. އެއީ ވެރިކަމަށް އަންނަން ދެއްކި ވާހަކައެވެ. މިއަދު ވެރިކަމުގައި ތިބެ އެވާހަކަ ނުދެއްކޭނެ ކަމަށެވެ. ކުރިން ވިދާޅުވި އެއްޗަކަށް ޒިންމާ ނުވެވޭނެ ކަމަށެވެ. މިއީ މިވެރިންގެ ފެންވަރެވެ. މިވަރުންވެސް ތިބެންވީ ހަމަ އަތްޖަހަންތޯއެވެ. މި ސަރުކާރުން އިންޑިއާއެކު އެއްބަސްވުންތަކެއް ހަދައި ޖަހާނެހާ ސަކަރާތެއް ޖަހަނީއެވެ. އެންމެ ކުޑަމިނުން އެއިން އެގްރީމެންޓެއްގައި އޮތީ ތައް ކިޔަނީ ހަސަނުހޭ ވެސް ބުނެނުދެއެވެ. ހުރިހާކަމެއް ވަންހަނާވެ ނިމުނީއެވެ. އިންޑިއާ އައުޓާއި، ހަތިޔާރާއި މިނިވަންކަމާއި އިސްތިގުލާލާއި އަމާންކަން ލިބި ނިމުނީއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 އޯގަސްޓު 2017

ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟

31 އޯގަސްޓު 2017
 ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟
22 ޖުލައި 2017

އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

22 ޖުލައި 2017
އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!
05 ޖުލައި 2017

އޭރު ފެޅީ ކޭކު، ދެން ފަޅާނީ ކޮންއެއްޗެއް؟

05 ޖުލައި 2017
އޭރު ފެޅީ ކޭކު، ދެން ފަޅާނީ ކޮންއެއްޗެއް؟
14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
25 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

25 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"
20 އެޕްރީލު 2017

ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.

20 އެޕްރީލު 2017
ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
02 އެޕްރީލު 2017

ދިރުމެއްވޭ، ދިރުމެއްވާ އެއްޗެއް

02 އެޕްރީލު 2017
ދިރުމެއްވޭ، ދިރުމެއްވާ އެއްޗެއް
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
04 ފެބުރުއަރީ 2017

އިންތިހާބުގެ ކުރިން ބަލި ގަބޫލުކުރީއެވެ

04 ފެބުރުއަރީ 2017
އިންތިހާބުގެ ކުރިން  ބަލި ގަބޫލުކުރީއެވެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް