Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

ޣައްޒާ އަށް އެހީ ފޯރު ކޮށްދިނުމަށް ޓްރަމްޕްގެ ޕްލޭން އިސްރާއީލް އިން ޤަބޫލު ކޮށްފި

12 މެއި 2025 | ހޯމަ 03:56

ސާރް ވިދާޅުވީ، އެމެރިކާގެ އެމްބެސެޑަރު މައިކް ހަކަބީ މިދިޔަ ހުކުރު ދުވަހު ހުށަހަޅާފައިވާ ހުށަހެޅުމަށް އެ ޤައުމުން ތާއީދު ކުރައްވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މެއި 2025 | ހޯމަ 03:56
އިސްރާއީލްގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރް

އިސްރާއީލްގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާ އަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުން އިސްރާއީލް އިން ޤަބޫލު ކޮށްފި އެވެ.

އިސްރާއީލްގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރް އާދީއްތަ ދުވަހު ވިދާޅުވީ، ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އެމެރިކާގެ ރައީސްގެ ޚާއްސަ މަންދޫބު ހުށަހަޅާފައިވާ ހުށަހެޅުން އެ ޤައުމުން ޤަބޫލު ކޮށްފައިވާ ކަމަށެވެ. 

އިސްރާއީލް އިން ވަނީ މިއަހަރުގެ މާޗު މަހުގެ ކުރީ ކޮޅުން ފެށިގެން، ޣައްޒާ އަށް އެހީ ވެއްދުމަށް ހުރަސް އަޅައިފަ އެވެ. 

އެގޮތުން ޣައްޒާ އަށް ބޭނުންވާ ކާބޯ ތަކެއްޗާއި، ސާފު ފެނާއި، ތެޔޮ އަދި ބޭސްފަރުވާ އަށް ބޭނުންވާ އެންމެހާ ސާމާނު ވެއްދުމަށް އިސްރާއީލް އިން ދަތި ކޮށްފައިވާ ކަމަށް، އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ. 

ޖަރުމަނުގެ ޚާރިޖީ ވަޒީރު ޖޮހާން ވަޑެފުލްއާ އެކު ޖެރޫސަލަމްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސާރް ވިދާޅުވީ، އެމެރިކާގެ އެމްބެސެޑަރު މައިކް ހަކަބީ މިދިޔަ ހުކުރު ދުވަހު ހުށަހަޅާފައިވާ ހުށަހެޅުމަށް އެ ޤައުމުން ތާއީދު ކުރައްވާ ކަމަށެވެ. 

ސާރް ވިދާޅުވީ އެ ޕްލޭންގެ ދަށުން ސީދާ އާންމު ރައްޔިތުންނަށް އެހީ ފޯރުކޮށްދެވޭނެ ކަމަށާއި، އެހީގެ ސާމާނު ވަގަށް ނަަގައި، ހަމާސް އަށް އެތަކެތި އެ މީހުންގެ ހަނގުރާމައިގެ ބޭނުމަށް ބޭނުން ކުރުމުގެ ފުރުސަތު ވެސް ނުލިބޭނެ ކަމަށެވެ. 

އެމެރިކާ އިން ހުށަހަޅާފައިވާ މި ޕްލޭނަށް ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ، ބައްސާމް ނައީމް ވަނީ ފާޑު ވިދާޅުވެފައެވެ. 

އޭނާ ވިދާޅުވީ އެ ޕްލޭންގެ ދަށުން މިލިޓަރީ ބާރުތަކެއް ހިނގުމުގެ ފުރުސަތު އޮތް ކަމަށާއި، އެއީ އަނެއްކާ ވެސް ނުރައްކާތެރި ކަމަކަށް ވާނެ ކަމަށެވެ. އަދި އެމެރިކާ އިން ބޭނުން ވަނީ ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، މަންޒަރު ރީތި ކުރަން ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކޮށްފަ އެވެ. 

ޣައްޒާ އަށް ފޯރުކޮށްދެމުން އަންނަ އެހީގެ ސާމާނު ވެއްދުމަށް އިސްރާއީލް އިން ހުރަސް އަޅާފައި ވުމުގެ ސަބަބުން، ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. 

އެހެންކަަމުން ޣައްޒާ އަށް ބޭނުންވާ އެހީ ވީ އެންމެ އަވަހަކަށް ވެއްދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ވެސް ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާއަތްތަކުން އަންނަނީ ގޮވާލަމުންނެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
05 މާރިޗު 2017

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު
21 ފެބުރުއަރީ 2017

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް