Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޝަރުތެއް ނެތި، ޔުކްރެއިންގެ ހަނގުރާާމަ ހުއްޓާލަން ގޮވާލައްވައިފި

އުރުސުލާ ވިދާޅުވީ، އެ މައްްސަލައިގައި މިހާރު ވެސް ބޯޅަ އޮތީ ރަޝިޔާގެ ކޮޅުގައި ކަަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ، އިތުރު ދަތި ކުރުންތަކާ ރަޝިޔާ އިން ކުރިމަތިލާން ޖެހޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މެއި 2025 | އާދީއްތަ 04:54
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑެރ ލެޔެން

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑެރ ލެޔެން

ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމަ، އެއްވެސް ޝަރުތަކާ ނުލައި ހުއްޓާލަން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑެރ ލެޔެން ގޮވާލައްވައިފި އެވެ.

އުރުސުލާ ވިދާޅުވީ އެއްވެސް ޝަރުތު ކުރުމެެއް ނެތި، ހަނގުރާމަ ހުއްޓާލުމަަށް ރަޝިޔާ އިން އެއްބަސްވާން ޖެހޭނެ ކަމަށެވެ. އަދި ރަޝިޔާ އިން އެކަމާ ދެކޮޅު ހަދަައި، އެކަމާ ޚިލާފުވެއްޖެ ނަމަ، އެ ޤައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް ވެސް އަޅުއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުރުސުލާ ވިދާޅުވީ ރަޝިޔާ އިން ޔުކްރެއިން ގައި ހިންގަމުން އަންނަ ހަނގުރާމަ 30 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އެއީ މާނަވީ ސުލްހަވެރިކަމެއް ޤާއިމު ކުރުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އުރުސުލާ މިހެން ވިދާޅުވެފައި މި ވަނީ ފްރާންސް، ޖަރުމަނު، އިނގިރޭސިވިލާތް އަދި ޕޮލެންޑުގެ ލީޑަރުން ޔުކްރެއިންގެ ވެރި ރަށް ކީވް އަށް ވަޑައިގެން އުޅުއްވާ ދަނޑިވަޅެއްގަ އެވެ. 

ހަތަރު ޤައުމުގެ ލީޑަރުންގެ މި ޒިޔާރަތުގެ އެންމެ ބޮޑު މަޤުސަދަކީ ޔުކްރެއިން އަށް އެއްބާރުލުން ދިނުމާއި، ހަނގުރާމަ ނިންމުމަށް މަޝްވަރާ ކުރުމުގެ އިތުރުން، ހަނގުރާމަ ނިންމުމަށް ރަޝިޔާ އަށް ބާރު އެޅުމެވެ. 

އެހެން ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އިން ވަނީ ޝަރުތުތަކެއް ކަނޑައަޅައި، އެކަން އަންގައިފަ އެވެ. އެގޮތުން ޤައުމު ތަކުން ޔުކްރެއިން އަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ރަޝިޔާ އިން ވަނީ ޝަރުތު ކޮށްފަ އެވެ. 

އެކަމާ ގުޅޭ ގޮތުން އިތުރަށް އުރުސުލާ ވިދާޅުވީ، އެ މައްްސަލައިގައި މިހާރު ވެސް ބޯޅަ އޮތީ ރަޝިޔާގެ ކޮޅުގައި ކަަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ، އިތުރު ދަތި ކުރުންތަކާ ރަޝިޔާ އިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން ޔުކްރެއިންގެ ދެމެހެއްޓެނިވި ސުލްހަ އަކީ މުޅި ޔޫރަޕުގެ ސަލާމަތާއި، ރައްކާތެރި ކަމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ވެސް އުރުސުލާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް

16 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް
05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!
30 އޯގަސްޓު 2017

އުތުރު ކޮރެއާ އިން މިސައިލް ހަމަލާ ދިނުން ހުއްޓާލާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް

30 އޯގަސްޓު 2017
އުތުރު ކޮރެއާ އިން މިސައިލް ހަމަލާ ދިނުން ހުއްޓާލާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް
08 ޖުލައި 2017

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!
28 ޖޫން 2017

އަލްޖަޒީރާ ހުއްޓާލަން އެންގުމަކީ މިޑިޔާގެ އަޑު ކަނޑުވާލުން: އދ

28 ޖޫން 2017
އަލްޖަޒީރާ ހުއްޓާލަން އެންގުމަކީ މިޑިޔާގެ އަޑު ކަނޑުވާލުން: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު