Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިސްރާއީލް ގުޅުން

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ، އިސްރާއީލަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފި

އިސްރާއީލްގެ މީޑިއާ ތަކުން ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ގަލްފަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، ހެގްސެތު އިސްރާއީލަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މެއި 2025 | ހޮނިހިރު 04:45
ޕަނަމާ ސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް ސެކެރެޓްރީ ޕީޓް ހެގްސެތު ވާހަކަ ދައްކަވަނީ

ޕަނަމާ ސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް ސެކެރެޓްރީ ޕީޓް ހެގްސެތު ވާހަކަ ދައްކަވަނީ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އިސްރާއީލަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ.

އިސްރާއީލްގެ މީޑިއާ ތަކުން ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ގަލްފަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، ހެގްސެތު އިސްރާއީލަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތް ކަމަށެވެ. 

އެހެން ނަމަވެސް، އިތުރު އެއްވެސް ތަފުސީލެއް ދިނުމެއް ނެތި އެ ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަމަށް އިސްރާއީލްގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. މި ދަތުރުފުޅާ ގުޅޭ ގޮތުން އެމެރިކާގެ ޕެންޓަގަން އިން ރަސްމީކޮށް އެއްވެސް އެއްޗެެއް ހާމަކޮށްފައި ނުވެ އެވެ.  

އެހެން ނަމަވެސް، އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ހެގްސެތު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާ، ޤަތަރު އަދި ޔުނައިޓެޑޫ ޢަރަބް އެމިރޭޓްްސް އަށް ވެސް ޓްރަމްޕް ވަޑައިގަންނަވާނެ އެވެ. 

އެމެރިކާގެ ދިފާއީ އިސް އޮފިޝަަަލަކު ވިދާޅުވެފައިވާ ގޮތުގައި، އެމެރިކާގެ ސްޓޭޓް ސެކެރެޓަރީ މާކޯ ރޫބިއޯ އަދި ހެގްސެތު މެދު އިރުމަތީގައި އެއް ވަގުތެއްގައި ތިއްބަވާތީ، އެ ދެ ބޭފުޅުންގެ ދަތުރުފުޅު ވެސް ރައީސް ޓްރަމްޕްގެ ދަތުރުފުޅާ އެއްކޮށް ކުރައްވާ ގޮތަށް ހަމަޖެއްސީ ކަމަށެވެ. 

މިކަމާ ގުޅޭ ގޮތުން ޕެންޓަގަންގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި، އިސްރާއީލަށް ކުރައްވާ ދަތުރުފުޅު ހެގްސެތު ކެންސަލް ކުރައްވާފައި ނުވެ އެވެ. އެހެން ނަމަވެސް، އޭގެ ކުރިން ރައީސް ޓްރަމްޕްގެ ދަތުރުފުޅާ ދިމާވާތީ، ޓްރަމްޕްގެ އަރިހުގައި ވަޑައިގެންނެވުމަށް ފަހު، އޭގެ ފަހުން އިސްރާއީލަށް ވަޑައިގަންނަވަން ބޭނުންފުޅު ވަނީ ކަމަށެވެ. 

މިފަހަކަށް އައިސް އިސްރާއީލާ މަޝްވަރާ ކުރުމެއް ނެތި ޓްރަމްޕް ބައެއް ނިންމުންތައް ނިންމަވާ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެގޮތުން ހޫތީން އަށް ދެމުން އައި ހަމަލާތައް ހުއްޓާލުމަށް ވެސް ނިންމެވީ، އިސްރާއީލާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އިސްރާއީލް އިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި އެ ނިންމުން އެމެރިކާ އިން ނިންމީ، ޔަމަނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދިން ފަހުންނެވެ. 

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު