Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިދާތާ ޝަރީފް

ރައީސް ޔާމިން ގެންދަވަނީ ރައްޔިތުންނަށް މަލާމާތް ކުރައްްވަމުން:ޝިދާތާ

މި ސަރުކާރު ގެނައީ ގިނަ ބަޔަކު މަސައްކަތްކޮށްގެން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 ޖުލައި 2017 | ހޮނިހިރު 20:48
އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް

އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް

ރާއްޖޭގެ ރައްޔިތުންނަނީ މޮޔައިން ކަމަށް ރައީސް ޔާމިން ޤަބޫލުފުޅުކުރައްވާ ކަމަށާއި އަދި ރައީސް ޔާމިން ގެންދަވަނީ ރައްޔިތުންނަށް މަލާމާތް ކުރަމުން ކަމަށް އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ ބަދަލު" ގެ ނަމުގައި ގުޅިފައިވާ ޕާޓީތަކުން ގދ. ގައްދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ކޮންމެ ރަށަކުންވެސް އަޑު އިވިގެންދަނީ މުވައްޒަފުންނަށް މިސަރުކާރުން ބިރު ދައްކާ ވާހަކަ ކަމަށާއި ސަރުކާރުން އިސްވެ ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކޮށް، ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން އަޅުވެތިކޮށްފައިވާ ވާހަކަ ކަމަށެވެ.

"މި ސަރުކާރު ގެނައީ ގިނަ ބަޔަކު މަސައްކަތްކޮށްގެން. ސަރުކާރުގެ ވަކި ހިސާބަކުން އެ ހުރިހާ އެންމެން ދިޔައީ. އެހެން ކަމަށްވާ ނަމަ ސަރުކާރުގެ ގޮނޑި ނުގެއްލޭނެތޯ؟ މިކަމާއި ސުވާލު އުފެދޭ،" ޝިދާތާ ވިދާޅުވިއެވެ.

ކޯޓު ތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް އިޝާރާތްކުރައްވާ ޝިދާތާ ވިދާޅުވީ ފޮތުގައި އޮތް ވާހަކަ ފަނޑިޔާރުންނަށް ނޭނގެނީ، ނުވަތަ އެނގި ތިބެ ލޯމަރާލަނީތޯ މިއީ އުފެދޭ ސުވާލެއް ކަމަށާއި މިއަދުވެސް ވުޖޫދުގައި އޮތް ވާހަކައެއް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދަނީ ޤާނޫނު އަސާސީގައި ލިޔެފައި އޮތް އެއްޗެއް ނުކިޔައި ތިއްބަވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ނިޒާމު އަލުން ބައްޓަންކޮށް ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް، ހޯދައިދީ އަދި ރައްޔިތުންގެ ހަޤީޤީ ބާރު އެރައްޔިތުންނަށް ލިބިދޭ ވެރިކަމެއް މިގައުމަށް ގެންނާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ސަރުކާރުގައި ތިބި މަދު ބަޔަކީ ރައްޔިތުންނަށް އިހްލާސްތެރި ބައެއް ނޫން ކަމަށް ވިދާޅުވަމުން އެފަރާތްތައް އެގޮނޑިތަކުން ބޭރު ކުރާ އުސޫލުން ރައީސް ޔާމިންވެސް އެމަޤާމުން ދުރުކުރާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު