Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

އިސްލާހީ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އަލާމާތް ދަނީ ފެންނަމުން: ރައީސް މައުމޫން

ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 20:30
ރައީސް މައުމޫން ކުނޫޒް ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައީސް މައުމޫން ކުނޫޒް ޖަލްސާގައި ވާހަކަ ދައްކަވަނީ

ޑިމޮކްރަސީގެ ޙާލަތު ރާއްޖޭގައި މިހާރު މިއޮތީ ވަރަށް ދަށު ދަރަޖައިގާ ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް ކުރަމުންދާ އިސްލާހީ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ ޢަލާމާތް ދަނީ ފެންނަމުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މައުމޫން ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަންކަމަށާއި އެންމެން އެއްތަނަށް އެއްވެ ކަންކަން ނުނިންމޭތީ ރެޕްރެޒެންޓޭޓިވްސްގެ ގޮތުގައި މީހުން އިންތިޚާބު ކުރުމަކީ ޑިމޮކްރަސީގައި އޮންނަ ގޮތް ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ވެސް ރައްޔިތުންގެ މަޖިލީސް ވެސް އިންތިޚާބު ކުރަނީ އެބޭނުމުގައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެމީހުން އިންތިޚާބުކޮށް ރައްޔިތުންގެ ފައިސާއިން މުސާރަ ދެނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ކަންކަން ކުރުމަށް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރަނީ އެމީހުންގެ ދިރިއުޅުން މުއްސަނދި ކުރަން ނޫން ކަމަށާއި އެހެން ނަމަވެސް މިފެންނަނީ މަޖިލީހުގެ ދައުރު ނިމެންވާއިރަށް އެމީހުން ބޮޑެތި މަހުޖަނުންނަށް ވާތީ ކަމަށެވެ. އަދި ރައީސް މައުމޫން ވިދާޅުވީ ޑިމޮކްރަސީގައި އޮންނަނީ މިނިވަން ވާދަވެރި އިންސާފްވެރި އިންތިޚާބަކުން ރައީސާ ނައިބު ރައީސް ހޮވުން، އިންސާނީ ހައްޤުތައް ނެގެހެއްޓުމާއި ރައްޔިތުންނާމެދު އަދްލު އިންސާފުން ކަންކުރުން ކަމަށެވެ..

"އަޅުގަނޑުމެން މި އިންތިޚާބު ކުރަނީ ވަކި ބޭނުމަކު. އަޅުގަނޑުމެންނަށް ޚިދުމަތް ކުރުމަށް. އެކަމަށް ޓަކައި އަޅުގަނޑުމެން އެބަދެން އެބޭފުޅުންނަށް މުސާރައެއް. އެބޭފުޅުން އިންތީޚާބު ކުރަނީކީ އެބޭފުޅުންގެ އަމިއްލަ ދިރިއުޅުން މުއްސަނދި ކުރާކަށް ނޫން. އެކަމަކު ދެތިން އަހަރު ވާއިރު އާދައިގެ މީހެއްގެ ގޮތުގައި ހުންނެވި ބޭފުޅުން އޮންނަނީ ބޮޑެތި މަހުޖަނުންނަށް ވެފައި. މިއީކީ ނޫން އެމީހުން އިންތިޚާބު ކުރި ބޭނުމަކީ." ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިހިނގަނީ ޑިމޮކްރަސީއެއްތޯ ބަލާލާއިރު ޤާނޫނު ހަދާ މަޖިލިސް އޮތީ މަސައްކަތެއް ކުރެވޭނެ ގޮތެއް ނެތި ހައިޖެކް ކޮށްފައި ކަމަށާއި ޝަރުއީ ނިޒާމް ވެސް އޮތީ ހައިޖެކްކޮށްފައި ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކޭ ކީކަމުގައި ވިއަސް އެމުއައްސަސާތަކުގެ މިނިވަންކަމެއް ނެތް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"ބަލާލަން ޖެހޭ ރާއްޖޭގައި މިއޮތީ ޑިމޮކްރަސީއެއްތޯ. ރާއްޖޭގައި މިހިނގަނީ ޑިމޮކްރެޓިކް ހުކުމްތޯ ބަލާލައި މަޖިލިސް އޮތީ ހައިޖެކް ކުރެވިފައި. ޝަރުއީ ނިޒާމް ވަނީ ހައިޖެކް ކުރެވިފައި. މިނިވަން މުއައްސަސާ ތަކުގައި މިނިވަންކަމެއް ނެތް. ޑިމޮކްރަސީގެ ހާލަތު ރާއްޖޭގައި އޮތީ ވަރަށް ދަށު ދަރަޖައިގަ. އެކަން ރަނގަޅު ކުރަން ކުރާ މަސައްކަތް މިކުރަނީ" ރައީސް މައުމޫން ވިދާޅުވިއެވެ.

ރާއްޖެއަށް އިސްލާހްތަކެއް ގެނައުމަށް ގުޅިފައިވާ ހަތަރު ލީޑަރުންގެ ހަރަކާތްތަކުގައި މިވަގުތު ބައިވެރިވެވޭގޮތަށް ހުންނެވި ހަމައެކަނި ލީޑަރ ރައީސް މައުމޫން ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވޭ މަސައްކަތުގައި ވަރަށް އަވަހަށް ކާމިޔާބު ލިބޭނޭ ކަމުގެ ޢަލާމާތް ދަނީ ފެންނަމުން ކަމަށެވެ. އެކަމުގެ މިސާލު އެމަނިފާނު ނެންގެވީ ލޯޔަރުން ހުސަހެޅި ޕެޓިޝަނާ ގުޅިގެން އެފަނޑިޔާރުން ސަސްޕެންޑް ކުރުމާއި އަވަސް އަރުވާލައިގެން އެތައް ސުވާލެއް އުފެދޭ ގޮތަށް ވަކިބަޔަކަށް ފްލެޓްތައް ދޫކުރުމެވެ. އެމަނިކުފާނު ވިދާޅުވީ އެކަންކަމަކީ އިސްލާހީ މަސައްކަތް ކާމިޔާބުވާ ކަމުގެ އަލާމާތް ފެންނަމުންދާތީ އެކަން ހުއްޓުވުމަށް އަވަސްއަރުވާލައިގެން ކުރަމުންދާ ކަންތައްތަކުން ހެދޭ ގޯސްތައް ކަމަށެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު