Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިއްތިފާގުގެ މައްޗަށް އިއްތިފާގު، ކަރަންޓް ބިލްވެސް އިއްތިފާގު

ކަރަންޓް ބިލުން މަކަރު ހަދާ ވާހަކައާއި ވައްކަން ކުރާ ވާހަކައާއި ވާނުވާ ނޭނގި ބިލް ބޮޑުކުރާ ވާހަކައާއި، ބިލްތައް އޮޅުވާލާ ވާހަކަ، މިއީ މިސަރުކާރު ވެރިކަމަށް އައިންސުރެ ކެނޑިނޭޅި ރައްޔިތުން ދައްކަމުން އަންނަ ވާހަކަތަކެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 8 މެއި 2025 | ބުރާސްފަތި 13:07
ސްޓެލްކޯ

ސްޓެލްކޯ

ސަރުކާރުން މިއުޅެނީ ސަމާސާއެއް ކުރަންތޯއެވެ. ނޫނީ ސަކަރާތެއް ޖަހަންތޯއެވެ. ނޫނީ ޖެއްސުމެއް ކުރަންތޯއެވެ. ނުވަތަ ހަމަ ގަސްތުގައި ބަޔަކު ރުޅި އަރުވަންތޯއެވެ. ނޫނީ މިވެސް އިއްފާގެކޭ ކިޔާފައި ނިންމާލާނީތޯއެވެ.

މެއި މަހުގެ ފަހަކަށް އެރީއްސުރެ ކަރަންޓް ބިލްތައް ނާންނާ ވާހަކަ މީހުން ދައްކަން ފަށައިފިއެވެ. ސަރުކާރުން މިއުޅެނީ ކޮންމެވެސް ޗައްކަރެއް ޖަހަންށޭ ކިޔައިގެން މީހުން ވަހާކަ ދައްކަން ފަށައިފިއެވެ. ކަރަންޓް ބިލްތައް ލަސްވުމުގެ ފަހަތުގައި ކޮންމެވެސް ނުބައެއް އޮންނާނެއޭ ކިޔައިގެން ވާހަކަ ދައްކަން ފެށި މީހުންނެއްވެސް މަދެއް ނޫނެއެވެ.

ރައްޔިތުން މިވާހަކަގަނޑެއް ދައްކާލަ ދައްކާލަ ތިއްބާ ކަރަންޓް ބިލްތައް އަންނަން ފަށައިފިއެވެ. އެންމެ ފުރަތަމަ މީހުންނަށް ފާހަގަ ވާން ފެށީ ބިލްގައި އޮތް އަދެދެއެވެ. ނަމަވެސް އިސާހިތަކުން މުޅިން އެހެން ކަމެއް މީހުންނަށް ފާހަގަވެ، މުޅި ރަށުތެރޭގައިއާއި މީސް މީޑިޔާ ތެރޭގަޔާއި، ސައިހޮޓާ ތަކުގެ ތެރޭގަޔާއި، އޮޑި އޮޑި ފަހަރުގައިވެސް މިވާހަކައެއް ދައްކަން ފަށައިފިއެވެ. ދެމީހަކު ސިއްރުން ވާހަކައެއް ދެއްކިއަސް އެދެއްކީ ކޮން ވާހަކައެއްކަން އިނގޭއިރު ދެއްކި ކަމަށްވެފައި އޮންނަނީ މިބުނާ ވާހަކައެކެވެ. އެއޮތްހާ ދުވަހު ގުޅައިގެން ލޯބީގެ ވާހަކަ ދެއްކި ރައްޓެހިވެގެންއުޅޭ ކުއްޖާވެސް މިހާރު ގުޅައިގެން ދައްކާ ކަމަށްވަނީ މިބުނާ ވާހަކައެކެވެ. ވަރަގަދަ ވާހަކައެއްތާއެވެ.

ކޮންމެއަކަސް މިދައްކާ ވާހަކައެއް އަޅުގަނޑުވެސް ބަލާލައިފީމެއެވެ. ކަމަކުދާކަށް ނެތެއެވެ. މިއީ މިވޭދުވެދިޔަ ދެތިން ހަތަރު ދުވަހަކު މަޝްހޫރުވެގެން އުޅުނު ޕްރިންސްގެ ވާހަކައަށްވުރެ ވަކިން ދެރަ ވާހަކައެއް ނޫނެއެވެ. ވާހަކައަކީ ތޯއެވެ. ވާހަކައަކީ މިމަހުގެ ލިބުނު ބިލާއި މިދިޔަ މަހު ލިބުނު ބިލާއި ދެމެދުގައި ލޯ ލާރިއެއްގެވެސް ފަރަގެއް ނެތް ވާހަކައެވެ. ބައި ސެންޓުގެވެސް ތަފާތެއް ނެތް ވާހަކައެވެ. އަދަދު ހަމަ އެކައްޗެކެއެވެ. ބޭނުންކޮށްފައި ހުރި ޔުނިޓް ދެ ބިލްގައި ތަފާތެއެވެ. ބިލް ހެދި މުއްދަތު ދެ ބިލްގައި ތަފާތެއެވެ. ޔޫސޭޖްވެސް ތަފާތެއެވެ. އެކަމަކު އަދަދުގައި ޒައްރެއްގެ މިންވަރުގެ ތަފާތެއްވެސް ނެތެއެވެ.

ކޮންމެއަކަސް ބައެއް މީހުން ނިންމީ އެއީ އޮޅުމެއް ކަމަށެވެ. ހިއުމަން އެރަރއެއް ކަމަށެވެ. ޓައިޕިން މިސްޓޭކްއެއް ކަމަށެއެވެ. އިމްލާ ކުށެއް ކަމަށެވެ. އެއީ އެގެއަށް އެކަނި ދިމާވި ކަމެއް ކަމަށެވެ. އެކަމަކު އެތައް ބަޔަކު މިގޮތަށް ހުރި ބިލްތައް މީސްމިޑިއާއަށް އަޅައި، މީޑިޔާ ތަކަށް ފޮނުވާ އާންމުކުރަން ފެށުމުން މިއީ އަދި މިހީކުރި ގޮތަށް ހިނގި ކަމެއް ނޫން ކަމަށާއި، މިއީ އާދައިގެ ކަމެއް ނޫންކަން އެންމެންނަށްވެސް އިނގެން ފަށަފިއެވެ. ކަރަންޓް ބިލުން މަކަރު ހަދާ ވާހަކައާއި ވައްކަން ކުރާ ވާހަކައާއި ވާނުވާ ނޭނގި ބިލް ބޮޑުކުރާ ވާހަކައާއި، ބިލްތައް އޮޅުވާލާ ވާހަކަ، މިއީ މިސަރުކާރު ވެރިކަމަށް އައިންސުރެ ކެނޑިނޭޅި ރައްޔިތުން ދައްކަމުން އަންނަ ވާހަކަތަކެވެ. އެކަމަކު މިފަހަރު މިދިމާވި ކަމަކީ އާދައިގެ އިންސާނެއްގެ ސިކުނޑިއަށްވެސް ވިސްނައި ނުގަނެވޭ ވަރުގެ މާ އަދާޔާ ހިލާފުކަމެކެވެ.

މިކަމެއް ދިމާވި މަސްކޭސްތަކެއް ބެހި ފަހުންނެއެވެ. ރޯދަ މަހު ގޭބިސީތަކަށް ކަރަންޓުން ޑިސްކައުންޓެއް ދީފީމޭ ބުނި ފަހުންނެއެވެ.

ކޮންމެއަކަސް ތަކެތީގެ އަގު ބޮޑުވެ ހަރަދުތައް ބޮޑުވެ ރައްޔިތުންގެ އަނގަޔާއި އަތާއި ދިމާނުވެ، ވިޔަފާރިތައް ހުއްޓި ކުންފުނިތައް ބަނގުރޫޓްވެ ކަންކަން ގޯހުންގޯހަށް ދަމުންދާ ދަނޑިވަޅެއްގައި ރައްޔިތު މީހާގެ ގޮހޮރު ނަގައިގެން ބަޖެތް ފޫއްބައްދަން އުޅުމަކީ ސަރުކާރަކުން ކުރާނެ އެންމެ ގޮތެއް ފޮތެއް ނެތް ލަދުވެތި އަމަލު ނޫން ދެން އެހެން ކޮން ކަމެއްތޯއެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. ކަރަންޓް ބިލްތަކަށް ވާނުވާ ނޭނގި ބޮޑުވާ، ނުވާ ގޮތެއް ނޭނގި މަހުން މަހަށް ބިލްތައް ބޮޑުވެ، ރައްޔިތުން ހާސްވެގެން އުޅެގަންނަ ކޮންމެ ފަހަރަކު އިރުވައި މޫސުމޭ، އުތުރު ހަޅައޭ، ގަދަ ހޫނޭ، ބަދަލުވާ މޫސުމޭ، އެމްއެންޔޫއޭ ދިރާސާއޭ ޑިސްކައުންޓޭ، ކިޔައިގެން އަބަދަކު ހަމައެއް ނުޖެއްސޭނެ ނޫންތޯއެވެ. ސްޓެލްކޯގެ އެމްޑީ ކުޅުއްވާނެ ގޮލްފް ޕިޗާއި، އެމްއެންޑީއެފުން ބޭނުންކުރައްވާނެ އަންޑަރ ވޯޓަރ ޑްރޯންއާއި، ހައިރައިޒް ބިލްޑިންގ ތަކުން، އެޕާރޓްމަންތައް ހޯއްދަވާއިރު، ރައްޔިތު މީހާގެ ކަރަންޓް ބިލުން މިހުރިހާ ކަމެއް ހަމަޖައްސަވަން ދިމާ ކުރެއްވުމުން ކަމަކު ނުދާނެ ނޫންތޯއެވެ. މަޖިލިސް މެމްބަރުންނަށް ރައީސް ދެއްވާ ކަމަށްބުނާ، ފަންސާސްހާސް ރުފިޔާ ހަމަކުރަން އޮތް ވަސީލަތަކަށް ރައްޔިތު މީހާގެ ކަރަންޓް ބިލް ހައްދަވާކަށް ހެޔޮ ނުވާނެ ނޫންތޯއެވެ. ކޮންމެވެސް ވައްކަމެއް ކޮށްލައިގެން ނޫނީ ނިދި ނާންނަ ބަޔަކު އުޅޭ ނަމަ ކަރަންޓް ބިލް ނޫން، ކޮންމެވެސް އެހެން އެއްޗަކުން، ތިޔަ ކަމެއް ކުރައްވަން ވިސްނެވިއްޔާ މާރަނގަޅުވާނެ ނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

27 މާރިޗު 2018
ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!

ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!

13 މާރިޗު 2018
ހާމިދުގެ ބަދިގޭގައި: ކަރަންޓް ލައިދޭން އާދޭސްކުރާތާ ތިން އަހަރު!

ހާމިދުގެ ބަދިގޭގައި: ކަރަންޓް ލައިދޭން އާދޭސްކުރާތާ ތިން އަހަރު!

26 ޖެނުއަރީ 2018
ކައިވެނިމައްޗަށް ދިއުން: މައިދައިތަންމެން ފަހަރި ބަލައިދިއުން

ކައިވެނިމައްޗަށް ދިއުން: މައިދައިތަންމެން ފަހަރި ބަލައިދިއުން

19 ޑިސެމްބަރު 2017
ބޮޑުތިލަދުން މައްޗަށްވީ އިހުމާލުގެ ހިތި 2018 ގައި ފެންނާނެ!

ބޮޑުތިލަދުން މައްޗަށްވީ އިހުމާލުގެ ހިތި 2018 ގައި ފެންނާނެ!

28 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު