Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސަރވިސް ކޮމިޝަން

އަޒްމިރަލްދާ ވަކިކުރަން ނިންމީ "ކުޑަ ކޮމިޓީ" އިން އުފަންކުރި ހިޔާލީ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް

6 މެއި 2025 | އަންގާރަ 14:08

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކި ކުރަން ޖޭއެސްސީން ނިންމީ ކުޑަ ކޮމިޓީން އުފަންކުރި ހިޔާލީ ތުހުމަތުތަކެއްގެ މައްޗަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 6 މެއި 2025 | އަންގާރަ 14:08
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު

ދިފާއުގައި ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ނިންމައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އެ މައްސަލަ ތަހުގީގު ކުރި "ކުޑަ ކޮމިޓީ" އިން އުފަންކުރި ހިޔާލީ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަން ހާމަވެއްޖެ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ ވަކިކުރަން ޖޭއެސްސީން ނިންމި ޑިސެމްބަރު 4، 2024، ގައި އޭނާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް "ޑައިމަންޑް ފިންގާސް" ނަމަކަށް ކިޔާ ސްޕާއެއްގެ ތެރެއިން ހައްޔަރުކުރި މައްސަލައިގައި އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ހަމައެކަނި އަޒްމިރާލްދާ ގުޅުއްވީ އިސްމާއީލް ލަތީފްގެ ފަރާތުން އައްޔަނުކޮށްފައިވާ ވަކީލު އައްފާން ޝާފީއަށް ކަމަށާއި، އެ މައުލޫމާތު ލިބުނީ ވަކީލު މޫސާ އާލިމްގެ ފަރާތުން ކަމަށް ތަހުގީގުގައި އަޒްމިރާލްދާ ވަނީ ވިދާޅުވެފަ އެވެ.

އަޒްމިރާލްދާގެ ޤާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވިދާޅުވެފައި ވަނީ 5 ޑިސެމްބަރު 2024 އަކީ މިއީ އެ މައްސަލާގައި ބަންދާއި މެދު ގޮތެއް ނިންމުމަށް އަޑުއެހުމެއް ބޭއްވި ދުވަސްކަމަށާއި އެދުވަހު ކަންހިނގަ ދިޔަގޮތް ޖޭއެސްސީއަށް ހުށަހެޅި ހެކިތަކުން ސާފުކޮށް ފެންނަން އޮތްކަމަށެވެ. އަދި ކަންހިގާ ދިޔަގޮތް ސާފުކޮށް އެނގޭވަރަށް ހެކި ވެސް ހުށައެޅިކަމަށެވެ.

5 ޑިސެމްބަރުގެ 7:47 ގައި މިވަގުތަކީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރަށް ފަނޑިޔާރުގެ ފިރިކަލުން އިސްމާއިލް ލަތީފު ބަންދުކުރިކަން އެނގުނު ގަޑި. އޭގެ ކުރިންރޭ ބަންދުކޮށް ފުލުހުންގެ ބެލުުގެ ދަށަށް ގެންދިޔަސް ފަނޑިޔާރަކަށް ފުލުހުން މެދުވެރިކޮށްވެސް ފިރިކަލުންގެ ފޯނު މެދުވެރިކޮށްވެސް އަދި އެހެން ފަރާތަކުންވެސް އެ މައުލޫމާތު ލިބިވަޑައިގެންފައެއް ނެތް. އެކަން އެނގުނީ އެ ގަޑީގަކަން އަޅުގަނޑުމެންނަށް އެނގޭނެ ހެކިތައް އަޅުގަނޑުމެން ހުށަހެޅިން. އައިޖީއެމްއެޗްގެ ޑރ. އިސްމާއިލް ލަތީފް ގެއަށް ވަޑައިނުގަންނަވައިގެން ފަނޑިޔާރު ޑޮކަޓަރުންނަށް ގުޅުއްވާ މެސެޖު ކުރައްވާ ހެއްދެވިކަން. އެ މެސެޖުތަކުގެ ސްކްރީން ޝޮޓް ވެސް އަޅުގަނޑުމެން ހުށަހެޅިން.
ޑރ. އަޒްމިރާލްދާ ޒާހިރުގެ ގާނޫނީ ޓީމް

މި މައްސަލައިގައި އަޒްމިރާލްދާގެ ފަރާތުން ކްރިމިނަލް ކޯޓަށް ގުޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ކަމަށް ޖޭއެސްސީން ތުހުމަތު ކުރާއިރު މިކަން ވަނީ އަޒްމިރާލްދާގެ ގާނޫނީ ޓީމުން ވެސް ދޮގުކޮށްފައެވެ. އަދި ޚުދު އަޒްމިރާލްދާ ވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައެވެ.

އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އޭނާގެ ބަދަލުގައި ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދު ވަނީ މިހާރު ސުޕްރީމް ކޯޓަށް އައްޔަންކޮށްފައެވެ.

ސަސްޕެންޝަންގައި ތިއްބެވި ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވެސް ތުހުމަތުތަކަށް އިންކާރުކުރައްވައެވެ.

ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ކުރަނީ ސަރުކާރުން ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް