Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒުވާނުންގެ މުޒާހަރާ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ފުލުހުން ބުނެފައިވަނީ މުޒާހަރާ ރޫޅާލީ އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، ގާނޫނީ އިންޒާރުތަކަށްފަހު ކަމަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 2 މެއި 2025 | ހުކުރު 00:41
މުޒާހަރާގެ ތެރެއިން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން އަނިޔާވި އަސްލަމް އަބްދުއްރަހްމާން

މުޒާހަރާގެ ތެރެއިން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން އަނިޔާވި އަސްލަމް އަބްދުއްރަހްމާން

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިޔަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.

ރާއްޖެއެމްވީއަށް މައުމޫލާތުލިބިފައިވާ ގޮތުގައި ފަރުވާ ދެމުންދަނީ އަސްލަމް އަބްދުއްރަހްމާން އަށެވެ.

Advertisement - newsAdvertisement

މައުލޫމާތުލިބިފައިވާ ގޮތުގައި ޕެޕަރސްޕްރޭ ޖެހުމުގެ ސަބަބުން އޭނާގެ ބޮލަށް އެނބުުރުން އަރައި، ހޭނެތުނު ކަމަށާއި އަދިވެސް އެއްކޮށް ހާލު ރަނގަޅު ނޫން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި އިތުރު ފަރުވާއަށް ވެންޓިލޭޓަރަށް ލާންޖެހިދާނެ ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މިމުޒާހަރާގެ ތެރެއިން ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލަން އުޅުމުގެ ތެރޭގައި އެކި ފަރާތްތަކަށް އަނިޔާވެފައިވެ އެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަބްދުﷲ މަހްޒޫމް މާޖިދު އަދި އައިޝަތު ޝިމަން އަހްމަދަށްވެސް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

ފުލުހުން ބުނެފައިވަނީ މުޒާހަރާ ރޫޅާލީ އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، ގާނޫނީ އިންޒާރުތަކަށްފަހު ކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ނަމަވެސް ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިންނަށް ކުރިން އެންގުމަކާއި ނުލައި މިގޮތަށް ވަނުމުން ގިނަ ބަޔަކު ދަނީ ފުލުހުންގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މުޒާހަރާ ބައިވެރިންއައިޖީއެމްއެޗްޕެޕަރ ސްޕްރޭއަސްލަމް އަބްދުއްރަހްމާންޢަބްދުﷲ މަޙްޒޫމް މާޖިދުޢާއިޝަތު ޝިމަން އަޙްމަދުޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު