Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިއޮޓް ރިހެބް ސެންޓަރު

މިއޮޓް އިން ރާއްޖޭގެ ފުރަތަމަ ރިހެބް ސެންޓަރު ހުޅުވައިފި

30 އެޕްރީލު 2025 | ބުދަ 13:41

މި ރިހެބް ސެންޓަރުގައި ހިދުމަތް ދޭނީ ގާބިލު، ތަޖުރިބާކާރުންގެ ޓީމަކުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 އެޕްރީލު 2025 | ބުދަ 13:41
މިއޮޓް އިން ރާއްޖޭގެ ފުރަތަމަ ރިހެބް ސެންޓަރު ހުޅުވުން

މިއޮޓް އިން ރާއްޖޭގެ ފުރަތަމަ ރިހެބް ސެންޓަރު ހުޅުވުން

މިއޮޓް އިން ރާއްޖޭގެ ފުރަތަމަ ރިހެބް ސެންޓަރު ހުޅުވައިފި އެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރު މިއޮޓް އިންޓަނޭޝަނަލް އިން އެތައް ހާސް ދިވެހި ރައްޔިތުންނަކަށް ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދީފަވާ ކަމަށާއި އެގޮތުން މިއޮޓް ހޮސްޕިޓަލުގެ ރިހެބިލިޓޭޝަން ހިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިން ކޮންމެ އަހަރަކުވެސް އިންޑިއާއަށް ދަތުރުކުރަމުންދާއިރު، ދިވެހިންނަށް ގާތުން ޚިދުމަތް ދިނުމަށް މިވަނީ ރާއްޖޭގައި މިއޮޓް ރިހެބް ސެންޓަރު ހުޅުވާފައެވެ.

ރިހެބިލިޓޭޝަނަކީ ރިކަވާ ކުރުމުގެ އިތުރުން އާންމު ދިރިއުޅުމަކަށް އައުމުގައި ޕޭޝަންޓުންނަށް ލިބިދޭ އެންމެ މުހިންމު ހިދުމަތެވެ.

މިއީ މިއޮޓް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ އެތައް ހާސް ދިވެހިންނަކަށް އެކަމުގެ ފައިދާ ކުރާނެ ކަމެއް ކަމަށް މިއޮޓުން ބުންޏެ އެވެ. މި ރިހެބު ސެންޓަރުން ރިހެބިލިޓޭޝަންގެ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށްވެސް މިއޮޓުން ބުންޏެއެވެ.

މި ރިހެބް ސެންޓަރުގައި ހިދުމަތް ދޭނީ ގާބީލު، ތަޖުރިބާކާރުންގެ ޓީމަކުންނެވެ. މީގެތެރޭގައި ރިހެބިލިޓޭޝަން ސްޕެޝަލިސްޓުން، ނިއުރޮލޮޖިސްޓުން، ސައިކޭޓްރިސްޓުން، ފިޒީޝަނުން، ސްޕީޗް ލެންގުއޭޖް ޕެތަލޮޖިސްޓްސް، އަދި އެހެނިހެން ތަޖުރިބާކާރުން ހިމެނެ އެވެ. ހިދުމަތް ހޯދާ ފަރާތްތަކަށް ޗެންނާއީގައި ހުންނަ މައި މަރުކަޒުން ވަގުތުން ވަގުތަށް ފީޑްބެކުވެސް ލިބޭނެ އެވެ.

ތަޖުރިބާކާރުންގެ ޓީމުގެ އިތުރުން މި ސެންޓަރުން ހިދުމަތް ދިނުމުގައި ބޭނުންކުރެވޭނީ އެންމެ އެޑްވާންސް ޓެކްނޮލޮޖީ އަދި ސިއްހީ ވަސީލަތްތަކާއި މެޝިނަރީތަކެވެ. ނާރުގެ ބަލިތަކާއި ކެންސަރު އަދި ކުޅިވަރު ކުޅެގެން ލިބޭ އަނިޔާތަކުން ރިކަވާ ވުމަށްވެސް މި ސެންޓަރުން ރިހެބިލިޓޭޝަން ލިބޭނެ އެވެ.

އާންމު ތެރަޕީ ހިދުމަތްތަކުގެ އިތުރުން އިމަޖެންސީ ފަރުވާގެ ހިދުމަތްވެސް މި ސެންޓަރުން ލިބޭނެ އެވެ. އެގޮތުން ރެސަސިޓޭޝަން ރޫމަކާއި ފިޒިއޮތެރަޕީ ސަޕޯޓުގެ ދަށުން ހަނދާން ނެތުމާއި، ސަމާލުކަމަށް ކުރާ އަސަރުތަކާއި، ނިދި ގެއްލުން ފަދަ ކަންކަމަށްވެސް މި ސެންޓަރުން ފަރުވާ ލިބިގެންދާނެ އެވެ.

މިއޮޓްރިހެބް ސެންޓަރުދިވެހިރާއްޖެރިހެބިލިޓޭޝަން

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
03 ޑިސެމްބަރު 2025

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
25 ނޮވެމްބަރު 2025

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!
20 ނޮވެމްބަރު 2025

އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

20 ނޮވެމްބަރު 2025
އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް
17 ނޮވެމްބަރު 2025

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
13 ނޮވެމްބަރު 2025

އޮޕަރޭޝަން އަލިމަގު: 97 މީހަކު ހައްޔަރުކޮށް، ތަހުގީގު ފަށައިފި

13 ނޮވެމްބަރު 2025
އޮޕަރޭޝަން އަލިމަގު: 97 މީހަކު ހައްޔަރުކޮށް، ތަހުގީގު ފަށައިފި
12 ނޮވެމްބަރު 2025

ޓްރޭޑްމާރކް ބިލު، ތަސްދީޤުކުރައްވައިފި

12 ނޮވެމްބަރު 2025
ޓްރޭޑްމާރކް ބިލު، ތަސްދީޤުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް