Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަކްރަމް ޕާސްޕޯޓް ހިފެހެއްޓި މައްސަލަ

އަކްރަމް ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލުކޮށްފި

29 އެޕްރީލު 2025 | އަންގާރަ 08:23

މައްސަލައިގައި އަކްރަމް ކަމާލުއްދީންގެ ފަރާތުން ކުށުގެ އަމަލު ހިންގާފައިވާނަމަ، އެކަން އެނގޭނެ ހެކިތަކެއް މިހާތަނަށް ހޯދިފައިނުވަނީވެސް، އެފަދަ އަމަލެއް ހިންގާފައިނުވާތީ ކަމަށް އެ މައްސަލައިގައި ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އެޕްރީލު 2025 | އަންގާރަ 08:23
އަކްރަމް ޕާސްޕޯޓް ހިފެހެއްޓީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ އަމުރުވަނީ ބާތިިލުކޮށްފައި

އަކްރަމް ޕާސްޕޯޓް ހިފެހެއްޓީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ އަމުރުވަނީ ބާތިިލުކޮށްފައި

ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ކުރީގެ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށެވެ. އެންމެ ފުރަތަމަ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ 20 ޑިސެމްބަރުން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި ދެވަނަ ފަހަރަށް އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ "ގެދޮރުވެރިޔާ" ސްކީމާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދިގެންނެވެ. ޕާސްޕޯޓު ހިފަހެއްޓީ 20 ޖެނުއަރީން ފެށިގެން ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.

Advertisement - newsAdvertisement

އެހެންކަމުން މި މައްސަލަ އަކްރަމްގެ ފަރާތުން އިސްތިއުނާފްކޮށްފައި ވަނީ އެއީ ކްރިމިނަލް ކޯޓުގައި މުރާޖައާކުރުމުގެ ފުރުސަތު އޮތް މައްސަލައެއް ކަމަށް ފާހަގަކޮށެވެ. އެ މައްސަލައިގެ އިސްތިއުނާފް ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމި ނިންމުން މުރާޖައާކޮށްދިނުމަށް ހައި ކޯޓަށް އަކްރަމް ވަނީ ހުށަހަޅުއްވާފައެވެ. އެ މައްސަލަ ބެލުމަށް ފަހު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައި ވަނީ އެ މައްސަލައިގައި ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށްފައިވާ އިރު އަކްރަމް ފިލައިގެން ގޮސްދާނެ ކަމަށް ސާބިތުކުރުމަށް ހެއްކަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުށަހަޅާފައި ވަނީ އޭނާގެ ބޭންކް ސްޓޭޓްމަންޓްތަކާއި ރާއްޖޭން ބޭރަށް ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލްތަކެވެ. އެހެންނަމަވެސް އަކްރަމް ހުށަހެޅުއްވި މައްސަލައިގެ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އެއީ ތަހުގީގަށް އެއްބާރުލުން ނުދީ، އޭނާ ރާއްޖޭން ބޭރަށް ފިލައިގެން ދާން އުޅޭ ކަން ސާބިތު ކުރެވޭ ހެއްކެއް ނޫންކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ސަބަބަކީ އޭނާ އަކީ މީގެ ކުރިން އެއްވެސް އިރެއްގައި ތަހުގީގަކަށް ނުވަތަ ޝަރީއަތަކަށް ފިލައިގެން ގޮސްފައިވާ މީހަކަށް ނުވުމާއި އޭނާގެ މައްޗަށް ތުހުމަތެއް ކުރެވިއްޖެ ނަމަ، އެ ކުރާ ތުހުމަތުތަކަށް މީގެ ކުރިން ވެސް ޖަވާބުދާރީވެފައި ވުމެވެ.

މީގެ އިތުރުން މި މައްސަލައިގެ ތަހުގީގަށް އަހަރެއް ވާން ކައިރިވެފައިވާ އިރު ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ އެކަށީގެންވާ ހެކި ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އެދުނު އިރު ވެސް އިތުރު އާ ހެކި ގަރީނާ ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށް އަކްރަމްގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

އަކްރަމް ކަމާލުއްދީންގެ މައްޗަށް ކޮށްފައިވަނީ، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާތީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) (ށ) ގެ 1 އަދި 2 ވަނަ ނަންބަރުގެ ދަށުން ރިޝްވަތު ހުށަހެޅުމާއި އާއި އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) ގެ 1 އަދި 2 ވަނަ ނަންބަރުގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތާއި ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުތަކެވެ. މި ހާލަތުގައި ކޯޓުން ބަލަންޖެހޭނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި އޭނާއާ ގުޅުވާލެވޭ، ނުވަތަ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކޮށްފައިވާކަމަށް ބާރުދޭ ހެކި ލިބިފައިވޭތޯ ކަމަށް އިސްތިއުނާފުގައި ފާހަގަކޮށްފައިވެ އެވެ.

އަދި ކޯޓު އަމުރަށް ބަލާއިރު، މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ މައްސަލައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރިލިމިނަރީ ރިޕޯޓަކާއި، ވެރިފަޔަރ ސުބުހަތު އަލީ ވަޒީފާއިން ވަކިވިފަހުންވެސް އެ ފަރާތުގެ ލޮގިން ބޭނުންކޮށްގެން، ތުހުމަތުކުރެވޭ ފަރާތްތަކުން ފޯމުތަކަށް ބަދަލުގެނެސްފައިވާކަން އަންގައިދޭ ލިޔެކިޔުން ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުގެ ހޯދުންތައް ހިމެނޭ ޕްލިމިނަރީ ރިޕޯޓަކީ، ތަހުގީގަށް ފެންނަ ކަންކަމުގެ މައްޗަށް ތައްޔާރުކުރެވިފައިވާ އިނީޝަލް ރިޕޯޓެއްކަން ދޭހަވެއެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައި ހުންނާނެ ކަމަށް ބެލެވެނީ، ކޮމިޝަނަށް ދޭހަކުރެވޭ ކަންކަމެވެ. ނަމަވެސް، އެ ރިޕޯޓަކީ، އޭގެ ޒާތުގައި، އެ ރިޕޯޓުގައި ބަޔާންކުރާ ވަކި ކަމަކަށް ބާރުދޭ ހެއްކާ ވަކިން ބުރަދަނެއް ދެވިދާނެ ހެއްކެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އަކްރަމްގެ ފަރާތުން ހުށައެޅުއްވި ނުކުތާތަކުގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް އެއް އަހަރު ވެގެންދާއިރު، ހަގީގަތުގައިވެސް، އަކްރަމް ކަމާލުއްދީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި އަސާސެއް އޮތްނަމަ، އަދި ކުށްކޮށްފައިވާކަމުގެ އެކަށީގެންވާ ހެކި ހުރިނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދުނު އިރު އިތުރު ހެކި ގަރީނާ ހުށަހަޅާނެ ކަމަށެވެ. މީގެންވެސް ހާމަވާ ކަމަކީ، ތަހުގީގު އެތަށް ގުނައަކުން ދިގުލައިގެން ގޮސްފައިވާއިރުވެސް، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ އެކަށީގެންވާ ހެކި ނެތްކަން ކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރެވެމުންމިދާ މައްސަލައިގައި އަކްރަމް ކަމާލުއްދީންގެ ފަރާތުން ކުށުގެ އަމަލު ހިންގާފައިވާނަމަ، އެކަން އެނގޭނެ ހެކިތަކެއް މިހާތަނަށް ހޯދިފައިނުވަނީވެސް، އެފަދަ އަމަލެއް ހިންގާފައިނުވާތީ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

25 ފެބުރުއަރީ 2017
ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
21 ފެބުރުއަރީ 2017

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

21 ފެބުރުއަރީ 2017
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް