Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާޒް ސަލީމް

މާޒް ސަލީމްގެ ބަރަހަނާ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުގެ އަމުރެއް ނެތްކަން ހާމަވެއްޖެ

28 އެޕްރީލު 2025 | ހޯމަ 13:29

އަހުމަދު ސަލީމް ބަރަހަނާކޮށްގެން ފޮޓޯ ނެގުމަށް އެ ކޯޓުން އަމުރު ދޫކޮށްފައިވާކަމަށް ކޯޓު ރެކޯޑްތަކުން ނުދައްކާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އެޕްރީލު 2025 | ހޯމަ 13:29
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) 13-03-2025 ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) 13-03-2025 ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވައިގެން ދެއްކި ވާހަކައަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކިކަމަށް ބުނެ އަހުމަދު ސަލީމް (މާޒް ސަލީމް) ގެ ބަރަހަނާ ފޮޓޯ ނަގަން ފުލުހުން ކްރިމިނަލް ކޯޓުގެ އަމުރެއް ހޯދިކަމަށް ބުނި ވާހަކަ ދޮގުކަން ހާމަވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ނޫން، ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށް ފުލުހުން ޗިޓް ފޮނުވާފައިވެއެވެ. ފުލުހުންގެ ޗިޓްގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް މަރިޔަމް ޒުބައިރު (މަންދި) ވާހަކަ ދައްކާފައިވާކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް، 2025 މާޗް 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިޔަ، ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުން ދިޔަ އެއްވުމެއްގައި މަންދި ދެއްކި ވާހަކައަށް ތާއިދުކޮށް، އެވާހަކަ ދެއްކުމަށް ހިއްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މާޒް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.

Advertisement - newsAdvertisement

އަދި ކުރެވޭ ތުހުމަތުގެ ހުލާސާ ނުވަތަ ކުރަމުންދާ ތަހުގީގުގެ ހުލާސާގައި ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގަށް، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މާޒްގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި، އަޑުގެ ސާމްޕަލް ނެގުމަށެވެ. ފުލުހުން ބުނީ މި މައްސަލައަކީ ޗިލްޑްރަންސް އޮމްބަޑަސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އާންމު ފަރާތްތަކުން ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ވާހަކަ އަށް ތާއީދުކޮށް، އެ ވާހަކަ ދެއްކުމަށް ހިތްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ނަމަވެސް ޗިލްޑްރަންސް އޮމްބަޑަސްޕާސަންގެ އޮފީހުން އެފަދަ މައްސަލައެއް ބަލަން އެންގިކަމަށް ބުނާ ވާހަކަ ވަނީ ދޮގުކޮށްފައެވެ. އެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެ ފަދަ އެއްވެސް މައްސަލައެެއް ތަހުގީގުކުރަން ފުލުހަށް ހުށަހަޅާފައި ނުވާނޭ ކަމަށެވެ. ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ނެރުނު ބަޔާނުގައި ބުނީ އޮފީހުގެ ފަރާތުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގައި، އެ އިދާރާއިން އަމަލުކުރަންވީ ގޮތުގެ އެއްވެސް އިރުޝާދެއް، އަދި މިކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރުމަށް އެދިފައެއް ނުވާނެ ކަމަށެވެ.

އަދި މާޒް ސަލީމް ވަނީ ކްރިމިނަލް ކޯޓުން އެފަދަ އަމުރެއް ފުލުހުން ހޯދިކަމަށް ބުނެފައިވާތީ އެ އަމުރު ހޯދުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ. މިކަމާއި ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ މާޒް ސަލީމް ހުށަހެޅި ސިޓީގައި، ކޮޕީ ހޯދުމަށް އެދިފަިއވަނީ އެ ކޯޓުގެ ކޮން ކޯޓު އަމުރެއްކަން ސާފު ނުވާތީ، ކޯޓު އަމުރުގެ ނަންބަރު ނުވަތަ ކޯޓު އަމުރު ނެރުނު ތާރީހުފަދަ މައުލޫމާތު ހިމެނޭހެން ސިޓީ ހުށަހެޅުއްވުމުން، ކޯޓު އަމުުރުގެ ކޮޕީ ދޫކުރުމާމެދު ކޯޓުން ގޮތެއް ނިންމާނެ ކަމަށެވެ.

އެހެންނަމަވެސް އަހުމަދު ސަލީމް ބަރަހަނާކޮށްގެން ފޮޓޯ ނެގުމަށް އެ ކޯޓުން އަމުރު ދޫކޮށްފައިވާކަމަށް ކޯޓު ރެކޯޑްތަކުން ނުދައްކާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހަށިގަނޑާއި އަޑުގެ ސާމްޕަލް ނަގަން އެދުނީ، ފުޓޭޖަކުން ނުވަތަ ވީޑިއޯއަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބެލުމަށް ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑުކަން ދެނެގަތުމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް