Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަމްއާންގެ ޝަރީއަތް

ހައިކޯޓަށް ޝަމްއާން ހުށަހެޅި އިސްތިއުނާފުގެ ހުކުމް އިއްވުން އަންގާރަ ދުވަހު

ޝަމްއާން ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ މެންދުރު 1:15 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 އެޕްރީލު 2025 | ހޯމަ 13:26
މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު

ހިޔާނާތުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުމަށް ތާވަލުކޮށްފިއެވެ.

ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ 22 މާރޗް 2025 ގައެވެ. އަދި 26 މާރޗް 2025 ގައި ޝަމްއާން ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައި ނުގަނެ ހައިކޯޓުން ވަނީ ބޭރުކޮށްލާފައެވެ. ނަމަވެސް ރަޖިސްޓްރާގެ އެ ނިންމުން ޝަމްއާންގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއެވެ. އަދި މި މައްސަލަ ބަލަން ޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން 9 އެޕްރީލްގައި ނިންމިއެވެ.

ޝަމްއާން މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. ޝަމްއާން ވަހީދު ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅާފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ޝަމްއާން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމަށް ހައިކޯޓުގައި ތާވަލުކޮށްފައިވަނީ އަންގާރަ ދުވަހުގެ 1:15 އަށެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން, އަލްއުސްތާޛު މުޙައްމަދު ނިޔާޒް, އަލްއުސްތާޛު ޙަސަން ޝަފީޢު އެވެ.

ޝަމްއާންގެ ފަރާތުން 26 މާރޗްގައި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބެލެވޭ ނަމަ ނުވަތަ ހައްގުތައް ގެއްލޭކަމަށް، ނުވަތަ އިންސާފަށް ހުރަސް އަޅާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އިސްތިއުނާފުކުރުމަށް ހުއްދަކުރާ މިންގަނޑަށް ވާސިލް ވެވޭނެ ކަމަށް ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ނިންމި ނިންމުމެއްގައި ބަޔާންކުރާ ކަމަށެވެ.

ޝަމްއާންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޝަމްއާންގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮރަޕްޝަންގެ ފައިސާ އާއި ގުޅޭގޮތުން ކަމަށް ވާއިރު ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ މަނީ ލޯންޑްރިންގެ ތަހުގީގު އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މި މައްސަލައިގައި އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުން އެ ތަހުގީގުކޮށްފައި ވަނީ މުޅީ ތަހުގީގު ޤާނޫނާއި ޚިލާފުވާ ގޮތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެހެންނަމަވެސް ހައިކޯޓުން ބުނެފައި ވަނީ ޝަމްއާން އާއި މެދު ފުލުހުން ކުރާ ތުހުމަތަކީ މަނީލައުންޑަރ ކުރުމުގެ ތުހުމަތު ކަމަށް ވީ ނަމަވެސް، އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރެފައި ވަނީ ކޮރަޕްޝަނާއި ގުޅޭ ހެކި ވަޒަންކޮށްގެން ކަމަށެވެ. އަދި އިސްތިއުނާފު ކުރާ އަމުރު ނެރުނީ ކޮރަޕްޝަނާއި ގުޅޭ ކޮން ހެއްކަކަށް ރިއާޔަތްކޮށްގެންކަން ތަފްސީލްކޮށްފައި ނުވާ ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ.

ޝަމްއާން ހުށަހެޅި މައްސަލައިގައި އެ މައްސަލަ އަށް އިސްތިއުނާފީ ކޯޓަކުން ވަންނަންޖެހޭ ފަދަ ހާލަތެއް ބަޔާންކޮށްފައި ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

ޝަމްއާން ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށް ފަހު ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީގައި ސޮއިކުރުމަށް 21 މާރިޗް 2025 ވީ ހުކުރު ދުވަހުގެރޭ ހެންވޭރު ޕޮލިހަށް އޭނާ ހާޒިރުވުމުންނެވެ.

ޝަމްއާންގެ އަމުރަށް، 530،000 (ފަސްލައްކަ ތިރީސް ހާސް) ދިވެހި ރުފިޔާއާއެކު ބިދޭސީއެއް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭގެ ބަލާފާސް ކޮށްފައިވާއިރު، އެގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލެމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި މައްސަލައިގައި ޝަމްއާންގެ އިތުރުން ހައްޔަރުކުރި 4 މީހުންނަކީ ތ ބުރުނި، މޫނިމާ، މުހައްމަދު އަލްސަން އިސްމާއީލް (21އ)، މާލެ، ގ.ހެޕީސައިޑް، އިބްރާހިމް އަހުމަދު (37އ) އަދި މާލެ ގ ހެޕީސައިޑް، ހަސަން ސަހެޝާން (47އ) ކަމަށެވެ. މި 3 މީހުން ހައްޔަރުކުރީ މާޗް 20 ވަނަ ދުވަހުގެ ރެއެވެ. އަދި 21 ވަނަ ދުވަހު މާލެ، މ. ހަޒާރީވިލާ އަހުމަދު ލައްސާން (40އ) ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ޝަމްއާންގެ އާއިލާ މެންބަރެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ކުއްލި ގޮތަކަށް ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު މަގާމުން ވަކި ކުރުމަކީ އިއްތިފާގެއް ނޫން ކަމަށާއި އަދި ޝަމްއާން ހައްޔަރު ކުރީ އިހުސާންއާ ގުޅުން އޮންނަ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނުތާ 24 ގަޑިއިރު ތެރޭގައި ކަމަށް ޝަމްއާންގެ އާއިލާއިން ވަނީ ބުނެފައެވެ.

ޝަމްއާންގެ އާއިލާއިން 23 އެޕްރީލްވީ ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބިދޭސީ މީހާ އިމިގްރޭޝަންގެ ބަންދަށް ގެނެވުމުން މިނިސްޓަރު އިހުސާން ޝަމްއާންއަށް ގުޅައި، އެ ބިދޭސީ މީހާގެ ފޯނު ދިވެހި ފުލުހުންގެ ހިދުމަތުގެ ވަކި ފުލުހަކާ ހަވާލު ކުރުމަށް އަންގާފައިވާ ކަމަށާއި އެހެންނަމަވެސް، އެކަން އެގޮތަށް ކުރެވޭނީ ރަސްމީކޮށް ނޯޓަކުން އެކަން ކުރުމަށް ދެންނެވުމުން ކަމަށް ޝަމްއާން ދެންނެވުމުން، އަޑުގަދަކޮށް ހަޅޭލެވުމަށްފަހު [އިހުސާން] ފޯނު ބޭއްވި ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ.

ޝަމްއާން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ހަގީގަތާ ހިލާފު ދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ސައްހަ ނޫން ހެކިތަކެއް ވުޖޫދުކޮށްގެން ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ. އަދި އެކަން ކޮށްފައި ވަނީ އިހުސާން ޝަމްއާންއަށް އޮތް ޒާތީ އަދި ސިޔާސީ ހަސަދަވެރިކަމެއްގެ ސަބަބުން ކަމަށް ޝަމްއާންގެ އާއިލާއިން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު