Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މުއްޠަލިބާ ސުވާލު ކުރަން ނާޒިމް ފުރުސަތު ނުދޭތީ، މެމްބަރުންގެ ކަންބޮޑުވުން

ނާޒިމް ވިދާޅުވަމުން ގެންދެވީ މިއަދުގެ ސުވާލާ ގުޅުން ހުރި ދާއިރާގެ ސުވާލަކަށް ނުވާތީ، އެ ސުވާލަށް ފުރުސަތު ނުދެއްވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އެޕްރީލު 2025 | ހޯމަ 04:58
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ރިޔާސަތުގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ރިޔާސަތުގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަ ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބާ ސުވާލު ކުރުމަށް، މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ފުރުސަތު ނުދެއްވާތީ މެމްބަރުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މުއްޠަލިބާ ވަޑައިގެންނެވީ، ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ކުރައްވާ ސުވާލާ ގުޅިގެންނެވެ.

މެމްބަރު އައްބާސްގެ ސުވާލަކީ، ނ.ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ އެތައް ދުވަހެއްވީއިރު ވެސް އެ މަސައްކަތް ނިންމާލެވިފައި ނުވާތީ، އެ ނިޒާމުގެ ބޭނުން ރައްޔިތުންނަށް ކުރެވޭ ގޮތް ނުވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިންމުމަށް ފެއްޓޭނެ ތާރީޚަކާއި، މަސައްކަތް ނިންމައި، އެ ނިޒާމުގެ ބޭނުން ރައްޔިތުންނަށް ކުރެވޭނެ ތާރީޚެއް ބުނެދިނުން އެދޭ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްޠަލިބު ވިދާޅުވީ، އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ ކުރީ ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް، އެއްބަސްވުމާ އެއް ގޮތަށް މަސައްކަތް ކުރިއަށް ނުދާތީ 2024 ވަނަ އަހަރު އެއްބަސްވުން ބާތިލު ކޮށްފައިވާ ކަމަށެވެ.

އަދި މިހާރު އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާ ކަމަށް ވެސް މުއްޠަލިބާ ވިދާޅުވި އެވެ. އަދި މަސައްކަތް ނިންމަން ހަވާލު ކޮށްފައިވާ ތާރީޚަކީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަސް ކަމަށެވެ. އަދި އެއްބަސްވުން ފެށުމާ އެކު، މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި، ރައްޔިތުންނަށް ޚިދުމަތް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މުއްޠަލިބާ ވިދާޅުވި އެވެ.

އިތުރު ސުވާލު ކުރުމުގެ ފުރުސަތުގައި އައްބާސް ވަނީ ފޮއްދޫގެ ބަނދަރުގެ އަމަލީ މަސައްކަތް ފަށާނެ ތާރީޚެއް ސާފު ކޮށްދެއްވުމަށް އެދިފަ އެވެ. އަދި ވެލިދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާތީ، އެކަމާ ގުޅޭ ގޮތުން ވެސް ސުވާލު ކޮށްފައިވެ އެވެ.

ނަމަވެސް، އެ ސުވާލާ ގުޅިގެން މުއްޠަލިބު ވިދާޅުވީ ހުރިހާ މަޝްރޫއަކަށް ޖަވާބު ދެއްވަން ފައްޓަވައިފި ނަމަ، ހުރިހާ މެމްބަރުންގެ ސުވާލު އަންނާނެ ކަމަށެވެ. އަދި ސުވާލު ކޮށްފައިވާ މަޝްރޫއާ ގުޅުން ނެތް އެހެން މަޝްރޫއާ ގުޅިގެން ސުވާލު ކުރުމުން ޖަވާބު ދޭން އުނދަގޫ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ފަހުން ގިނަ އެހެން މެމްބަރުން މުއްޠަލިބާ ކުރި ސުވާލަކަށް ޖަވާބު ދޭން ނާޒިމް ފުރުސަތު ދެއްވާފައި ނުވެ އެވެ. ނާޒިމް ވިދާޅުވަމުން ގެންދެވީ މިއަދުގެ ސުވާލާ ގުޅުން ހުރި ދާއިރާގެ ސުވާލަކަށް ނުވާތީ، އެ ސުވާލަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް، ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާ، ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފު، ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ވެސް ނާޒިމް ފުރުސަތެއް ނުދެއްވަ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ މެމްބަރުން ގެންދެވީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ވަޒީރާ ސުވާލު ކުރަނީ ފެނާއި، ނަރުދަމާއާ ގުޅުުން ހުރި މަޝްރޫއުތަކުގެ ސުވާލު ކަމަށާއި، އެ ސުވާލުތަކަށް ފުރުސަތު ދެއްވަން ވާނެ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު