Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2025 އެޕްރީލް 18 ގެ ހާދިސާ

މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް، އެއްވެސް ރައްޔިތަކު ތަފާތެއް ނުކުރާނަން - ރައީސް

ކޮމިޝަނުން ހަޤީޤަތް ހޯދުމުގައި އަދި ބަލަންޖެހޭ ކަމެއް ބެލުމުގައި، އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އެޕްރީލު 2025 | އާދީއްތަ 14:33
މެލޭޝިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށް ވެލާނާ އެއަރޕޯޓުގައި

މެލޭޝިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށް ވެލާނާ އެއަރޕޯޓުގައި

މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް ކަމަށާއި، އިރާދަކުރެއްވިއްޔާ އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެ މަނިކުފާނު މި ޔަޤީންކަން ދެއްވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާ އެކަނި ގެނެސް ދެއްވި އިންޓަރވިއުއްގައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އުފައްދަވާފައިވަނީ ގިނަ ބާރުތަކަކާއެކުގައި ކަމަށާއި އެގޮތުން، މި ކޮމިޝަނަކީ އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ކޮމިޝަނެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ކޮމިޝަނުން ހަޤީޤަތް ހޯދުމުގައި އަދި ބަލަންޖެހޭ ކަމެއް ބެލުމުގައި، އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ކަމަށާއި އެފަދަ ހުރަހެއް ކުރިމަތިވެސް ނުކުރެވޭނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ދެއްވިއެވެ. އަދި އެ ކޮމިޝަނަށް ސުވާލު ނުކުރެވޭނެ ފަރާތެއް، އަދި ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ ކަމަށާއި، ބޭރު ޤައުމަކުން އެހީ ހޯދަން ޖެހުނަސް އެކަން ކުރުމުގެ ބާރުވެސް ދެއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ކުށްކުރި ފަރާތަކީ ކޮބައިތޯ ބަލައި އެފަރާތްތަކަށް، އެއީ ކޮންމެ ފަރާތެއްވިޔަސް، އެފަރާތަކަށް ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިން، އޮންނަ އަދަބެއް ދިނުން، ނޫނިއްޔާ އޮންނަ ގޮތަކަށް އެކަމެއް ކުރުން. އެއްވެސް މީހެއް އަޅުގަނޑަކަށް މުހިންމެއް ނޫން، އެ އިންސާފު ޤާއިމު ކުރުމުގައެއް، ރޫލް އޮފް ލޯ އެސްޓެބްލިޝް ކުރުމުގައެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

އެ މަނިކުފާނުގެ ވާހަކަފުޅުގައި، އެއްވެސް ރައްޔިތަކާއިދޭތެރޭ ތަފާތުކުރުމަކީ އަދި އަނިޔާވެރިވުމަކީވެސް މިއަދާއި ހަމައަށް އައިއިރުގައިވެސް އަދި ކުރިއަށް އޮތްތާނގައިވެސް، އެ މަނިކުފާނުގެ ހަމައެއް ނުވަތަ އުސޫލެއްވެސް ނޫން ކަމަށާއި، މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގައިވެސް އެ މަނިކުފާނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ގެންގުޅުއްވާ އުސޫލަކީ މިކަމުގެ ހަޤީޤަތް ހޯދައި، އިންސާފު ޤާއިމްކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މަސައްކަތާއެކު ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ވަރަށް ޒިންމާދާރު ގޮތެއްގައި މި މައްސަލަ ބަލައި ނިމި، އެއްވެސް މީހަކަށް ތަފާތު ނުކުރެވޭކަން ކަށަވަރު ކުރެވި، ހުރިހާ ސުވާލެއްގެ ޖަވާބު ލިބި، ކަންކަން ސާފުވާން އުންމީދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގައި ހަމަޖެހުމާއި އިންސާފާއި އަދާލަތު ޤާއިމުވެފައި އޮތުން ވަރަށް މުހިންމު ކަމުގައި ފާހަގަކުރެއްވިއެވެ. އަދި، އެއީ ކޮންމެހެން ހާދިސާއެއް ހިނގައިގެން ދިއުމުން އެކަނި ނޫން ކަމަށާއި، ހުރިހާ ދާއިރާއެއްގައިވެސް އެ އިންސާފާއި ޤާނޫނުގެ ވެރިކަމާއި ސުލްހައާއި ހަމަޖެހުން، ހުރިހާ ވަގުތެއްގައިވެސް އޮތުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމުގައި ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން

30 މާރިޗު 2017
ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން
28 މާރިޗު 2017

މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން

28 މާރިޗު 2017
މިއަދުގެ ސަރުކާރަކީ ގަދަ ބާރު ފެކްޝަން: މެންބަރު އަލީ ހުސައިން
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު