Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަކިއްޔާގެ މަރުގެ މައްސަލަ

ޒަކިއްޔާގެ މަރު - އާއިލާއިން އެދުނީ ތަހުގީގުން ފުލުހުން އެކަހެރިކޮށް ކޮމިޝަނެއް އުފެއްދެވުމަށް

27 އެޕްރީލު 2025 | އާދީއްތަ 14:22

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އެޕްރީލު 2025 | އާދީއްތަ 14:22
ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލަމުން ހޮލްހޫދޫގައި ބޭއްވި އެއްވުމުގެ ތެރެއިން

ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލަމުން ހޮލްހޫދޫގައި ބޭއްވި އެއްވުމުގެ ތެރެއިން

ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަޙްޤީޤުން ފުލުހުން އެކެހެރިކޮށްދެއްވައި، ފުލުހުންގެ ތަޙްޤީޤާ ގުޅޭ ޚާއްޞާ އިންކުއަރީއެއް ހައްދަވައިދެއްވައި، މިކަމަށް ޚާއްޞަ ކޮމިޝަނެއް އުފައްވައިދަވައިދެއްވުމަށް އެދިއްޖެއެވެ.

މިކަމަށް އެދިފައިވަނީ ޒަކިއްޔާގެ އާއިލާގެ ފަރާތުން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާމިނަތު ޝަޒިއްޔާއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި އިލްތިމާސުގައި ޝަޒިއްޔާ ވިދާޅުވެފައިވަނީ ބޮޑެތި ޒަޚަމްތަކާއެކު ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނިފައިވަނީ 10 ސެޕްޓެމްބަރ 2024 ގައެވެ. މި މައްސަލަ ތަޙްޤީޤު ކުރުމުގައި ފުލުހުން ވަނީ އިހުމާލުވެފައެވެ. ފުލުހުންގެ އިހުމާލު ފޮރުވުމަށް އެތައް ކަމެއް ވަނީ ކޮށްފައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދަނީ ޒަކިއްޔާ މޫސާ މަރުވީ އަމިއްލަ އަށް ކަމަށް ޢާއިލާ އަށާއި ހޮޅުދޫ ރައްޔިތުންނަށް ވިސްނައި ދިނުމަށެވެ. އިންޞާފު ޤާއިމް ކުރުމަށް ހުރަސްއެޅުމަށް ތަކުރާރުކޮށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

ޒަކިއްޔާ މަރުވިތާ 7 މަސް ފާއިތުވެފައިވާއިރު، ފުލުހުންގެ ފަރާތުން މި މައްސަލާގައި އިންޞާފު ޤާއިމް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. މިހާތަނަށް ރަށުގެ ރައްޔިތުންގެ ފަރާތުން ފަރާތުން ތަޙްޤީޤަށް ބަޔާންދިނުމަށް ޙާޟިރުކުރި ފަރާތްތަކުގެ ބަޔާންތަކުގައިވެސް ހުރީ ފުލުހުން ބޭނުންވާ ގޮތަށް ޢިބާރާތް ހަމަޖައްސާފައި ކަމަށް ބުނެފައިވެއެވެ. އަދި އެމީހުން ދައްކާ ވާހަކައެއް ނުވަތަ ފެނުނު ކަމެއް ފެނުނު ގޮތަކަށް ބަޔާންކޮށްފައިނުވެއެވެ. ބައެއް ހެކިވެރިންގެ ފަރާތުން ވަކި ކަމެއް ހުރީ މިވެނި ގޮތަކަށޭ ބުނުމުން އެކަމާވެސް ފުލުހުން ދެކޮޅު ހަދައި ބަޔާނުގައި އެމީހާ ބުނި ގޮތަކަށް އެކަން ކުރުމަށް އިންކާރު ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ޒަކިއްޔާގެ މަރުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ހޯމް މިނިސްޓަރާއި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ނ. އަތޮޅަށް ދިޔަ ދަތުރުގައި ޒަކިއްޔާ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެއްބަސްވެފައިވާއިރު، މިހާތަނަށް އިހުމާލުވި އެއްވެސް ފުލުހަކާމެދު ފިޔަވަޅު އަޅާފައިނުވެއެވެ. އެމީހުންގެ ތަޙްޤީޤެއްވެސް ހިންގާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އަދި ވާޗުއަލް އޮޓޮޕްސީއެއް ހެދިކަމަށްބުނެވެސް ޢާއިލާ އަށާއި ރައްޔިތުންނަށް އޮޅުވާލި ކަމަށް ވިދާޅުވެފައިވެއެވެ. ވާޗުއަލް އޮޓޮޕްސީ ރިޕޯޓެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި ފުލުހުން ކުރި ކަމަކީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ހޯމް މިނިސްޓަރާއި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ނ. އަތޮޅަށް ދިޔަ ދަތުރުގައި ރައްޔިތުން އަމާޒުކުރި ސުވާލުތައް ލިޔެގެން ފުލުހުން ބޭނުންވާ ފޮޓޯތަކެއް ބަޔަކަށް ފޮނުވައިގެން ސުވާލާއި ޖަވާބުތަކެއް ހޯދުމަށްފަހު ވާޗުއަލް އޮޓޮޕްސީ ރިޕޯޓެއް ހެދިމަށްބުނެ ނިންމާލީ ކަމަށް ޝަޒިއްޔާ ވަނީ ބުނެފައެވެ.

މި ރިޕޯޓު ހޯދުމަށާއި އަދި ތަޙްޤީޤާ ގުޅޭ އެންމެ މަޢުލޫމާތު ހޯދުމަށް ޢާއިލާގެ ފަރާތުން 10 އޭޕްރިލް 2025 ގައި ހޯމް މިނިސްޓްރީ އަށް ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ޖަވާބުދީފައިނުވާ ކަމަށް މި އިލްތިމާސްގައި ފާހަގަކުރައްވާފައިވެއެވެ. އެންމެ ކުޑަމިނުން ސިޓީ ލިބުނު ކަމަށް އެކްނޮލެޖްވެސް ކޮށްނުލާ ކަމަށް ބުނެފައިވެއެވެ.

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަޙުޤީޤުގައި ފުލުހުން ޢަމަލު ކުރިގޮތަށް ބަލާއިރު، ޒަކިއްޔާ މޫސާގެ މަރުގެ ތަޙްޤީޤުގައިވެސް އެއްގޮތަށް ޢަމަލުކޮށް މައްސަލައިގެ ޙަޤީޤަތް ފޮރުވުމަށް މަސައްކަތްކުރާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައިވެއެވެ.

"ހޮޅުދޫގެ ރައްޔިތުންނާއި ޢާއިލާއިން ތިބީ ފުލުހުން ބުނާހާ އެއްޗެއް ޤަބޫލުކުރާ ގޮތަށްނޫނެވެ. ބުއްދި ހަމަޖެހޭ ވާހަކަ ދައްކަން ވާނެއެވެ. އަމިއްލަ އަށް ކަރުގައިވަޅި އަޅާފައިވާ ކަމަށް ބުނާނަމަ ދެ ފަރާތުގައި 8 ސެންޓިމީޓަރަށް ވަޅި އަޅައިގެން ކަރުގެ ނާރުތައް އަމިއްލަ އަށް ވަކިކޮށްލަނީ ނަފްސާނީ ކޮން ބައްޔަކާހެދި ކަމާއި، އެ ބަލީގެ ނަމަކީ ކޮބައިކަންވެސް ބުނެދޭން ޖެހޭނެއެވެ." ޝަޒިއްޔާގެ އިލްތިމާސްގައި ވެއެވެ.

ޒަކިއްޔާ މޫސާ މަރުވެފައިވަނީ އަމިއްލަ އަށް ކަމަށް ބުއްދި ޤަބޫލެއް ނުކުރެވޭ. ވާޗުއަލް އޮޓޮޕްސީ ހެދުމަށް 3ޑީ ސްކޭނެއް ކުރިތޯ ސުވާލުކުރުން އެ ސުވާލަށް ފުލުހުން ޖަވާބުދީފައިނުވޭ. ވާޗުއަލް އޮޓޮޕްސީ ހެދުމަށް ސްކޭން ކުރި ތާރީޚެއް ނުވަތަ ސްކޭން ހެދި ޑޮކްޓަރެއް ބުނެ ނުދޭ. އޮޓޮޕްސީ ހެދުމުގެ ވިސްނުމެއް ނެތް ބަޔަކަށް އޭގެ 6 މަސްފަހުން ވާޗުއަލް އޮޓޮޕްސީގެ ހެދުމުގެ ބޭނުމަށް އެފަދަ ސްކޭންތަކެއް ނެގޭނެ ގޮތެއް ފުލުހުންނަށް ބުނެ ދެވިފައިނުވޭ. މަރުވީ އަމިއްލަ އަށް ކަމަށް ބުނާއިރު، އަމިއްލަ އަށް މަރުވާން މެދުވެރިވި ސަބަބެއްވެސް ބުނެ ނުދެވޭ.
ޝަޒިއްޔާ - ޒަކިއްޔާ އެއްބަނޑު އެއްބަފާ ކޮއްކޮ

ރަށު ރައްޔިތުންގެ ފަރާތުން ހެކިބަސްދީފައިވާ ބައެއް މީހުންގެ ހެކިބަހުގައި މި މައްސަލާގައި ގެވެށި އަނިޔާ އަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިއިރު އެކަމުގައި ތުހުމަތުކުރެވޭ ފަރާތަކާ ސުވާލުކޮށްފައިނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ މީހެއްގެ ފޯނު ބަލައި ތަޙްލީލުކޮށްފައިނުވާއިރު އެންމެ ކުޑަމިނުން ތުހުމަތުގައި ސުވާލެއްވެސް ކޮށްފައިނުވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ޒަކިއްޔާ މޫސާގެ އަމިއްލަ ދުލުން ފިރިމީހާ މުޙައްމަދު ރަޝީދު ޢުމަރު ޒަކިއްޔާ މޫސާ އަށް މީގެ ކުރީގައި ގެވެށި އަނިޔާ ކޮށްފައިވާ ކަމަށް ހެކިވެރިޔާ ގާތު ކިޔާދީފައިވާ ކަމަށް ފުލުހުންގެ ތަޙްޤީޤަށް ބަޔާން ދީފައިވޭ. މި އަނިޔާތަކާހެދި ފިރިމީހާ އާ ދުރަށް ދާން ބޭނުންވާ ކަމަށް ޒަކިއްޔާ މޫސާ ހެކިވެރިޔާ އަށް ކިޔާ ދިނީ ރޮމުން ކަމަށް ހެކިވެރިޔާ ބުނެފައިވޭ. އަދި ޢާންމު ގޮތެއްގައި އަނިޔާ ކުރަނީ ރޭގަނޑު ގަޑީގައި ކަމަށާއި، ކޮޓަރީގައި އަނިޔާ ކުރާތީ އެ އަނިޔާތަކާ ދުރަށް ދިއުމަށްޓަކައި އެ ގެޔާ ކައިރީގައި އޮންނަ އަތިރިމަތީގައި ހުންނަ ނިކަ ގަހެއް ކައިރީގައި ޒަކިއްޔާ ހުންނަ ކަމަށާއި، މިގޮތުން އެތައްރެއަކު އެ ނިކަގަސް ކައިރީގައި ހުއްޓާ މުޙައްމަދު ރަޝީދު ޢުމަރު އެތަނަށް ގޮސް، ޒަކިއްޔާ ނަގައި ނިކަގަހުގެ މޫތަކާ ދިމާލަށް އެއްލާލި ކަމަށާއި، އަދި އޭގެ ފަހުން ޒަކިއްޔާގެ އިސްތަށިގަނޑުގައި ހިފައި އިސްތަށިގަނޑު އަތަށް އޮޅާލުމަށްފަހު ގޮނޑުދޮށާ ދިމާލުން ގެއާ ހަމައަށް 250 ފޫޓު ދުރުމިނަށް އެގޮތަށް ދަމާ ގެންދިޔަކަމަށް ހެކިވެރިޔާ ގާތުގައި ޒަކިއްޔާ މޫސާ ކިޔާދީފައިވާ ކަމަށް މި ހެކިވެރިޔާ ތަޙްޤީޤަށް ބަޔާންދީފައިވޭ.
ޝަޒިއްޔާ - ޒަކިއްޔާ އެއްބަނޑު އެއްބަފާ ކޮއްކޮ

ޒަކިއްޔާ މޫސާ މަރުވިއިރު ކޮނޑު ހުޅަށް ލިބިފައިވާ ގެއްލުމަކީވެސް މިފަދަ ގެވެށި އަނިޔާގެ ޝިކާރައަކަށްވުމުން ލިބިފައިވާ ގެއްލުމެއްކަން ތަޙްޤީޤަށް މީހުން ކިޔާދީފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ފުލުހުންގެ ފަރާތުން ހަމައެކަނި މަސައްކަތްކުރަނީ ޒަކިއްޔާ މޫސާ އަމިއްލަ އަށް މަރުވީ ކަމަށް ދެއްކުމަށް ކަމަށާއި، ކަމުގެ ޙަޤީޤަތް ހޯދުމަށް ބޭނުން ނުވާ ކަން ފާހަގަކޮށްފައިވެއެވެ. އޭގެ ބަދަލުގައި ފެންނަނީ ކަންކަން ފޮރުވަން މަސައްކަތްކުރާ ތަން ކަމަށް މި އިލްތިމާސްގައި ފާހަގަކޮށްފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މި މައްސަލަ ތަޙްޤީޤުކުރާ ކަމަށްބުނި ނަމަވެސް އޭގެ ފަހުންވެސް 7 މަސް ފާއިތުވެ ކުރެވުނު ތަޙްޤީޤެއް ހޯދުނު ކަމެއް ނެތް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އިންޞާފަށް ސަލާންޖަހަންދާނެ އިތުރު ތަނެއް މި ޤައުމުގައި ނެތް ކަމަށް ވެސް މި އިލްތިމާސްގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އަށް ޢާއިލާގެ ފަރާތުންކުރާ އިލްތިމާސް އަކީ، މި މައްސަލައިގެ ތަޙްޤީޤުން ފުލުހުން އެކެހެރިކޮށްދެއްވައި، ފުލުހުންގެ ތަޙްޤީޤާ ގުޅޭ ޚާއްޞާ އިންކުއަރީއެއް ހައްދަވައިދެއްވައި، މިކަމަށް ޚާއްޞަ ކޮމިޝަނެއް އުފައްވައިދަވައިދެއްވުމަށް ކަމަށް ޝަޒިއްޔާގެ އިލްތިމާސްގައި ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް