Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުލެއް ނުކުރާނަން އިހްތިޖާޖް

ޔުމްނުއަށް އިންސާފު ހޯދުމަށް ފުލުހުންގެ އިދާރާ ކައިރިއަށް ގިނަ ބަޔަކު އެއްވެއްޖެ

24 އެޕްރީލު 2025 | ބުރާސްފަތި 16:30

މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސީޕީގެ އިސްތިއުފާއަށްވެސް ގޮވާލަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 އެޕްރީލު 2025 | ބުރާސްފަތި 16:30
ޔުމްނު އަށް އިންސާފް ހޯދުމަށް ކުރިއަށްގެންދާ އިޖްތިޖާޖް

ޔުމްނު އަށް އިންސާފް ހޯދުމަށް ކުރިއަށްގެންދާ އިޖްތިޖާޖް

ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ފުލުހުންގެ އިދާރާ ކައިރިއަށް އެއްވެ ގިނަ ބަޔަކު އިހްތިޖާޖްކުރަން ފަށައިފި އެވެ.

'ދުލެއް ނުކުރާނަން' މިނަމުގައި ކުރިއަށްގެންދާ އިހްތިޖާޖްގެ ބައިވެރިން ވަނީ މިކަމުގައި ޒިންމާވާނީ ކާކުތޯ އާއި މެދު ސުވާލު އުފައްދާފައެވެ. 'ދުލެއް ނުކުރާނަން' މިނަމުގައި ޔުމްނުއަށް އިންސާފް ހޯދައިދިނުމަށް ކުރިއަށް ގެންދާ އިހްތިޖާޖުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.

Advertisement - newsAdvertisement

އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ކައިރީގައި ކުރިއަށްދާ މި އިޙްތިޖާޖުގައި ބައިވެރިން ގޮވާލާފައި ގޮވާލާފައިވަނީ، މިހާދިސާ ތަޙްޤީޤް ކުރަން ތިބި ފުލުހުން ކޮބައިތޯއާއި މިހާދިސާ ތަހްގީގް ކުރުމުގައި ފުލުހުން ފެއިލްވެފައިވާ ކަމަށެވެ. އަދި ހައްވާ ޔުމްނާ މަރުވާން ދޫކޮށްލި މީހުން ހައްޔަރު ކުރުމަށާއި މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް ހައްޔަރުކޮށް އިންސާފް ހޯދައިދިނުމަށެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއު ވިދާޅުވީ މިހާދިސާގެ ތަހްގީގް ލަސްކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި ބުދަ ދުވަހުރޭ އިހްތިޖާޖްކުރަން ފުރުޞަތު ދިނީ މިކަންކަމުގައި ހުރި ސީއަރަސްކަން ހުރިހާ ފުލުހުންނަށްވެސް އަންގައިދިނުމުގެ ގޮތުން ކަމަށެވެ. އަދި މިފަދަ ޝުއޫރުތައް ފުލުހުން ބަލައިގަންނާނެ ކަމަށް ސީޕީ ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސީޕީގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެއެވެ.

ޔުމްނު އަމިއްލައަށް ފުންމާލީ ކަމަށް ފުލުހުން ބުނެފައިވާ ވާހަކަތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެއެވެ. ފުލުހުން ކިޔައިދިން ގޮތުގައި އެރޭ ޔުމްނުއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.

މި ހާދިސާއާ ގުޅޭ ގިނަ މައުލޫމާތު ފުލުހުން ހެއްކާއެކު ދައްކާފައިވާއިރު، ހެކީގެ ގޮތުގައި އަޑާއެކު ދެއްކީ ސީސީޓީވީ ފުޓޭޖުތަކެކެވެ. އަދި މިމައްސަލާގައި ހައްވާ ޔުމްނު ރަޝީދާއެކު އުޅުނު، ރައުދު އަހުމަދު ޒިލާލު ވަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ތަޙްގީގު ލަސްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފުލުހުންގެ އިދާރާއަށް ފާޑުކިޔަމުންނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް