Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާ

ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅުންހުރި 8 މީހުންގެ ވަނަވަރު އާއްމުކޮށް، ސީސީޓީވީ ފުޓޭޖް އާއްމުކޮށްފި

24 އެޕްރީލު 2025 | ބުރާސްފަތި 08:16

މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި، އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ދަނީ ފާސްކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 24 އެޕްރީލު 2025 | ބުރާސްފަތި 08:16
ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޔުމްނު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހ. ފެންޓެނޯއީ ގޭގެ މަތިން ގެ އެއްގެ ފުރާޅަށް، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން އެރޭ މަސްތުގެ ހާލަތުގައި ޕާޓީ ކުރި ކަމަށް ތުހުމަތުކުރެވޭ 8 މީހުންގެ ވަނަވަރު އާއްމުކޮށް ސީސީޓީވީ ފުޓޭޖް އާއްމުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޔުމްނު އަދި ރައުދު އަހުމަދު ޒިލާލް ފެންޓެނޯއީ ގޭގެ ސިޑިގޮޅީގައި ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ލައިޓް ޓީވީގައި އާއްމުކޮށްފައެވެ.

Advertisement - newsAdvertisement

މި ހާދިސާއާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ.

ޔުމްނުއާއެކު އެރޭ އުޅުނު މީހުން ހައްޔަރުނުކުރި ސަބަބާ ގުޅޭގޮތުން ސީޕީ ޝުޖާއު ވިދާޅުވީ އެމީހުން ހައްޔަރު ނުކޮށް ތިބި 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ނުފޮނުވިދާނެތީ ކަމަށާއި، އެމީހުން ހައްޔަރު ކޮށްގެން 30 ދުވަހުގެ ތެެރޭގައި ތަހުގީގު ނުނިންމިއްޖެ ނަމަ އެ މައްސަލަ އަތުން ދޫވެގެންދާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްތުގެ ހާލަތުގައި ޕާޓީކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ 8 މީހެއްގެ ވަނަވަރު ވަނީ އާއްމުކޮށްފައެވެ.

  1. ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ
  2. އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
  3. އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ (ޓްރާންސްޕޯޓް މިނިސްޓަރު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް؛ މިއަދާ ހަމައަށް ހުރީ ރައީސް އޮފީހުގެ މަގާމެއްގައި)
  4. ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ (އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް)
  5. ޔޫސުފް ޔައްސާރު އަބްދުއްގަފޫރު، 28، ހ. މީނާޒް
  6. އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
  7. ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ
  8. އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ
މަސްތުގެ ހާލަތުގައި ޕާޓީކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ 8 މީހުން

މަސްތުގެ ހާލަތުގައި ޕާޓީކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ 8 މީހުން

ސީޕީ ޝުޖާއު ވިދާޅުވީ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށް ފުލުހުންނަށް އިތުރަށް ވަގުތު ބޭނުންވާ ކަމަށާއި، ބޭރުގެ އެހީތެރިކަން ހޯދާނެ ކަމަށެވެ.

މި ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހަސަން ކުރުސީ އެކައުންޓުން އެކްސްގައި ހާމަކުރުމާ ގުޅިގެން 22 އޭޕްރީލް 2025 ވީ އަންގާރަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޔުމްނާއާ އެކު އެރޭ އިތުރު ހަތް މީހަކު އުޅުނު ކަމަށާއި، އެއީ، ޖުމްލަ ތިން އަންހެނުންނާއި ފަސް ފިރިހެނުން ކަމަށެވެ.

ޔުމްނު އަމިއްލައަށް ފުންމާލީ ކަމަށް ފުލުހުން ބުނެފައިވާތީ، އެ ވާހަކަތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އަދި މި ހާދިސާގައި ހިމެނޭ އަންހެން ކުއްޖާގެ ނަމާއި އެޑްރެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކުރި އިރު، ހާދިސާގައި ޝާމިލުވާ އިތުރު އެއްވެސް މީހެއްގެ ވަނަވަރު ފުރަތަމަ ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2018

އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، ހޭނެތިގެން މިއަދު ވެއްޓުނު: މޫސާ ސިރާޖު

13 ފެބުރުއަރީ 2018
އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، ހޭނެތިގެން މިއަދު ވެއްޓުނު: މޫސާ ސިރާޖު
04 އޮކްޓޯބަރު 2017

ވެއްޓުނު ސީ ޕްލޭން ނަގައިފި

04 އޮކްޓޯބަރު 2017
ވެއްޓުނު ސީ ޕްލޭން ނަގައިފި
05 އޯގަސްޓު 2017

އެމްއެމްއޭގެ ހިތްވަރު ގަދަ ޒުވާނަކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ސަލާމަތް ކޮށްފި!

05 އޯގަސްޓު 2017
އެމްއެމްއޭގެ ހިތްވަރު ގަދަ ޒުވާނަކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ސަލާމަތް ކޮށްފި!
05 އޯގަސްޓު 2017

ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓުނު ޒުވާނާ ހޮސްޕިޓަލުން ދޫކޮށްލައިފި

05 އޯގަސްޓު 2017
ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓުނު ޒުވާނާ ހޮސްޕިޓަލުން ދޫކޮށްލައިފި
31 ޖުލައި 2017

މަޖިލީހުގެ ފާޚާނާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާދަމާގެ ޖަލްސާ ކެންސަލް ކޮށްފި

31 ޖުލައި 2017
މަޖިލީހުގެ ފާޚާނާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާދަމާގެ ޖަލްސާ ކެންސަލް ކޮށްފި
15 ޖުލައި 2017

ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާއި ގުޅުންހުރި ހަޤީޤީ މައުލޫމާތުތަކެއް ހާމަކުރަނީ

15 ޖުލައި 2017
ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާއި ގުޅުންހުރި ހަޤީޤީ މައުލޫމާތުތަކެއް ހާމަކުރަނީ
13 ޖޫން 2017

ކާށީގެ އަގު ވެއްޓުނު އިރު ކަރާގެ އަގު އުފުލިއްޖެ

13 ޖޫން 2017
ކާށީގެ އަގު ވެއްޓުނު އިރު ކަރާގެ އަގު އުފުލިއްޖެ
28 މެއި 2017

ޓީއެމްއޭގެ ބޯޓު ވެއްޓުނު މައްސަލަ ތަހުގީގް ކުރަން ފަށައިފި

28 މެއި 2017
ޓީއެމްއޭގެ ބޯޓު ވެއްޓުނު މައްސަލަ ތަހުގީގް ކުރަން ފަށައިފި
22 މެއި 2017

ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

22 މެއި 2017
ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް