Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ޗައިނާ

 ޗައިނާއާ އެކު ކުރިއަށް ގެންދާ ވިޔަފާރި މަޝްވަރާތަކުގައި "ރަނގަޅަށް" ކަންތައް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވިދާޅުވީ ދެފަރާތުން ވެސް ރަނގަޅަށް ކަންތައް ކުރައްވާނެ ކަމަށާއި، ޗައިނާ އިން ކޮންމެ ވެސް އިރަކުން އެއްބަސްވުމަކަށް އަންނަން ޖެހޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އެޕްރީލު 2025 | ބުރާސްފަތި 09:12
ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެން ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ

ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެން ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ

އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރިއަށް ގެންދާ ވިޔަފާރި މަޝްވަރާތަކުގައި ރަނގަޅަށް ކަންތައް ކުރައްވާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިއީ ދެ ގައުމުގެ ވިޔަފާރީގެ ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ ރައީސް ދެއްކެވި އެންމެ އުންމީދީ ވާހަކަތަކެވެ.

އެމެރިކާގެ ވޮޝިންގްޓަން ގައި ބުދަ ދެއްކެވި ވާހަކަފުޅު ގައި ޓްރަމްޕް ވިދާޅުވީ ދެފަރާތުން ވެސް ރަނގަޅަށް ކަންތައް ކުރައްވާނެ ކަމަށާއި، ޗައިނާ އިން ކޮންމެ ވެސް އިރަކުން އެއްބަސްވުމަކަށް އަންނަން ޖެހޭނެ ކަމަށެވެ.

އެހެން ނޫން ނަމަ، އެމެރިކާ ގައި ވިޔަފާރި ކުރުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ޓްރަމަޕް ވިދާޅުވި އެވެ. ނަމަވެސް ޗައިނާ އިން ވަނީ މަޝްވަރާތަކަށް އެއްބަސްވުމުގެ ކުރިން އެމެރިކާގެ ސަރުކާރުން ބައެއް ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ބުނެފަ އެވެ. 

ޚާއްޞަކޮށް އެމެރިކާގެ ސަރުކާރުގެ އިސް ވެރިން ޗައިނާއާ ދެކޮޅަށް ދައްކާ ވާހަކަތައް ހުއްޓުވުމަށް ގޮވާލާފައިވެ އެވެ. މީގެ ކުރިން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ "ޗައިނާގެ ދަނޑުވެރިން" އާ ބެހޭ ގޮތުން ނުތަނަވަސް ވާހަކަތަކެއް ދައްކަވައިފަ އެވެ.

އެކަމާ ގުޅިގެން ޗައިނާގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ އެއީ "ޖާހިލު އަދި ނުރަނގަޅު" ބަސްތަކެއް ކަމަށެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުވެ، ވިޔަފާރީގެ ހަނގުރާމަ ނިމުމަކަށް އަންނާނެކަމުގެ އުންމީދު މި ވަގުތު އޮތްކަމަށް ބެލެވޭ ކަމުގަައި މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު