Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު އަމީން

"އަޅުގަނޑު ދިރިއުޅޭ ޢިމާރާތުގައި އެއްވުމެއް ބޭއްވި، މި އެއްވުމުގައި އަޅުގަނޑުގެ ދެ ކޮއްކޮ ބައިވެރިވި"

އަމީން ދިރިއުޅޭ ޢިމާރާތުގައި އެއްވުމެއް ބޭއްވި ކަމަށާއި މި އެއްވުމުގައި އޭނާގެ ދެ ކޮއްކޮ ބައިވެރިވާ ކަމަށް އޭނާ އިއުތިރާފްވެއްޖެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 އެޕްރީލު 2025 | ބުދަ 19:42
ޓްރާންސްޕޯޓް މިނިސްޓަރ އަމީން

ޓްރާންސްޕޯޓް މިނިސްޓަރ އަމީން

18 އޭޕްރިލް ވީ, ހުކުރު ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ޓްރާސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ދިރިއުޅޭ ޢިމާރާތުގައި އެއްވުމެއް ބޭއްވި ކަމަށާއި މި އެއްވުމުގައި އޭނާގެ ދެ ކޮއްކޮ ބައިވެރިވާ ކަމަށް އޭނާ އިއުތިރާފްވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ މިނިސްޓަރ އަމީން ކުރެއްވި ޓުވީޓެއްގައި ބުނެފައިބަނީ އެ ދުވަހުގެ ހާދިސާތަކާ ގުޅިގެން އެ ދެ ކުދިންނާއި ސުވާލުކުރުމަށް ގެންދެވުނު ކަމަށާއި މި ކުދިން އެއްވި އިމާރާތަކީ އަމިއްލައަށް މިލްކުކޮށްފައިވާ ޢިމާރާތެއް ނޫން ކަމަށެވެ. އަދި މިއީ އޭނާގެ އެއްބަނޑު އެއްބަފާ 3 މީހުންނާ އެކު ހިއްސާވާ ޢިމާރާތަކަށްވާއިރު، މި އެއްވުން ބޭއްވުނީ އޭނާގެ ގެ ނުވަތަ އެޕާޓްމަންޓުގެ ތެރޭގައެއް ނޫން ކަމަށް އަމީން ވިދާޅުވެފައިވެއެވެ. އަދި މި އެއްވުމާ ބެހޭ އެއްވެސް މަޢުލޫމާތެއް އޭނާއަށް ލިބިފައިނުވާ ކަމަށާއި އޭނާ ގެ ނުވަތަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އަމީން ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

މި ކަންކަމާއި ބެހޭ މަޢުލޫމާތު އޭނާއަށް ލިބިފައިވަނީ ހުކުރު ދުވަހުގެ (18 އޭޕްރިލް) ހަވީރުގެ ވަގުތުގައި ކަމަށާއި ޤާނޫނު ތަންފީޒުކުރުމާއި ތަޙުޤީޤު ކުރުމާ ގުޅޭ އެއްވެސް މެންޑޭޓެއް ސަރުކާރުގައި އޭނާގެ ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި މި ދުވަހާ ހަމައަށްވެސް، މިމައްސަލައާ ގުޅޭގޮތުން ތަޙުޤީޤާ ބެހޭ އަޕްޑޭޓްތައް ހޯދުމަށް، ނުވަތަ އެއްވެސް ތަޙުޤީޤަކަށް ނުފޫޒު ފޯރުވުމަށް، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ނުވަތަ ސަރުކާރުގެ، އެހެން އެއްވެސް ފަރާތެއްގެ އެއްވެސް މީހަކަށް ފޯނުކޮށް ނުވަތަ ގުޅާފައެއް ނުވާނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. މިއީ ނުފޫޒު ފޯރުވުމުގެ ތުހުމަތުން ދުރުހެލިވުމަށްޓަކައި ކުރެއްވި ކަމެއް ކަމަށާއި މިކަމާ ޚިލާފަށް ސޯޝަލް މީޑިއާގައި ކުރެވޭ ޕޯސްޓުތަކަކީ އެއްވެސް އަސާސެއް ނެތް، މުޅިން ދޮގު ވާހަކަތަކެއް ކަމަށް އަމީން ވިދާޅުވެފައި ވެއެވެ.

އަދި ދިރިހުރުމަށްޓަކައި ހަނގުރާމަ ކުރަމުންދާ 21 އަހަރުގެ ޒުވާން އަންހެން ކުއްޖާއަށް ހިތުގެ އެންމެ ފުންމިނުން ހަމްދަރުދީ ފާޅުކޮށް، އޭނާ އަވަހަށް ފުރިހަމައަށް ރަނގަޅުވުމަށް ދުޢާ ކުރާ ކަމަށް އަމީން ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި އަމީން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ދަނީ ވާހަކަ ދައްކަވަމުންނެއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު