Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަތުން

މަސްޖިދުއް ނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގަންނަވައިފި

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދަޢުވަތަކަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 21 އެޕްރީލު 2025 | ހޯމަ 13:47
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވުން

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވުން

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހުގެ މެންދުރު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އިމާމު ޑރ. ޞަލާޙުލް ބުދައިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ.

ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދަޢުވަތުގައި ކުރައްވަވާ ދަތުރުފުޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ

އަދި ވަޒީރު ޝަހީމް އާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި، ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އާއި ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އަދި ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، މިމަހުގެ 23 ވާ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާނީވެސް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުރައިދުކަމަށް މިނިސްތްރީން ވަނީ ބުނެފައެވެ.

އަދި ޢިޝާ ނަމާދަށްފަހު ޚާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ޑރ. ޞަލާޙުލް ބުދައިރުކަމުގައި މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2019

ރާއްޖޭގެ އިމާމުންނަށް މޮރޮކޯއިން ތަމްރީން ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

15 ނޮވެމްބަރު 2019
ރާއްޖޭގެ އިމާމުންނަށް މޮރޮކޯއިން ތަމްރީން ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
14 ޑިސެމްބަރު 2018

ހަތަރު އަހަރަށްފަހު އިސްލާމީ މަޒުކަޒުގައި އިމާމުވެ، އިލްޔާސް ހުކުރު ކުރައްވަނީ

14 ޑިސެމްބަރު 2018
ހަތަރު އަހަރަށްފަހު އިސްލާމީ މަޒުކަޒުގައި އިމާމުވެ، އިލްޔާސް ހުކުރު ކުރައްވަނީ
02 ސެޕްޓެމްބަރު 2018

ފިތުނައިގެ އަސްލަކަށް މިސްކިތުގެ އިމާމުން ވެގެންނުވާނެ: މިނިސްޓަރު ބާގިރު

02 ސެޕްޓެމްބަރު 2018
ފިތުނައިގެ އަސްލަކަށް މިސްކިތުގެ އިމާމުން ވެގެންނުވާނެ: މިނިސްޓަރު ބާގިރު
17 އޯގަސްޓު 2018

އިމާމުންނަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކާތީ ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފި

17 އޯގަސްޓު 2018
އިމާމުންނަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކާތީ ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފި
15 އޯގަސްޓު 2018

ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި

15 އޯގަސްޓު 2018
ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު