Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސްކިތްތަކަށް ގެއްލުން ދިނުން

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް

25 ނޮވެމްބަރު 2025 | އަންގާރަ 08:28

މިސްކިތްތަކަށް ގެއްލުންދިނުން މިހާރު އާންމުވެފައިވާތީ އެކަން ހުއްޓުވުމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ބިލު ހުށަހަޅާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ނޮވެމްބަރު 2025 | އަންގާރަ 08:28
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށަހަޅުއްވާފައި ވަނީ ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް އިސްލާހު ގެނައުމަށެވެ. އޭނާ އެ ބިލު ހުށަހެޅުއްވީ ހޯމަ ދުވަހު އެވެ.

Advertisement - newsAdvertisement

މެމްބަރު ކުޑޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭ ވާހަކަ އާންމުކޮށް ނުދެއްކި ނަމަވެސް މިސްކިތްތަކަށް ގެއްލުން ދިނުން މިހާރު އާންމުވެފައިވާ ކަމަށެވެ. ބިލު ހުށަހެޅީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކު މީޑިއާތަކުގެ ފަލަ ސުރުހީއަށް ނޭރި ނަމަވެސް، މިސްކިތްތަކަށް ގެއްލުންދިނުން އާންމުވެއްޖެ. މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ބިލު ހުށަހަޅާ ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫއަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާންކޮށްފައި ވާއިރު، ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ޤައުމުގައި، މިސްކިތްތަކަށް ގެއްލުން ދިނުން ޢާންމުވެ އެފަދަ ޢަމަލުތައް ތަކުރާރުވަމުންދާތީ އެކަން ހުއްޓުވުމެވެ.

މީގެ އިތުރުން، އެފަދަ ޢަމަލުތަކަކީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއް ކަމަށާއި، މިސްކިތުގެ ކަރާމަތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމެއްކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އެ ބިލު ހުށަހަޅަނީ އެފަދަ ޢަމަލުތައް ޓެރަރިޒަމްގެ ޢަމަލުތަކުގެ ތެރޭގައި ހިމެނުމަކީ މުހިންމު ކަމެއްކަމަށް ޤާބޫލު ކުރާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މުހައްމަދު އިބްރާހިމް (ކުޑޫ)ގަލޮޅު ދެކުނު ދާއިރާޓެރަރިޒަމްމިސްކިތް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
29 ނޮވެމްބަރު 2025

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު
28 ނޮވެމްބަރު 2025

ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

28 ނޮވެމްބަރު 2025
ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
26 ނޮވެމްބަރު 2025

ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

26 ނޮވެމްބަރު 2025
ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް
25 ނޮވެމްބަރު 2025

ދެ އަހަރު ވީއިރު ސަރުކާރުގެ އަޑު ގަދަ، އިވެންޓުތައް ބޮޑު، ކުލަ ގަދަ އެކަމަކު ނަތީޖާ ސުމެއް: ކުޑޫ

25 ނޮވެމްބަރު 2025
ދެ އަހަރު ވީއިރު ސަރުކާރުގެ އަޑު ގަދަ، އިވެންޓުތައް ބޮޑު، ކުލަ ގަދަ އެކަމަކު ނަތީޖާ ސުމެއް: ކުޑޫ
11 ނޮވެމްބަރު 2025

އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި

11 ނޮވެމްބަރު 2025
އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި
04 ނޮވެމްބަރު 2025

ސަރުކާރަށް ދެ އަހަރު ވަނީ ވާނުވާ ބަންދުގެ މައްސަލައިގައި ހަމަ ފެންހިފޭ އެއްކަމެއް ވެސް ނުކޮށް: މީކާއިލް

04 ނޮވެމްބަރު 2025
ސަރުކާރަށް ދެ އަހަރު ވަނީ ވާނުވާ ބަންދުގެ މައްސަލައިގައި ހަމަ ފެންހިފޭ އެއްކަމެއް ވެސް ނުކޮށް: މީކާއިލް
11 އޮކްޓޯބަރު 2025

ޓެރަރިސްޓް ހަމަލާ އެއް ރާއްޖޭގައި ދީފާނެ ކަމުގެ ޚަބަރު ދުނިޔޭގެ މީޑިއާ ގައި، ދިވެހި ސަރުކާރު ހަނު!

11 އޮކްޓޯބަރު 2025
ޓެރަރިސްޓް ހަމަލާ އެއް ރާއްޖޭގައި ދީފާނެ ކަމުގެ ޚަބަރު ދުނިޔޭގެ މީޑިއާ ގައި، ދިވެހި ސަރުކާރު ހަނު!
09 އޮކްޓޯބަރު 2025

ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވާން އެމެރިކާ އިން ބުނެފި

09 އޮކްޓޯބަރު 2025
ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވާން އެމެރިކާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް