Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލް އާއި ޗެލްސީ ވަރުގަދަ ގްރޫޕްތަކަށް

25 އޯގަސްޓު 2017 | ހުކުރު 07:00

ރެއާލް ވާދަ ކުރަން ޖެހޭނީ ޓޮޓެންހަމްއާއި ޑޯޓުމަންޑުގެ އިތުރުން އެޕޮއެލްއާ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 އޯގަސްޓު 2017 | ހުކުރު 07:00
ޗެމްޕިއަންސް ލީގުގެ ގްރޫޕްތައް ބެހިފައިވާ ގޮތް

ޗެމްޕިއަންސް ލީގުގެ ގްރޫޕްތައް ބެހިފައިވާ ގޮތް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިނގިރޭސި ޗެމްޕިއަން ޗެލްސީ ވަރުގަދަ ގްރޫޕްތަކުގައި ލައްވާލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފްރާންސްގެ މޮނާކޯގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ޔުއެފާއިން ވަނީ މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި 32 ޓީމް ވާދަކުރާނެ ގްރޫޕްތައް ކަނޑައަޅާފައެވެ.

އަށް ގްރޫޕަށް ޓީމުތައް ބަހާލެވިގެން ދިޔައިރު އެންމެ ވަރުގަދަ ގްރޫޕްތަކުގެ ގޮތުގައި ގިނަ ބަޔަކު ދެކެނީ ގްރޫޕް ސީ އާއި ގްރޫޕް ޑީއެވެ.

އެގޮތުން ގްރޫޕް ސީގައި ހިމެނެނީ އިނގިރޭސި ޗެމްޕިއަން ޗެލްސީ އާއި ސްޕެއިންގެ އެޓްލެޓިކޯ އާއި އިޓަލީގެ ރޯމާގެ އިތުރުން އަޒެރްބައިޖާންގެ ގަރަބާގް ފުޓުބޯޅަ ކްލަބެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަން ރެއާލް މެޑްރިޑު އޮތީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމަންޑާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމްގެ އިތުރުން ސައިޕްރަސްގެ އެޕޮއެލް ނިކޯސިއާއި އެކު ގްރޫޕް އެޗްގައެވެ.

މިދިޔަ ސީޒަނުގައި ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް އޮތީ ޕޯޗުގަލްގެ ބެނެފީކާ އާއި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އާއި ސުއިޒަލޭންޑުގެ އެފްސީ ބަސެލްއާ އެކު ގްރޫޕް އޭގައެވެ. ގްރޫޕް ބީގައި ހިމެނެނީ ވަރުގަދަ ބަޔާން މިއުނިކާއި ފްރާންސްގެ ޕީއެސްޖީ، ސްކޮޓްލެންޑުގެ ސެލްޓިކް އަދި ބެލްޖިއަމްގެ އެންޑަލެކްޓެވެ.

ގްރޫޕް ޑީގައި ވަރުގަދަ ބާސެލޯނާ އާއި ޔުވެންޓަސްގެ އިތުރުން އޮތީ ގްރީސްގެ އޮލިމްޕިއާކޯސް އާއި ޕޯޗުގަލްގެ ސްޕޯޓިންއެވެ. ގްރޫޕް އީގައި އޮތީ ލިވަޕޫލް އާއި ސެވިއްޔާގެ އިތުރުން ރަޝިއާގެ ސްޕާޓަކް މޮސްކޯ އާއި ސްލޮވޭނިއާގެ މަރިބޯއެވެ.

ގްރޫޕް އެފްގައި ހިމެނެނީ މެންޗެސްޓާ ސިޓީ އާއި އިޓަލީގެ ނަޕޯލީ އާއި ޔޫކްރެއިންގެ ޝަކްތަރް ޑޮނެސްކޭގެ އިތުރުން ނެދަލޭންޑްސްގެ ފެޔަނޫދްއެވެ. ގްރޫޕް ޖީގައި މޮނާކޯ އާއި ޕޯޓޯ އަދި ބެސިކްޓަސްގެ އިތުރުން ހިމެނެނީ މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޖަރުމަނުގެ ލީޕްޒިގްއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުތައް ކުޅޭނީ ސެޕްޓެމްބަރު މަހުގެ 12 އަދި 13 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނަކީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް