Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާޝް މުހައްމަދު އިނާޒް

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

އެއީ ހދ. މަކުނުދޫ ދެމެފިރިހެއްގެ އެންމެ ހަގު ދަރިފުޅެވެ. ކުއްޖާގެ މަންމަ ރޮށި ފިހަން ހުރިއިރު، އެންމެ 8 މަހުގެ ތުއްތު އާޝް މުހައްމަދު އިނާޒް ބަނދިގޭގައި ކޮށި ދުއްވަމުންދިޔައީ ވަރަށް މަޖަލާ ފޯރީގައެވެ. ނަމަވެސް އެފޯރީގައި އުޅެމުންދިޔަ ކުއްޖާގެ ހިނިތުވުން ރުއިމަށް ބަދަލުވެގެންދިޔައީ އެކުއްޖާގެ ގަޔަށް ކުރާ ބަންޑުންވެ ވަރަށް ބޮޑަށް ފިހުމުންނެވެ. އަދި އެކުއްޖާއަށް ފަރުވާ ދިނުމުގައި އެރަށުގެ ސިއްހީ މަރުކަޒުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 17 އެޕްރީލު 2025 | ބުރާސްފަތި 08:22
މަކުނުދޫ ސިއްހީ މަރުކަޒު

މަކުނުދޫ ސިއްހީ މަރުކަޒު

އެއީ ހދ. މަކުނުދޫ ދެމެފިރިއެއްގެ އެންމެ ހަގު ދަރިފުޅެވެ. ކުއްޖާގެ މަންމަ ރޮށި ފިހަން ހުރިއިރު، އެންމެ 8 މަހުގެ ތުއްތު އާޝް މުހައްމަދު އިނާޒް ބަނދިގޭގައި ކޮށި ދުއްވަމުންދިޔައީ ވަރަށް މަޖަލާ ފޯރީގައެވެ. ނަމަވެސް އެފޯރީގައި އުޅެމުންދިޔަ ކުއްޖާގެ ހިނިތުވުން ރުއިމަށް ބަދަލުވެގެންދިޔައީ އެކުއްޖާގެ ގަޔަށް ކުރާ ބަންޑުންވެ ވަރަށް ބޮޑަށް ފިހުމުންނެވެ.

މިމަހުގެ 15 ވީ އަންގާރަ ދުވަހު ފަތިހު މިހާދިސާ ހިނގި ގޮތް އާއިލާއިން ރާއްޖެޓީވީއަށް ވަނީ ހިއްސާކޮށްފައެވެ.

އާއިލާއިން ބުނީ ކުއްޖާ ކޮށި ދުއްވަމުން އައިސް އަށިމަތީގައި އޮތް ފޮތިގަނޑެއް ދަމައިގަތް ކަމަށާއި އެވަގުތު ސައި ކައްކަން އުދާފައި ހުރި ކުރާ ބަންޑުންވެ ކުއްޖާގެ ގަޔަށް ހޫނު ފެން އުޅުނީ ކަމަށެވެ. ހަމަ އެވަގުތު އެކުއްޖާ ނަގައިގެން ސިއްހީ މަރުކަޒަށް ދިޔަ ކަމަށާއި، ޑޮކްޓަރު ނެތް ކަމަށް ބުނެ، ބެންޑޭޖު އެޅުމަށްފަހު ފޮނުވާލީ ކަމަށެވެ. އަދި ހެނދުނު 8:00ގެ ފަހުން އައުމަށް ސިއްހީ މަރުކަޒުން އެންގި ކަމަށެވެ.

އެކުއްޖާގެ ގައިން ނަގަމުންދިޔަ ދިލައިން އެކުއްޖާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. އަށެއް ޖެހުމާއެކު ކުއްޖާ ގޮވައިގެން އޭނާގެ މަންމަ މަރުކަޒަށް ދިޔައީ ޑޮކްޓަރަށް ދެއްކުމަށެވެ. ބޮލާއި، މޫނު އަދި މޭމަތި ވަރަށް ބޮޑަށް ފިހިފައިހުރި ނަމަވެސް ނިއްކުރީގައި އަޅާފައިވާ ބެންޑޭޖު ނުނަގައި، މާބޮޑަށް ބެލުމެއް ނެތި ދޫކޮށްލި ކަމަށެވެ. އަދި 24 ގަޑިއިރު ފަހުން އައުމަށް އެންގި ކަމަށް އާއިލާއިން ބުނެއެވެ.

24ގަޑިއިރު ފަހުން ޑޮކްޓަރަށް ދެއްކުމުން، ވަރަށް ބޮޑަށް ފިހިފައިވާތީ، އިތުރު ފަރުވާ އަށް އާރްޓީއެލްގެ ފެރީގައި ކުޅުދުއްފުއްޓަށް ދިއުމަށް އެންގިއެވެ. އެހައި ބޮޑަށް ފިހިފައި ހުރި ކަމަށް ޑޮކްޓަރަށް ނޭނގޭ ކަމަށް ޑޮކްޓަރު އަމިއްލައަށް ބުނެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އޭރު ކުއްޖާގެ ފިހިފައި ހުރި ތަންތަނުން ބޮޑެތި ފޮޅުތައް ނަގައި، ފެން ހެދިފައި ހުރި ނަމަވެސް ދެވަނަ ފަހަރަށް ވެސް ބެންޑޭޖު އެޅި ކަމަށެވެ.

އާރްޓީއެލްގެ ފެރީގައި 1 ގަޑީއިރާ 30 މިނެޓުން ކުޅުދުއްފުއްޓަށް ދެވުނު ނަމަވެސް ކުރިއަށް އޮތް ހަފްތާ ވެސް ފެރީ ފުލްވެފައިވާތީ އެއާއިލާއަށް ޖާގައެއް ނުލިބުނެއެވެ. ސީއެމްބިއުލާންސް އަދި އާސަންދަ ހަމަޖައްސައިދިނުމަށް އާއިލާއިން އެދުނު ނަމަވެސް ސިއްހީ މަރުކަޒުން އެކަން ކޮށްދީފައިނުވާ ކަމަށާއި، ފެރީއިން ޖާގަ ލިބުމުން ފުރުމަށް ޑޮކްޓަރު ވެސް ބުނެފައިވާ ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވެއެވެ.

ނަމަވެސް އާއިލާއިން މަސައްކަތް ކުރަމުންދަޔައީ އިތުރު ފަރުވާއަށް މާލެއަށް އާދެވޭނެ ގޮތެއް ހޯދުމަށެވެ. އަދި ކުއްޖާގެ ބައްޕައަކީ ސޮނޭވާ ސީކްރެޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށްވާތީ، އެރިސޯޓުގެ އެހީތެރިކަމާއެކު، އެއާޓެކްސީގައި ބުދަ ދުވަހުގެ ހަވީރު ވަނީ އެއާއިލާ މާލެއަށް ވަނީ ގެނެސްފައެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑުގައި އާޝްއަށް ފަރުވާ ދެމުންދާއިރު، އެކުއްޖާގެ ހަށިގަނޑުގެ 17 ޕަސެންޓް ވަނީ ފިހިފައެވެ. ފަރުވާ ލަސްވެ، ބެންޑޭޖު އެޅުމުގެ ސަބަބުން ފާރުގަނޑު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިތުރު ފަރުވާއެއް ދެވޭނީ 4 ދުވަސް ފަހުން ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް އާއިލާއިން ބުނެއެވެ. މިހާރު އޮބްޒަވޭޝަންގައި ކުއްޖާ އޮތްއިރުގައި ހަށިގަނޑުގެ އެހެންތަނަކުން ހަން ނަގައިގެން ހަން ޖައްސަން ޖެހިދާނެ ކަަމަށް ވެސް އާއިލާއިން ބުނެއެވެ.

ރާއްޖެއެމްވީއަށް މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އާ ހަމައަށް އެމައްސަލަ ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށާއި، ނަމަވެސް މީޑިއާގެ ފަރާތުން ސަމާލު ކަމަށް އައުމުން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

ސިއްހީ އިހުމާލުން ތުއްތު ކުއްޖަކު މިވަނީ އަނެއްކާވެސް ނުރައްކަލަކަށް ހުށަހެޅިފައެވެ. މީގެ ކުރިން ވެސް ހިނގާފައިވާ ހާދިސާތަކުގައި ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް އާއިލާތަކުން ތުހުމަތުކޮށް ފައިވެއެވެ.

އާޝް މުހައްމަދު އިނާޒްމަކުނުދޫއައިޖީއެމްއެޗްސިއްހީ އިހުމާލު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
11 އޮކްޓޯބަރު 2025

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
05 އޮކްޓޯބަރު 2025

ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން

05 އޮކްޓޯބަރު 2025
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު