Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަސަން ކުރުސީ

''ހަސަން ކުރުސީ'' ހިންގަނީ ކާކުކަން އެނގޭ: ރަޝިޔާ

16 އެޕްރީލު 2025 | ބުދަ 10:09

ކުރުސީ މަސައްކަތްކުރަނީ ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް އެކުވެރި ގުޅުން ހީނަރު ކުރަން

އަމްނާ އިމާދު
އަމްނާ އިމާދު | 16 އެޕްރީލު 2025 | ބުދަ 10:09
ހަސަން ކުރުސީ އެކައުންޓު

ހަސަން ކުރުސީ އެކައުންޓު

ބޮޑެތި ހިޔާނާތްތަކާއި، ސިޔާސީ ބައެއް ބޭފުޅުންގެ ސިއްރުތައް އެކްސްގައި ހާމަކުރަމުންދާ އެކައުންޓް ''ހަސަން ކުރުސީ'' ހިންގަނީ ކާކުކަން އެނގޭ ކަމަށް ރަޝިޔާއިން ބުނެފިއެވެ.

ބުދަ ދުވަހު ރަޝިއާއިން ލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިވަން ޖަރުކަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރުސީ މަސައްކަތްކުރަނީ އެމެރިކާއާ އެކު އެ ގައުމުން ބާއްވާ މަޝްވަރާތަކާ އަދި ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް އެކުވެރި ގުޅުން ހީނަރު ކުރަން ކަމަށެވެ.

ހަސަން ކުރުސީ އެކައުންޓް ހިންގަމުންދަނީ މިވަގުތު ޔޫރަޕުގެ ގައުމެއްގައި ހުރި ރާއްޖޭގެ ކުރީގެ ސިޔާސީ އިސް ލީޑަރެއް ކަމަށާއި، އެއީ ކާކުކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

ސަފީރު ލިވަން ޖަރުކަ މިފަދަ ޕޯސްޓެއް ހިއްސާކުރެއްވީ ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ކޮމްޕިއުޓަރު ޗިޕު އެތެރެކުރާ ކަމަށް ބުނެ، ކުރުސީ އެކައުންޓުން އަންގާރަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ނަމަވެސް މިތުހުމަތުތައް ރަޝިޔާއިން ވަނީ ދޮގު ކޮށްފައެވެ.

މީގެ ކުރިން ފުލުހުން ވަނީ ހަސަން ކުރުސީ އެކައުންޓް ހިންގަނީ ކާކުތޯ ހޯދުމަށް ޚާއްސަ ތަހުގީގެއް ފަށާފައެވެ. އަދި ކްރިމިނަލް ކޯޓުން ވެސް އަމުރެއް ނެރެފައިވެ އެވެ. ނަމަވެސް މިހާތަނަށް އެ އެކައުންޓު ހިންގާ މީހަކު ހޯދިފައެއް ނުވެ އެވެ.

މިއެކައުންޓް ހުޅުވައި ހިންގަން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ 2022 ވަނަ އަހަރުގެ ތެރޭގައެވެ. ބައިލައްކަށްވުރެ ގިނަ ފްލޯވަރުން ތިބި މިއެކައުންޓަކީ ގުރޫޕަކުން ހިންގާ އެކައުންޓެއް ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގާ އެކައުންޓެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް ނަޝީދު ވަނީ މިތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި މިހާތަނަށް މިއީ ކާކު ހިންގާ ނުވަތަ ކޮން ބައެއް ހިންގާ އެކައުންޓެއް ކަމެއް ހޯދިފައެއްނުވެ އެވެ.

ހަސަން ކުރުސީލިވަން ޖަރުކަމުހައްމަދު ނަޝީދުޕޮލިސްރަޝިއާކޮމްޕިއުޓަރު ޗިޕު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
07 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް

07 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް