Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގެ ޚާލަތު

އިސްރާއީލު ސިފައިން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ މުޅިން ވަށާލައިފި

ރަފަޙް އާއި ޚާން ޔޫނިސް ސިޓީތައް ވަކިކުރާ ސަލާމަތީ ކޮރިޑޯއެއް ގާއިމްކޮށްފައިވާ ކަމަށް އިސްރާއީލުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2025 | ހޮނިހިރު 18:27
އިސްރާއީލު ސިފައިން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ މުޅިން ވަށާލައިފި

އިސްރާއީލު ސިފައިން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ މުޅިން ވަށާލައިފި

އިސްރާއީލު ސިފައިން ޣައްޒާގެ ދެކުނުގައި އޮންނަ ރަފަޙް މުޅިން ވަށާލައިފިއެވެ.

އިސްރާއީލުގެ ދިފާއީ ބާރުން ހޮނިހިރު ދުވަހު ބުނެފައި ވަނީ ޣައްޒާގެ ދެކުނުގެ ބޮޑެތި ބިންތަކެއް އަތުލައިގަނެ، ރަފަޙް އާއި ޚާން ޔޫނިސް ސިޓީ ތައް ވަކިކުރާ ސަލާމަތީ ކޮރިޑޯއެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އައިޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 10 ދުވަހުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި "ދިހަވަރަކަށް ޓެރަރިސްޓުން މަރާލައި، ބިމުގެ އަޑީގައި ހުރި ޓަނަލް ރޫޓުތަކާއި ހަމާސްގެ ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ ރޫޅާލައި، ރަފަޙް ވަށާލުން ނިންމާފައިވާ" ކަމަށެވެ.

މިއީ ހަމާސް އަށް ޕްރެޝަރކޮށް ހުރިހާ ރަހީނުން މިނިވަންކުރުމަށް ކުރާ ކަމެއް ކަމަށް އައިޑީއެފުން ބުނެއެވެ. އަދި ވަރަށް އަވަހަށް އައިޑީއެފް އިން ޣައްޒާގެ ބޮޑު ބައެއްގައި އޮޕަރޭޝަންތައް ވަރުގަދަ ކުރާނެ ކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި މަހުގެ ކުރީކޮޅު ކުރީގެ އިސްރާއީލުގެ އާބާދީއަކަށް މޮރާގް އެކްސިސް ކިޔާ ރަފަޙް އާއި ޚާން ޔޫނިސްއާ ދެމެދު ކޮރިޑޯ އެއް ގާއިމް ކުރުމުގެ ވިސްނުމަކީ ސްޓްރިޕް އިތުރަށް ބައިބައިވާނެ ކަމެއް ކަމަށް ފާހަގަ ކޮއްފައެވެ. ހޮނިހިރު ދުވަހު ކަޓްޒް ވިދާޅުވީ މޮރަގް އަތުލުން ނިމިފައިވާ ކަމަށާއި "ފިލަޑެލްފީ ކޮރިޑޯ އާއި މޮރަގް އާއި ދެމެދުގެ މުޅި ސަރަހައްދު އިސްރާއީލުގެ ސަލާމަތީ ސަރަހައްދުގެ ބަޔަކަށް ބަދަލުކޮށްފައިވާ" ކަމަށެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު