Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދު"ރައިޑް އެންޑް ވިން" ޕްރޮމޯޝަން

އަވަސް އެޕްގެ "ރައިޑް އެންޑް ވިން"ގެ ތިންވަނަ މަހުގެ ނަސީބުވެރި ފަރާތްތައް ހޮވައިފި

12 އެޕްރީލު 2025 | ހޮނިހިރު 08:04

މި ޕްރޮމޯޝަންގެ މަގުސަދަކީ އަވަސް އެޕް ހީވާގިކަމާއެކު ބޭނުންކުރާ ޑްރައިވަރުންނާއި ސައިކަލު ދުއްވާ ފަރާތްތަކުގެ ކޮމިޓްމަންޓަށް އިނާމު ދިނުމެވެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 އެޕްރީލު 2025 | ހޮނިހިރު 08:04
އަވަސް އެޕް ރައިޑް އެންޑް ވިން ޕްރޮމޯޝަން 12-04-2025

އަވަސް އެޕް ރައިޑް އެންޑް ވިން ޕްރޮމޯޝަން 12-04-2025

އަވަސް އެޕްގެ "ރައިޑް އެންޑް ވިން" އައިފޯން ލަކީޑްރޯގެ ތިންވަނަ މަހުގެ ނަސީބުވެރިން ހޮވައިފިއެވެ.

އަވަސް އެޕް އިން ފޯރިގަދަ ގިވްއަވޭ ކެމްޕޭނެއް ފަށާފައިވާއިރު، އެ ކެމްޕޭނުގައި ކޮންމެ މަހަކު ވެސް އެއް އަވަސް އެޕް ޑްރައިވަރަކާއި އެއް ކަސްޓަމަރަކަށް އައިފޯން 16 ޕްރޯ ލިބޭނެއެވެ. ޖެނުއަރީ 10، 2025 ގައި ފުރަތަމަ ފަހަރަށް އިއުލާންކުރި މި ޕްރޮމޯޝަންގެ މަގުސަދަކީ އަވަސް އެޕް ހީވާގިކަމާއެކު ބޭނުންކުރާ ޑްރައިވަރުންނާއި ސައިކަލު ދުއްވާ ފަރާތްތަކުގެ ކޮމިޓްމަންޓަށް އިނާމު ދިނުމެވެ.

ތިންވަނަ މަހުގެ ނަސީބުވެރިންގެ ތެރޭގައި ހިމެނޭ ޑްރައިވަރަކީ އަހްމަދު ޝަހީދު އެވެ. އަދި ކަސްޓަމަރަކީ މިދުހަތު އެވެ. މި ދެފަރާތަށް ވެސް އަވަސް އިން ވަނީ އައިފޯން 16 ޕްރޯ އެއް އިނާމެއްގެ ގޮތުގައި ހުށަހަޅާފައެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޑްރައިވަރުން ދަތުރުތައް ފުރިހަމަ ކުރަން ޖެހެނީ އަވަސް އެޕް - ޑްރައިވަރ އެޕްލިކޭޝަން މެދުވެރިކޮށެވެ. ފުރިހަމަ ކުރެވޭ ކޮންމެ ރައިޑަކީ ލަކީ ޑްރޯއަށް އެންޓްރީއެއްގެ ގޮތުގައި ކޮލިފައި ވާއިރު، އިތުރު ރައިޑްތަކުން މޮޅުވުމުގެ ފުރުސަތު އިތުރުވެގެންދެއެވެ. 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ފެށި މި ގިވްއަވޭ ފަސް މަސް ދުވަހުގެ މުއްދަތަށް ކޮންމެ މަހެއްގެ 11 ވަނަ ދުވަހު އާ ގުރުއަތުލުން ކުރިއަށް ގެންދާނެ އެވެ. ވަނަތައް ހޯދާ ފަރާތްތައް ރެންޑަމްކޮށް ހޮވައި އިއުލާން ކުރަނީ އަވަސް އެޕް އަދި ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށެވެ. އެޕްގެ ތެރޭގައި ހުންނަ ލީޑަރބޯޑެއްގެ ސަބަބުން ޑްރައިވަރުންނަށް އެމީހުންގެ ކުރިއެރުން ރިއަލް ޓައިމްގައި ޓްރެކް ކުރެވޭނެއެވެ.

ހަމައެފަދައިން އަވަސް އެޕް (ކަސްޓަމަރ އެޕް) މެދުވެރިކޮށް ރައިޑް ބުކްކޮށް ފުރިހަމަ ކުރާ ކަސްޓަމަރުންވެސް އޮޓޮމެޓިކުން ލަކީ ޑްރޯއަށް ވަދެއެވެ. ކޮންމެ ރައިޑެއް ވެސް ގުނާނީ އެންޓްރީއެއްގެ ގޮތުގައި ކަމަށާއި، ވަނަތައް ހޮވަނީ ރެންޑަމްކޮށެވެ.

ތިންވަނަ ބުރުގެ ނަސީބުވެރިން ހޮވާފައިވާއިރު ޖުލައި މަހާއި ހަމައަށް މިޕްރޮމޯޝަން ކުރިއަށްދާނެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

"ޑިޕް އެންޑް ވިން" ޕްރޮމޯޝަންގެ ވީކްލީ ޕްލައިޒް ލިބޭ ފަރާތް ގުރުއަތުން ހޮވައިފި

02 އޮކްޓޯބަރު 2017
"ޑިޕް އެންޑް ވިން" ޕްރޮމޯޝަންގެ ވީކްލީ ޕްލައިޒް ލިބޭ ފަރާތް ގުރުއަތުން ހޮވައިފި
21 ސެޕްޓެމްބަރު 2017

ޕްރިންޓް އެންޑް އެޑްވަޓައިޒިންގ ސަރވިސް ޝޯ ފަށައިފި

21 ސެޕްޓެމްބަރު 2017
ޕްރިންޓް އެންޑް އެޑްވަޓައިޒިންގ ސަރވިސް ޝޯ ފަށައިފި
27 އޯގަސްޓު 2017

މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި

27 އޯގަސްޓު 2017
މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި
23 އޯގަސްޓު 2017

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

23 އޯގަސްޓު 2017
އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ
21 އޯގަސްޓު 2017

ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި

21 އޯގަސްޓު 2017
ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި
08 އޯގަސްޓު 2017

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި

08 އޯގަސްޓު 2017
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
26 ފެބުރުއަރީ 2017

އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި

26 ފެބުރުއަރީ 2017
އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް