Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުމްރާވެރިންނަށް ދޭ ޑޮލަރުގެ މައްސަލަ

އުމްރާވެރިންގެ ކާޑުން 1500 ޑޮލަރުގެ ވިޔަފާރިއެއް ނުކުރެވޭ، ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރިނަމަ އެއަރޕޯޓުން 1500 ޑޮލަރު ދޭނެ: ތަޒްމީލް

11 އެޕްރީލު 2025 | ހުކުރު 11:45

މި ސަރުކާރުން އެއްވެސް ކަމެއް ކުރުމުގައި އިހުލާސްތެރިކަމެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 11 އެޕްރީލު 2025 | ހުކުރު 11:45
''ޓީވީޓޯކް ޕްރޮގްރާމް'' ގައި އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވާހަކަ ދައްކަވަނީ

''ޓީވީޓޯކް ޕްރޮގްރާމް'' ގައި އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވާހަކަ ދައްކަވަނީ

މި ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރި ނަމަ އުމްރާވެރިންނަށް އެއާޕޯޓުން 1500 ޑޮލަރު ދޭނެ ކަމަށާއި، ޑެބިޓް ކާޑުތަކުގެ ލިމިޓް 1500ށް ޑޮލަރަށް ބޮޑުކުރިކަން އިއުލާން ނަމަވެސް އެކާޑުން އެއްވެސް ވިޔަފާރިއެއް ނުކުރެވޭ ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެއެވެ.

10 ފެބްރުއަރީ 2025 ގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަ މަހު އުމްރާއަށް ދާ މީހުންނަށް ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ކޮށްދިނުމަށް ޓަކައި ކޮންމެ އުމްރާވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް މިހާރު އޮންނަ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދޭން އެދިފައިވާ ކަމަށެވެ. އެއާއެކު ބީއެމްއެލުން ވަނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1،500 ޑޮލަރަށް ބޮޑު ކޮށްދީފައިވާކަން އިއުލާންކޮށްފައެވެ. ކާޑަށް ދޫކުރާ އެ ލިމިޓް ބޭނުން ސައުދީ އަރަބިއާގައި އެކަނި ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލުން ބުނި ނަމަވެސް އެކާޑު ބޭނުންނުކުރެވޭ ކަމުގެ ޝަކުވާ ގިނަ އުމްރާވެރިން ކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީގެ ''ޓީވީޓޯކް ޕްރޮގްރާމް'' ގައި ތަޒްމީލް ވިދާޅުވީ، މި ސަރުކާރުން އެއްވެސް ކަމެއް ކުރުމުގައި އިހުލާސްތެރިކަމެއް ނެތްކަން ހާމަވަމުންދާ ކަމަށެވެ.

މިފަހުން އުމްރާއަށް ދިޔަކަން ފާހަގަކުރައްވައި ތަޒްމީލް ވިދާޅުވީ ޑެބިޓް ކާޑުން ވިޔަފާރި ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ ކާޑު ބޭނުން ނުކުރެވުނު ކަމަށެވެ. އަދި އެކުގައި އުޅުނު އެއްވެސް އުމްރާވެރިއެއްގެ ކާޑުން ނުކެނޑުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަޒްމީލް ވިދާޅުވީ މިސަރުކާރުގެ ރަނގަޅު ނިޔަތެއް އޮތްނަމަ މިހާރު ވެސް އެއަރޕޯޓުން ޓިކެޓަކަށް 500 ޑޮލަރު ދޭ އުސޫލުން އުމްރާވެރިންނަށް އިތުރު 1500 ޑޮލަރު ދޭންވާނެ ކަމަށެވެ. 50 އަށް ވުރެ އުމުރުން މަތީ މީހުން އުމްރާއަށްދާއިރު، ކާޑު ބޭނުން ކުރުމުގެ ބަދަލުގައި ޑޮލަރު އަތަށް ލިބުމުން މާ ބޮޑަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު މިފަހަރު އުމްރާއަށް ގޮސްފައި އަޅުގަނޑު ހިތަށް އެރި ހާދަހާވާ ރަނގަޅޭ ސަރުކާރުން. 1500 ޑޮލަރު މި ހަމަޖައްސައިދިނީ މިހައި ޑޮލަރު ތާށި ދުވަސްކޮޅެއްގައި. އަނެއްކާ ވަރަށް ގަދަބަހުން ވިދާޅުވި ސޯޝަލް ސެންޓަރުގައި 500 ޑޮލަރު މާރު ކުރަންށޭ ޖެހޭނީ އެނޫން ގޮތެއް ނޯންނާނެ. އެހެންވީމަ ސަރުކާރަށް ޑޮލަރު ލިބުނީމަ ރައްޔިތުންނަށް ޑޮލަރު ތިޔާގިވާނޭ. ޑޮލަރުގެ އަގު މައްޗަށް ވެސް ނުދާނޭ. އެހެންނަމަވެސް އަޅުގަނޑުމެން އުމްރާއަށް ދިއުމާ ހަމައަށް ވެސް ހަމަ 19، ނުވަތަ 20 ގައި.
އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު

ތަޒްމީލް ވިދާޅުވީ ރައީސް މުއިއްޒުގެ ބޭނުމަކީ ރަނގަޅު، ބޮޑެތި ހެޑްލައިންތައް ހެދުން ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކި، އަދިވެސް ރައްޔިތުން މޮޔަ ހެއްދުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަޒްމީލް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާ ވަގުތު އަންނާނެ ކަމަށާއި، ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކަންކަން އޮޅުވާލައި، އަސްލު މަންޒަރު ކަޝްފު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

31 ޖުލައި 2017

ވިލާއިން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

31 ޖުލައި 2017
ވިލާއިން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
09 ޖުލައި 2017

ސަރުކާރުން މެންބަރުންނަށް މިލިއަން ޑޮލަރުގެ ރިޝްވަތު ހުށަހަޅަމުން އެބަދޭ: އަލީ ޒާހިރު

09 ޖުލައި 2017
ސަރުކާރުން މެންބަރުންނަށް މިލިއަން ޑޮލަރުގެ ރިޝްވަތު ހުށަހަޅަމުން އެބަދޭ: އަލީ ޒާހިރު
14 ޖޫން 2017

ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި

14 ޖޫން 2017
ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި
06 ޖޫން 2017

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި ހަމައަށް 15000 މީހުން ޒަކާތް ދައްކައިފި

06 ޖޫން 2017
ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި ހަމައަށް 15000 މީހުން ޒަކާތް ދައްކައިފި
31 މެއި 2017

އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި

31 މެއި 2017
އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި
20 އެޕްރީލު 2017

800 މިލިއަން ޑޮލަރުގެ މައްސަލައެއް، 10 މިލިއަން ޑޮލަރު ދީގެން އޮތްބާލީ އަޅުގަނޑެއް ނޫން: ގާސިމް

20 އެޕްރީލު 2017
800 މިލިއަން ޑޮލަރުގެ މައްސަލައެއް، 10 މިލިއަން ޑޮލަރު ދީގެން އޮތްބާލީ އަޅުގަނޑެއް ނޫން: ގާސިމް
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
01 މާރިޗު 2017

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް